ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 11 Oct 2026

ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، އެ ސައިކަލް ދުއްވި މީހާއަށް ފިޔަވަޅު އަޅައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 9 ވަނަ ދުވަހުގެ ރޭ 22:30 އެހައިކަންހާއިރު ކަމަށެވެ. އެގޮތުން، މިކަން ފާހަގަކުރެވިފައިވަނީ އެ ވަގުތު ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ބީޓަކަށެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލެ ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ އެ ސައިކަލު ދުއްވާފައިވަނީ ކުރީ ފުރޮޅު ހިއްލައިގެން، މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ އުޅަނދު ޓޯކޮށް، ސައިކަލު ދުއްވަން އިން 20 އަހަރުގެ ދިވެހި ފިރިހެން މީހާ ހުއްޓުވައި އޭނާ ޖޫރިމަނާކޮށްފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، އާންމުންނަށް ނުރައްކާވާ ގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހިތްވަރާއި، އުންމީދުތަކާއި އަދި އެކުދިންގެ ކިބައިގައިވާ ޤާބިލުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޚަބަރު 11 Oct 2026
އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު
އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ފުރިހަމަ ކުރިއެރުން ހޯދައިދިނުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޚަބަރު 11 Oct 2026
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން، ކ. ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުން، އިސްރަށްވެހިންނަށް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭންޖެހޭ މުހިންމު ދާއިރާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 10 Oct 2026
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދިވެހިރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއަށް ބޭނުންވާ ސިޔާސަތުތަކާއި ޤާނޫނީ އިޞްލާޙުތައް ގެނައުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ޚަބަރު 10 Oct 2026