ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު

ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފިކަމަށް ދެކެވޭ ވާހަކަ ފެނަކައިން ދޮގުކޮށްފި

ފެނަކައިން ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ ވާހަކަތައް ފެނަކައިން ދޮގުކޮށްފިއެވެ. 

ފެނަކައިން އެކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ފެނަކައިން އެކި ތާރީޚުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިޔުންތަކުން ބައެއް ނަކަލުކޮށްގެން އެއީ އެއް ކަމަކަށް ކޮށްފައިވާ އެއް މުއާމަލާތެއް ކަމަށް ދައްކަންކޮށްފައިވާ މަސައްކަތެއްކަމަށެވެ. 

އެކަމަކީ ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ އަދުގެ މެނޭޖްމެންޓުން ކުންފުނީގެ ޕްރޮކިއުމަންޓް މުއާމަލާތްތައް ހަރުދަނާކޮށް، ކުންފުންޏަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ކުންފުނިން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދަމުންދާ ދިއުމަށް ހުރަސް އަޅައި، ހަގީގަތް އޮޅުވާލައި ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކެއްކަމަށްވެސް ފެނަކައިން ބުނެއެވެ. އަދި މިއީ ޣައިރު ޒިންމާދާރު، އަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖްތަމައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމުގައި ފެނަކައިން ބުނެއެވެ.

އެ ކުންފުންޏަކީ ރާއްޖޭގެ 157 ރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުންޏަކަށްވެފައި، ހިދުމަތްތަކަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ވެސް ރަށްރަށުން ލިބެން ނުހުންނައިރު، ރަށްރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި އިތުބާރާއެކު އެހިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެހެން ފޮނުވަން ޖެހޭ ގިނަ އަދަދެއްގެ ތަކެތި މާލޭން އެރަށްރަށަށް އަދި އެއް ރަށުން އަނެއް ރަށަށް ފޮނުވުމަކީ ކުންފުނީގެ ދުވަހުން ދުވަހަށް ކުރެވޭ މުހިންމު މަސައްކަތުގެ ތެރެއިން ބައެއް ކަމަށް ފެނަކައިން ބުނެއެވެ.

ފާއިތުވިތަނުގައި ވަކި ދަތުރުތަކަށް ދޯނި ފަހަރު ނަގައި، އެވްރެޖް ގޮތެއްގައި 7 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ދަތުރުފަތުރަށް ހަމަޖައްސައި، އެ ކަމުން ނާޖައިޒު ފައިދާތަކެއް ބަޔަކު ނަގާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތުގައި އެއް ކުރެވެން ހުންނަ ދަތުރުތައް އެއްކޮށް، ގިނަ ދަތުރުތައް ކުރަން ޖެހުނަސް ހަރަދު ބޮޑުވެގެން ނުދާނެކަން ކަށަވަރު ކުރެވެނިވި ގޮތަކަށް ކުންފުނީގެ ތާރީހުގައި އެންމެ ކުޑަ އަގުގައި، ކުންފުނީގައި ކަނޑައަޅާފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުންފުނީގެ އަދުގެ މެނޭޖްމަންޓުން އެކަން ހަރުދަނާކޮށް އިންތިޒާމު ކުރަމުންދާ ދިއުން، ކުރިން އެކަންކަމުން ނާޖައިޒު ފައިދާ ހޯދި އަދި ހޯދައިދިން ފަރާތްތަކުން ދަތި އިހްސާސްތަކަކަށް ވުމަކީ މިފަދަ ފިތުނަ ފަސާދަ އުފެއްދުމުގެ މައިގަނޑު އެއް ސަބަބުން ކަމުގައި މި ކުންފުނިން ދެކެމެވެ ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން ވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ދެފުށް ފެންނަ ހަރުދަނާ އިންތިޒާމުތަކުގެ ތެރެއިން ރައްޔިތުންނާއި ގާތުން، ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ހިދުމަތް ދިނުމުގައި ސިޔާސަތު ތަންފީޒު ކުރުމުގައި ސާބިތުކަމާއި އެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފައެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026