ގަތަރުގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ސުލްޠާން ބިން ސަޢުދު އަލް މުރައިޚީ (ކ)، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް
ގަތަރުގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ސުލްޠާން ބިން ސަޢުދު އަލް މުރައިޚީ (ކ)، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް

ސަރަޙައްދީ ހަމަޖެހުމާއި އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާއި ގަތަރުން މަޝްވަރާކޮށްފި

ދިވެހިރާއްޖެ އަދި ގަތަރުގެ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް، ގަތަރުގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ސުލްޠާން ބިން ސަޢުދު އަލް މުރައިޚީއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްވަރާގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ވަޒީރުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ޤަތަރުގެ ދޯހާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް ލިބެމުންދާ ކުރިއެރުންތަކަށް މިނިސްޓަރ އިރުތިޝާމް މަރުޙަބާ ވިދާޅުވިއެވެ. އަދި ޤަތަރުން ރާއްޖެއަށް މެދުނުކެނޑި ދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ މިހާރުގެ މަސްރަޙާ ގުޅޭގޮތުންނާއި، އެ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ދެ ވަޒީރުން ޚިޔާލު ބަދަލުކުރެއްވިއެވެ. މި މަޝްވަރާގައި މިނިސްޓަރ އިރުތިޝާމް ވަނީ ގަލްފުގެ ޤައުމުތަކާއެކު ރާއްޖެއިން ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، ވާހަކަދައްކައިގެންނާއި ޑިޕްލޮމެޓިކް ވަސީލަތްތައް މެދުވެރިކޮށް ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރު ކުރައްވާފައެވެ. އަދި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމުގައި ގަތަރުން އަދާކުރާ ބިނާކުރުވަނިވި ދައުރު މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ފޯނު ކޯލުގައި، ސަރަޙައްދީ ހަލަބޮލިކަމުގެ ސަބަބުން ކުރިމަތިވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭގޮތުންވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވިއެވެ. އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށާއި އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، މަސްރަޙު އާންމު ހާލަތަކަށް ގެނައުމާއި ހަމަޖެހުން ޤާއިމުކުރުމުގެ މުހިންމުކަން ދެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026