ކައުންސިލްތަކުގެ އޯޑިޓް ކުރާ ސިސްޓަމް ރަނގަޅު ކުރުމަށް މަސައްކަތްކުރާނަން: މިނިސްޓަރ އާދަމް ޝަރީފް
ކައުންސިލްތަކުގެ އޯޑިޓް ކުރެވޭ މިންވަރާއި އޯޑިޓް ކުރާ ސިސްޓަމް ރަނގަޅު ކުރުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީއާއި އޯޑިޓް އޮފީހުގައި މަޝްވަރާކޮށް އެކަން ކަން ރަނގަޅު ކުރައްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ތ. ދިޔަ މިގިލީ ކައުންސިލް އިދާރާގެ ތިޖޫރިން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން އޯޑިޓް ރިޕޯރޓުން ދައްކާފައިވާތީ އެއީ އެރަށު ކައުންސިލުން ވޭތުވެދިޔަ 25 އަހަރު ތެރޭގައި ހެދި ފުރަތަމަ ރިޕޯރޓްކަމަށް ހަވާާލާދީ ބައެއް ނޫސްތަކުގައި ލިޔެފައިވާ އާރޓީކަލް ޓެގް ކުރައްވައި ވަޒީރު ވިދާޅުވި ވިދާޅުވުމެކެވެ.
ކައުންސިލްތަކުގެ އޯޑިޓް ކުރެވޭ މިންވަރާއި އޯޑިޓް ކުރާ ސިސްޓަމް ރަނގަޅު ކުރުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީއާއި އޯޑިޓް އޮފީހުގައި މަޝްވަރާކޮށް މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކައުންސިލްތަކުގައި ހިންގުން ހަރުދަނާ ކުރާނަން ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް