މެލޭޝިއާ އާއި ރާއްޖެއާއި ދެމެދު ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފަށަނީ

ހ ހަޅަ
ޚަބަރު 15 Sep 2026

މެލޭޝިއާ އާއި ރާއްޖެއާއި ދެމެދު ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުމަށް ދެގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. 

އެމަނިކުފާނު މިފަދައިން ހާމަކުރެއްވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު މީޑިއާއަށް ބަޔާން ދެއްވަމުންނެވެ. 

ރައީސް ވިދާޅުވީ ވިސާގެ ލުއިފަސޭހަތައް ހަމަޖެއްސުމާއި، ގުޅިގެން ދިރާސާ ކުރުމާއި، މެލޭޝިއާގައި އުޅޭ ދިވެހިންނަށް ކޮންސިއުލަރ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށެވެ. މީގެއިތުރުން، ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުމަށާއި، އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، އިމާރާތްކުރުމުގެ ދާއިރާ، އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މެލޭޝިއާގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމާއެކު، ފަތުރުވެރިކަމާއި ހަލާލް އިންޑަސްޓްރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސްދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ. 

ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނާއެކު ސާބިތުވެ ތިއްބެވިކަން ތަކުރާރުކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން ކުރެވޭ މަސައްކަތްތަކަށް މަރްޙަބާ ވިދާޅުވެފައެވެ. އަދި 31 ވަނަ ކޮންފަރަންސް އޮފް ޕަރޓީޒް (ކޮޕް31) ގައި މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މި ދަތުރުފުޅަކީ، އަޚުވަންތަ ދެ ޤައުމުގެ މެދުގައިވާ 58 އަހަރުވީ ބަދަހި ގުޅުން އިތުރަށް ސާބިތުވެގެންދިޔަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ 2025 ވަނަ އަހަރުގެ އެޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގެ ނަތީޖާ ފެނިގެންދިޔަ ދަތުރުފުޅެއްކަން ފާހަގަކުރެއްވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި، އދ.، އޯއައިސީ، އަދި ކޮމަންވެލްތު ފަދަ ބައިނަލްއަޤްވާމީ މައިދާންތައް މެދުވެރިކޮށް، ގަވާއިދުން މަޝްވަރާތައް ކުރިއަށްގެންދެވުމަށް ދެ ޤައުމުގެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ.

މީގެ އިތުރުން، ދިފާއީ ދާއިރާއާއި އިސްލާމީ ކަންތައްތަކާބެހޭ ދާއިރާއިން އާ ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ވެސް ދެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިޤްތިޞާދީ އަދި މާލީ ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން، މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޯގްރާމް (އެމްޓީސީޕީ) އަދި ސްކޮލަރޝިޕްތައް މެދުވެރިކޮށް އެޤައުމުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި
ޚަބަރު 15 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މެލޭޝިއާގެ ބޮޑުވަޒީރަށް މަރުހަބާ ދަންނަވައި، ދެޤައުމުގެ މެދުގައި އޮތް ހަރުދަނާ އަދި އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި ދެމިހުންނަވާނޭ ކަމަށް ވިދާޅުވެފައެވެ. އަދި، ފަތުރުވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް ދެފަރާތުން ވަނީ މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.
ޚަބަރު 15 Sep 2026
ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފި
ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފި
ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މި ދަތުރުފުޅަކީ، އަޚުވަންތަ ދެ ޤައުމުގެ މެދުގައިވާ 58 އަހަރުވީ ބަދަހި ގުޅުން އިތުރަށް ސާބިތުވެގެންދިޔަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ 2025 ވަނަ އަހަރުގެ އެޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގެ ނަތީޖާ ފެނިގެންދިޔަ ދަތުރުފުޅެއްކަން ފާހަގަކުރެއްވިއެވެ.
ޚަބަރު 15 Sep 2026
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާތަކުގައި ސޮއިކުރައްވައިފި
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާތަކުގައި ސޮއިކުރައްވައިފި
މެލޭޝިއާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވި މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން، ދިފާޢީ ދާއިރާގެ އެކި އެކި ކަންކަމުގައި މުޢާމަލާތްކުރުމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮނިގަނޑެއް އެކުލަވާލެވޭނެއެވެ.
ޚަބަރު 15 Sep 2026