ފާއިތުވި 9 މަސް: ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމާއި އެކު ޕްރިވެންޝަން ސެކްޝަނުން ގިނަ މަސައްކަތްތަކެއް!

ފާއިތުވި 9 މަސް: ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމާއި އެކު ޕްރިވެންޝަން ސެކްޝަނުން ގިނަ މަސައްކަތްތަކެއް!

ހ ހަޅަ
ރިޕޯޓް 22 Aug 2024

ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި ޕްރިވެންޝަން ޑިޕާޓްމެންޓްއިން ވަނީ އިޖުތިމާޢީ ރައްކާތެރިކަން ހާސިލުކުރުމަށް މުހިންމު ކަންތައްތަކެއް ކޮށްފައެވެ.

މިގޮތުން ކޮންމެ ކުއްޖަކަށް ޢާއިލާއެއް ޕްރޮގްރާމަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ސެޝަންތައް ބާއްވައި 200 އަށްވުރެ ގިނަ ފަރާތްތަކަށް މި ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ދެވިފައިވެއެވެ.

މީގެ އިތުރުން، އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމް އަތޮޅު ތެރޭގައި ތަންފީޒުކުރުމުގެ މަސައްކަތުގެ ތެރެއިން ޅ. އަތޮޅުގެ ރަށްތަކުން އިބަމަ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ 14 (ފިރިހެން 8، އަންހެން 9) ބައިވެރިންނަށް އިބަމަ އިނީޝިއަލް ތަމްރީން ޕްރޮގްރާމް ހިންގައި ޅ. އަތޮޅުގެ 04 ރަށެއްގެ ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

އެއާއެކު، އިބަމަ ތަމްރީނު، އެސެސްމެންޓް ފޯމު އަދި އިންޓަވެންޝަން ޕްލޭން މުރަޖައާކޮށް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. މިގޮތުން، އިބަމަ އިނީޝިއަލް ޓްރެއިނިން މިހާރު 5 ދުވަހުގެ ތަމްރީނަކަށް ވަނީ ބަދަލުކުރެވިފައެވެ. މީގެ ތެރެއިން ފުރަތަމަ 03 ދުވަހު އިބަމައިގެ މަސައްކަތުގެ ތިއަރީ ބައި ގެންދެވޭ އިރު ޖެހިގެން އަންނަ 2 ދުވަހު ގެންދެވޭނީ އަމަލީ (ފީލްޑްގައި) މަސައްކަތެވެ.

އިބަމައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަލުން އެކުލަވާލެވުނު މި ޕްރޮގްރާމުގައި އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިބަމައިގައި ހިމެނޭ މެންބަރުން ބޭނުންވާނެ ތަފާތު ހުނަރުތަކަށް އެ މެންބަރުން އަހުލުވެރިކޮށް އަމަލީ ގޮތުން އެ މަސައްކަތް ކުރިއަށްގެންދިއުމަށް ފަސޭހަކޮށްދޭނެ ގިނަ ކަންތައްތަކެއް އިތުރަށް ހިމަނައިފައިވެއެވެ. މީގެ އިތުރުން، އިބަމައިގައި ހިމެނޭ މެންބަރުން އެންމެ އިސްކަމެއް ދީގެން ރަށްރަށުގައި ކުރަންޖެހޭ އެއް މަސައްކަތްކަމަށްވާ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ބޭނުންކުރާނެ އެސެސްމަންޓް ޓޫލާއި އަދި އިންޓަވެންޝަން ޕްލޭން އެކުލަވާލާނެ ގޮތުގެ ގައިޑްލައިނެއްވެސް އަލަށް އެކުލަވާލެވުނު ޕްރޮގްރާމްގެ ބައިތަކުގެ ތެރޭގައި ވަނީ ހިމަނައިފައެވެ.

ހަމައެއާއެކު، ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުފާ ފެސްޓިވަލް ގެ ނަމުގައި 2 ދުވަހުގެ ފެސްޓިވަލެއް ސެންޓްރަލް ޕާކުގައި އެޗްޑީސީ އަދި އުރީދޫ އާއި ގުޅިގެން 10 މެއި އިން 11 މެއި އަށް ވަނީ ބާއްވާފައެވެ. މި ފެސްޓިވަލް ނިންމުމަށްފަހު، ގުރުވަތުލައިގެން ހޮވުނު 46 ކުދިންނަށް އިނާމު ވަނީ ދެވިފައެވެ.

މިނިސްޓްރީގެ މުވައްޒަފުންނަށް އިބަމަ ޓްރެއިނިން އޮފް ޓްރެއިނަރސް ޕްރޮގްރާމެއްވެސް 13 މެއި އިން 18 މެއި އަށް ކުރިއަށް ގެންދެވުނެވެ.

