ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިމި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 21 Jul 2026

ޅ. ނައިފަރުގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ މި މުހިންމު މަޝްރޫއުގެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ނައިފަރުން އަލަށް ހިއްކި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ 100 އިންސައްތަ ފުރިހަމަކޮށްފައެވެ. މި މަސައްކަތް ނިމުމާއެކު، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް، ހިއްކި ސަރަހައްދު ގިރުމުން ސަލާމަތްކުރުމަށްޓަކައި ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން، މިހާތަނަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 24 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މިވަގުތު އެ ސަރަހައްދުގައި އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މިއީ ހިއްކާފައިވާ ބިން ހިމާޔަތްކޮށް، ގޮނޑުދޮށް ވަރުގަދަކުރުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ނައިފަރުގެ ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫއު އެއްކޮށް ނިމުމުން، ރަށުގެ ބިމުގެ ޖާގަ އިތުރުވެ، އިގްތިސާދީ އަދި އިޖުތިމާއީ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުޑަކުދީންނަކީ އަގުހުރި އަމާނާތެއް، އެ ކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފި
ކުޑަކުދީންނަކީ އަގުހުރި އަމާނާތެއް، އެ ކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފި
ކުޑަކުދީންނަކީ މާތް ﷲ ދެއްވާފައިވާ އަގުހުރި އަމާނާތަކަށް ވާއިރު، އެ ކުދީންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށް، އަޅައިލުމާއި އޯގާތެރިކަން ދިނުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުޅި މުޖުތަމަޢަށް ގޮވާލައިފިއެވެ.
ޚަބަރު 04 Sep 2026
ނޭޕާލް ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ނޭޕާލް ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
މިއެހީއަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު، އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެކެވެ.
ޚަބަރު 04 Sep 2026
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ނުވަމީހުން ހައްޔަރުކޮށްފި
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ނުވަމީހުން ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކޮށްފައެވެ. އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
ޚަބަރު 04 Sep 2026
17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ގއ. މާމެންދޫން ދެމީހަކު ހައްޔަރުކޮށްފި
17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ގއ. މާމެންދޫން ދެމީހަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ސައުތު ޕޮލޮސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫ ދެ ގެއެއް ބަލައިފާސްކޮށް 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ޚަބަރު 04 Sep 2026