ފަތުރުވެރިއަކު ރާއްޖެ އެތެރެކުރަން އުޅުނު 6 ކިލޯގެ މަސްތުވާތެކެތި އަތުލައިގެންފި

ފަތުރުވެރިއަކު ރާއްޖެ އެތެރެކުރަން އުޅުނު 6 ކިލޯގެ މަސްތުވާތެކެތި އަތުލައިގެންފި

ހ ހަޅަ
ޚަބަރު 14 Aug 2024

ރާއްޖެ އެތެރެކުރަން އުޅުނު 6 ކިލޯގެ މަސްތުވާތަކެއްޗާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނެދަލޭންޑްސް މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރު ކޮށްފައި ވަނީ ނެދަލޭންޑްސްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެއްކަމަށްވާ މަސޭޒާ އެނޯކް ޑައިސޮނަމާއެވެ.

އާދިއްތަ ދުވަހުގެ ރޭ، ދޯހާ މަގުން ރާއްޖެއައި މި މީހާގެ ލަގެޖުގެ ތެރެއިން ހަ ޒިޕްލޮކް ބޭގު ފެނިފައިވާއިރު، އޭގައި ހަ ރަބަރު ޕެކް އޮތް ކަމަށާއި، އެތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ methylmethcathinone 2-MMC އަށް ޕޮޒިޓިވް ވެފައިވާކަމަށް ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވެއެވެ.

މިމީހާ ބުނެފައިވަނީ އޭނާ ރާއްޖެއަށް އައީ ޗުއްޓީހޭދަކުރުމަށް ކަމަށާއި މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާގެ ލަގެޖުކަމަށެވެ. ނަމަވެސް ލަގެޖަށް މަސްތުވާތަކެތި ލާފައިވަނީ އޭނާ ނޫންކަމަށާއި ލަގެޖް ޕެކްކުރި މީހުން ކަމަށާއި އޭނާއަށް އެއީ މަސްތުވާތަކެތިކަން ނޭނގޭކަމަށް، އޭނާއާ ހަވާލާދީ ބަންދު އަމުރު ރިޕޯޓުގައިވެއެވެ.

އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވުމާއެކު، އެ ޕާޓީގެ "އެތެރެ ފަނިވެފައިވާ" މިންވަރު މުޅި ޤައުމަށް ހާމަވެގެން ގޮސްފިއެވެ.
ރިޕޯޓް 13 Jun 2026
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ރަށު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައިފިއެވެ.
ޚަބަރު 13 Jun 2026
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޚަބަރު 13 Jun 2026
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގައި ޤާއިމްކޮށްފައިވާ އެއަރ ސްޓޭޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚަބަރު 13 Jun 2026