ފްލެޓް މިލްކުނުވާ ހާލަތުގައި ރަށްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް މާލެ ދަފްތަރުގައި ޖައްސައިދޭން ނިންމައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން ދޫކޮށްފައިވާ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ ފްލެޓް މިލްކުނުވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފަރާތްތައް މާލެ ސިޓީގެ ދަފްތަރުގައި ޖައްސައިދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 2 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ކައުންސިލުން މި ނިންމުން ނިންމީ، ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމަށްފަހު ކުލި ނުދެއްކިގެން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ފްލެޓްގެ މިލްކުވެރިކަން ގެއްލޭ ހާލަތުގައި، އެ ތަނުގައި ރަޖިސްޓްރީވެފައި ތިބޭ މީހުންނާ މެދު އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށް ކުރެވުނު މަޝްވާރާތަކަށް ފަހުގައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތަކަށް ރަށްވެހިކަމުގެ ރަޖިސްޓްރީ ހަދައިދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެ ރަޖިސްޓްރީގެ ސަބަބުން އެމީހަކީ މާލެ ސިޓީއަށް ނިސްބަތްވާ މީހަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް ފްލެޓްގެ މިލްކުވެރިކަން ގެއްލޭ ހާލަތުގައި، އެމީހުން ރަޖިސްޓްރީވާނެ ތަނެއް އޮންނަންވާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

"ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދާދޭން ޖެހޭ. މިނިސްޓްރީ ވެސް އޮތީ އެގޮތަށް އަންގާފަ. ދެން އޮތީ ކުލި ނުދެއްކިގެން ނުވަތަ އެހެން ސަބަބަކާ ހުރެ ފްލެޓް އަތުން ބީވެގެންދާ ހާލަތުގައި ވާނީ ކިހިނެތްތޯ ކުރެވޭ ސުވާލު. މިއީ ވަރަށް މަދުން ދިމާވާނެ ކަމެއް ނަމަވެސް، މިފަދަ ހާލަތެއްގައި އެ ތަނެއްގެ ރަށްވެހި ރަޖިސްޓްރީގައި ތިބި މީހުންނަށް ކޮންމެވެސް ގޮތެއް އޮންނަން ޖެހޭނެ،" މޭޔަރު އާޒިމް ވިދާޅުވިއެވެ.

މި މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ، މިއީ އެ ދާއިރާގެ ގިނަ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މިކަމުގައި ފްލެޓް ލިބުނު ފަރާތްތަކާއި "ފަހި ޔޫނިއަން" ފަދަ ޖަމިއްޔާތަކުގެ ހިޔާލު ހޯދުން މުހިންމު ކަމަށާއި، މާލޭގެ ދަފްތަރަކީ ވެސް މާލޭގެ ރައްޔިތުން ކަމަށްވާތީ މިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލްސާގައި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަޙްމަދު ސަނީހް ޙަނީފް ވަނީ މިކަމާ ގުޅޭ އިސްލާހެއް ހުށަހަޅުއްވާފައެވެ. ސަނީހް ވިދާޅުވީ ދަފްތަރުގައި ޖައްސާއިރު، ފްލެޓްގެ އަސްލު ވެރިފަރާތާއި އެތަނުގައި ރަޖިސްޓްރީވާ އެހެން މީހުން ވަކިން އެނގޭނެ ފަދަ އުސޫލެއް އޮންނަންޖެހޭ ކަމަށެވެ. ސަބަބަކީ އެހެން މީހުންނަކީ ފްލެޓްގެ ވެރިފަރާތާ އެއް ހަމައެއްގައި ބޯހިޔާވަހިކަން ކަށަވަރުވެފައިވާ ބަޔަކަށް ނުވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މި ނިންމުމާއެކު، ފްލެޓް ލިބޭ ފަރާތްތަކަށް ރަށްވެހިކަމުގެ ރަޖިސްޓްރީ ބަދަލުކުރުމުގައި ދިމާވާ ބައެއް ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026