ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 17 Sep 2026

ޏ. ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން، އެ ރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 17 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ 4 ބޮޑު މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ނިޒާމީ ބަދަލުތަކެއް ގެނެސްފި: ވަޒީރު އިޙްސާން
ޤައުމީ 4 ބޮޑު މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ނިޒާމީ ބަދަލުތަކެއް ގެނެސްފި: ވަޒީރު އިޙްސާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމަޢަށް ދިމާވެފައިވާ އެންމެ ބޮޑު ހަތަރު މައްސަލަ ޙައްލުކުރުން ކަމަށާއި، އެކަމަށްޓަކައި ޚާއްޞަ ނިޒާމީ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޚަބަރު 17 Sep 2026
2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ދައުވަތު އެރުވުމުގެ ގަރާރު ޕީއެންސީން ފާސްކޮށްފި
2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ދައުވަތު އެރުވުމުގެ ގަރާރު ޕީއެންސީން ފާސްކޮށްފި
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު އެރުވުމަށް ހުށަހެޅި ހާއްސަ ގަރާރު އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޚަބަރު 17 Sep 2026
މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
މާލޭގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި ޒަޚަމްވި މީހަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދޭން ފަށައިފިއެވެ.
ޚަބަރު 17 Sep 2026
2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ދައުވަތު އެރުވުމަށް ޕީއެންސީން ހާއްސަ ގަރާރެއް ހުށަހަޅައިފި
2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ދައުވަތު އެރުވުމަށް ޕީއެންސީން ހާއްސަ ގަރާރެއް ހުށަހަޅައިފި
ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު އެރުވުމަށް އެދި، އެ ޕާޓީގެ މަތީ މަޖިލީހަށް ހާއްސަ ގަރާރެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ޚަބަރު 17 Sep 2026