ހޯރަފުށީ ސިއްޙީ މަރުކަޒުގެ މުވައްޒަފު އުއްމުކުލްޘޫމް ޒާހިރުގެ ދިގު މުއްދަތުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 01 Jun 2026

ހއ. ހޯރަފުށީ ސިއްޙީ މަރުކަޒުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ހެލްތް އޮގްޒީލިއަރީ އަލްފާޟިލާ އުއްމުކުލްޘޫމް ޒާހިރުގެ އިޚްލާޞްތެރި ޚިދުމަތުގެ އަގު އެ މަރުކަޒުން ވަޒަންކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައި، އުއްމުކުލްޘޫމް ޒާހިރު ސިއްޙީ ދާއިރާގައި ހޭދަކުރެއްވި 28 އަހަރާއި، 9 މަހާއި، 22 ދުވަހުގެ ދިގު މުއްދަތުގެ ޚިދުމަތްތައް ވަނީ ފާހަގަކޮށްފައެވެ. އޭނާއަކީ މަސައްކަތަށް ނުހަނު ފަރުވާތެރި، މުވައްޒަފުންނާ ގުޅޭ، އަދި ވަޒީފާގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރެއްވި ހިތްވަރުގަދަ ކަނބަލެއްގެ ގޮތުގައި ހޯރަފުށީ ސިއްޙީ މަރުކަޒުން ސިފަކުރެއެވެ.

ހޯރަފުށީ ސިއްޙީ މަރުކަޒުގެ ކުރިއެރުމަށްޓަކައި އުއްމުކުލްޘޫމް ޒާހިރު ކޮށްދެއްވި ގިނަގުނަ މަސައްކަތްތަކަކީ އެ މަރުކަޒުން ނުހަނު އުފަލާއެކު ބަލައިގަންނަ ކަންތައްތަކެކެވެ. ވަރަށް މުރާލިކަމާއެކު އޭނާ ކޮށްދެއްވި މި ޚިދުމަތުގެ އަގު ވަޒަންކޮށް، ސިއްޙީ މަރުކަޒުގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އޭނާއަށް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

މި މުނާސަބަތުގައި އޭނާގެ ކުރިއަށް އޮތް ދުވަސްތަކަކީ ބާއްޖަވެރި ދުވަސްތަކަކަށް ވުމަށް އެ މަރުކަޒުގެ މުވައްޒަފުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރާއްޖޭގެ ރަސްމީ ރިޒާވް ޖޫން މަހު ދަށަށް ގޮސްފި، ބޭނުންކުރެވޭ ރިޒާވް މިދިޔަ އަހަރަށްވުރެ އިތުރު
ރާއްޖޭގެ ރަސްމީ ރިޒާވް ޖޫން މަހު ދަށަށް ގޮސްފި، ބޭނުންކުރެވޭ ރިޒާވް މިދިޔަ އަހަރަށްވުރެ އިތުރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 686.8 މިލިއަން އެމެރިކާ ޑޮލަރުގައެވެ. މިއީ މޭ މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއީ 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 އިންސައްތައިގެ ދަށްވުމެކެވެ.
ޚަބަރު 16 Jul 2026
ދިޔާނާ ސައީދު އީޔޫގެ ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ދިޔާނާ ސައީދު އީޔޫގެ ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ޚަބަރު 16 Jul 2026
އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް "އިތާ" ޕޯޓަލް އިފްތިތާޙުކޮށްފި
އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް "އިތާ" ޕޯޓަލް އިފްތިތާޙުކޮށްފި
ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ބެލެހެއްޓުމަށްޓަކައި އެކުލަވައިލި "އިތާ" އިންފޮމޭޝަން މެނޭޖްމަންޓް ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ޚަބަރު 16 Jul 2026
މިނިވަންދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާޙްކޮށްފި
މިނިވަންދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާޙްކޮށްފި
މިނިވަން ރަން އިފްތިތާޙްކުރުމުގެ ގޮތުން މި ވުޒާރާގެ އިސްވަރު ހޯލުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެވެ.
ޚަބަރު 15 Jul 2026