ގަދަ ވަޔާއެކު އައްޑޫ ސިޓީގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 31 May 2026

ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާއި ވަޔާއެކު އައްޑޫ ސިޓީގެ ދެ ގެއެއްގެ ފުރާޅު އެއްލާލައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުއެވެ. މިގޮތުން އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއެއް ކަމަށްވާ "ހުޅުދޫއާގެ" އާއި "އޯކަމްލީވާ" ގެ ފުރާޅަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، މަރާމާތުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ރޭގަނޑު ކުރި ބޯ ވިއްސާރައިގެ ތެރޭގައި ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ދެކުނުގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަތައް ވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގެ އިތުރުން ގދ. މަޑަވެލީގައި ފެންބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފްގެ ސިފައިން ވަނީ އެ ރަށްރަށުގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތުގައި އެހީތެރިވެފައެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ މި ވިއްސާރައަކީ ހުޅަނގު މޫސުން ފެށި، މޫސުން ގޯސްވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. މޫސުން ގޯސްވެ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މިނިވަންދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާޙްކޮށްފި
މިނިވަންދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާޙްކޮށްފި
މިނިވަން ރަން އިފްތިތާޙްކުރުމުގެ ގޮތުން މި ވުޒާރާގެ އިސްވަރު ހޯލުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެވެ.
ޚަބަރު 15 Jul 2026
މަސް ގަތުމަށް ސަރުކާރުން މިހާރު މިފްކޯއަށް ފައިސާއެއް ހަރަދުކުރާކަށް ނުޖެހޭނެ
މަސް ގަތުމަށް ސަރުކާރުން މިހާރު މިފްކޯއަށް ފައިސާއެއް ހަރަދުކުރާކަށް ނުޖެހޭނެ
ޚަބަރު 15 Jul 2026
އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކުން ބަންދުކޮށްފައިވާ "އުއްމީދު" ގެއަށް ވަދެ، އެ އަމުރާ ޚިލާފުވި ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކުން ބަންދުކޮށްފައިވާ "އުއްމީދު" ގެއަށް ވަދެ، އެ އަމުރާ ޚިލާފުވި ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު )32އ( އާއި ސ.މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް )37އ( އެވެ. މި ޖުލައި މަހުގެ 13 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަނަރަ ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
ޚަބަރު 15 Jul 2026
މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ލޭންޑްއޮފްގާރޑްން ގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި
މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ލޭންޑްއޮފްގާރޑްން ގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޯބަރު 2026 ގެ ނިޔަލަށް، 3 މަސްދުވަހުގެ މުއްދަތަށެވެ. މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ.
ޚަބަރު 15 Jul 2026