ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 10 Oct 2026

ދިވެހިރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއަށް ބޭނުންވާ ސިޔާސަތުތަކާއި ޤާނޫނީ އިޞްލާޙުތައް ގެނައުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެންމެންނަށް ފަސޭހައިން ލިބޭ، ހަމަހަމަ އަދި ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ ފަދަ އޯގާތެރި ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުން ކަމަށެވެ. އަދި މި ނިޒާމު ބައްޓަންކުރެވިގެންދާނީ މިފަދަ ކަންކަން ތަޖުރިބާކޮށްފައިވާ މީހުންގެ އަޑު އަހައި، އެ ފަރާތްތަކުގެ ތަޖުރިބާތަކުގެ އަލީގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، މި އަމާޒުތައް ޙާޞިލުކުރުމަށްޓަކައި "މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029" އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ. މީގެއިތުރުން ޤައުމީ ފެންވަރުގެ ނަފްސާނީ ޞިއްޙަތުގެ ސިޔާސަތެއް (ނޭޝަނަލް މެންޓަލް ހެލްތު ޕޮލިސީ) ކަނޑައެޅުމާއި، ޖުމްލަ ޙައްލެއް ގެނެސްދޭނެ ފަދަ ނަފްސާނީ ޞިއްޙަތުގެ ޚާއްޞަ ޤާނޫނެއް (މެންޓަލް ހެލްތު އެކްޓް) އެކުލަވައިލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ޕްރައިމަރީ ހެލްތުކެއާގެ ޚިދުމަތްތަކުގެ ތެރެއަށް ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް އެއްކޮށްލުމާއި، އަތޮޅުތަކުގައި ޚާއްޞަ ޚިދުމަތްތައް ފުޅާކުރުމަށް ރޭވިފައިވާ ކަންކަންވެސް ރައީސް ހާމަކުރެއްވިއެވެ. އަދި ޓެލެ-މެންޓަލް ހެލްތުގެ ޚިދުމަތާއި، ކުއްލި ޙާލަތްތަކުގައި އަވަސް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ނަފްސާނީ ބަލިތަކުން ރައްކާތެރިވުމަށާއި، ކުރީކޮޅުގައި އެފަދަ ކަންކަން ދެނެގަނެ ފަރުވާ ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ފެންވަރު ރަނގަޅު ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަކީ އިސް އަމާޒެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައްކާތެރިކަމާއި ކުރީކޮޅުގައި ފިޔަވަޅު އެޅުމަށް އިސްކަންދީ، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް އަތުޖެހޭ ފަށަށް ގެނައުން. އަދި ކޮންމެ ރަށެއް، ކޮންމެ މުޖުތަމަޢެއް އަދި ކޮންމެ ތެދުވެރި ވާހަކަދެއްކުމަކުން، އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި ރާއްޖެއެއް ބިނާކުރުން،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ނަފްސާނީ މައްސަލަތަކާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އިތުރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ނަފްސާނީ ޞިއްޙަތާ ގުޅޭގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދެއްކުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން، ކ. ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުން، އިސްރަށްވެހިންނަށް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭންޖެހޭ މުހިންމު ދާއިރާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާމެދު ދެކޭ ނުރަނގަޅު ވިސްނުންތައް ދޫކޮށްލުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި
ނަފްސާނީ ދުޅަހެޔޮކަމާމެދު ދެކޭ ނުރަނގަޅު ވިސްނުންތައް ދޫކޮށްލުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، ނަފްސާނީ ބަލިތަކާއި ދަތިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ނައްތާލައި، އެފަދަ ފަރާތްތަކަށް އަޅާލުމާއި އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ޚަބަރު 10 Oct 2026
9 މަސް ދުވަހުން ބީއެމްއެލްއިން ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ
9 މަސް ދުވަހުން ބީއެމްއެލްއިން ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ
މި މުއްދަތުގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 ގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރުގެ މުޅި އަހަރު ބޭންކަށް ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.
ވިޔަފާރި 09 Oct 2026
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
ޚަބަރު 09 Oct 2026