ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫގައި ކުލަގަދަކޮށް ފާހަގަކޮށްފި

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ބޭއްވި ޚާއްޞަ ހަރަކާތްތައް ފ. ނިލަންދޫގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ބާއްވައިފިއެވެ. ކޮންމެ އަހަރެއްގެ ޖޫން މަހުގެ 7 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހެވެ.

މިއަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "From burden to solution – safe food everywhere" އެވެ. މި ޝިޢާރުގެ ދަށުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރައްކާތެރިނޫން ކާބޯތަކެތީގެ ސަބަބުން އިންސާނުންގެ ދުޅަހެޔޮކަން ގެއްލި، އެކި ބަލިތަކަށް މަގުފަހިވާކަމާއި، މިފަދަ ބަލިތައް މަދުކުރުމަށްޓަކައި ރައްކާތެރި ކާބޯތަކެތީގެ މާހައުލެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މި ދުވަސް ފާހަގަކުރުމަށް ނިލަންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި، ރަށު ކައުންސިލްގެ ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Uploaded image

މި ރަސްމިއްޔާތުގެ ތެރެއިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ އާ ލޯގޯ އިފްތިތާހުކުރުމާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އަހުލުވެރިކުރުމަށް ތައްޔާރުކުރެވިފައިވާ "ސަމާވަރު" ޕްރޮގްރާމް އިފްތިތާހުކުރުން ކުރިއަށްދިޔައެވެ.

ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ނިލަންދޫގައި ދޮރުން ދޮރަށް ހިނގައި، ގޭގޭގައި ރައްކާތެރިކަމާއެކު ކާބޯތަކެތި ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު އާންމުންނަށް ވަނީ ދީފައެވެ. މީގެ އިތުރުން، ސްކޫލް ކުދިންނަށް ޚާއްޞަ އެސެމްބްލީއެއް ބާއްވައި، ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވާފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ހިސާބުތަކަށް ބަލާއިރު، ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭ ބަލިތަކުގައި އަހަރަކު 600 މިލިއަން މީހުން ބަލިވެ، 420,000 މީހުން ފުރާނަ ދޫކުރެއެވެ. މީގެ ތެރެއިން 40 އިންސައްތައަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ.

އެމް.އެފް.ޑީ.އޭ އިން ފާހަގަކުރި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި މުއައްސަސާއެއްގެ ޒިންމާއެއް ނޫނެވެ. އެއީ އުފައްދާ ފަރާތުން ފެށިގެން ބޭނުންކުރާ ފަރާތާ ހަމައަށް އެންމެންގެ ޒިންމާއެކެވެ. އެގޮތުން ދަނޑުވެރިކަމާއި، ތަކެތި ގުދަންކުރުމާއި، ވިޔަފާރިކުރުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަކީ ބަލިތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލުކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.
ޚަބަރު 18 Oct 2026
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026