އަދި މ. އަތޮޅުގެ އިބަމަ މެމްބަރުން ތަމްރީނު ކުރުމަށް މ. މުލީގައި ތަމްރީނު ޕްރޮގްރާމެއް 02 ޖޫން އިން 04 ޖޫން އަށް ކުރިއަށް ގެންދެވުނެވެ. އެ އަތޮޅުގެ 6 ރަށަކުން 34 (ފިރހެން 20، އަންހެން 14) ބައިވެރިން ތަމްރީނު ކުރެވުނެވެ. މީގެއިތުރުން މ. އަތޮޅުގެ 6 ރަށެއްގެ ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަށް ދެނެގަތުމުގެ މަސައްކަތް 05 ން 06 ޖޫން 2024 އަށް ކުރިއަށްގެންދެވުނެވެ.

މީގެ އިތުރުން، ށ. އަތޮޅު ކައުންސިލާއި ގުޅިގެން ށ. އަތޮޅުގެ އިބަމަ މެމްބަރުން ތަމްރީނު ކުރުމުގެ ގޮތުން ށ. ފުނަދޫގައި ތަމްރީނު ޕްރޮގްރާމެއް 16 ޖުލައި އިން 18 ޖުލައި އަށް ކުރިއަށް ގެންދެވުނެވެ. އެ އަތޮޅުގެ 14 ރަށަކުން 48 (ފިރހެން 24، އަންހެން 24) ބައިވެރިން ވަނީ ތަމްރީނު ކުރެވިފައި. މީގެއިތުރުން ށ.އަތޮޅުގެ ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަށް ދެނެގަތުމުގެ މަސައްކަތް 19 ން 23 ޖުލައި 2024 އަށް ކުރިއަށްގެންދެވުނެވެ.

އަދި ޕްރިވެންޝަން ޑިޕާޓްމަންޓުން ކުރެވުނު މަސައްކަތުގެ ތެރެއިން ވަނީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ. ރާއްޖޭގެ އާބާދީގެ ތިބި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި އަނިޔާ ތަހައްމަލު ކުރާ ފަރާތްތަކާއި ހައްޤުތަކުން މަހުރޫމްފެވަފައިވާ ފަރާތްތަކާއި ދައުލަތުގެ ހާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ އެންމެންގެ މައުލޫމާތު އެއްވިއުގައެއްގެ ތެރެއިން ބެލެހެއްޓުމަށާއި އެއްވެސް ފަރުދެއް ބާކީ ނުވާނެހެން ދުރާލާ މިފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމްއެއް މިއަހަރުގެ ނިޔަލަށް ގާއިމް ކުރުމުށްޓަކައި މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

އާއިލީ ގުޅުން ބަދަހިކުރުމާއި ހަރުދަނާ ބެލެނިވެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއް ޖުލައި މަހުގެ 19 ން 20 ށް ބ. ފުޅަދޫ ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީއާއި ގުޅިގެން އެރަށުގައިވަނީ ހިންގިފައެވެ. މި ޕްރޮގްރާމްގައި އެރަށުގެ 30 ބެލެނިވެރިއަކު ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން، މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި އިޖްތިމާޢީ ޚިދުމަތްތެރިން މަސައްކަތް ކުރަންޖެހޭ ޕްރޮސީޖަރ މެނުއަލް މުރާޖަޢާކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

އަދި ރަށްރަށުގައި ލިބެން ހުރި އިޖުތިމާޢީ ޚިދުމަތްތަކާއި ގުޅޭ މައުލުމާތު މެޕްކޮށް ރިސޯސް މެޕިންގް އެއް އެކުލަވާލުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

ހަމަމިއާއެކު، ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކޮށް އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި މި ވުޒާރާއާ ޔުނިސެފްގެ ފަރާތުން ގައުމީ ފެންވަރުގެ އެކްޝަން ޕްލޭނެއް ވަނީ އެކުލަވާލެވިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވުމާއެކު، އެ ޕާޓީގެ "އެތެރެ ފަނިވެފައިވާ" މިންވަރު މުޅި ޤައުމަށް ހާމަވެގެން ގޮސްފިއެވެ.
ރިޕޯޓް 13 Jun 2026
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ރަށު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައިފިއެވެ.
ޚަބަރު 13 Jun 2026
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޚަބަރު 13 Jun 2026
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގައި ޤާއިމްކޮށްފައިވާ އެއަރ ސްޓޭޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚަބަރު 13 Jun 2026