އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު

ހ ހަޅަ
ޚަބަރު 27 Aug 2026

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބ. އޭދަފުށި ބްރާންޗު މިއަދު ހުޅުވުމާ ގުޅިގެން، ބ. އަތޮޅުގައި މާލީ ޚިދުމަތްތައް ލިބިގަތުމުގެ ފުރުސަތު ފުޅާވެ، އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަރީރު މި މޭރުމުން ވިދާޅުވީ، އޭދަފުށީގައި ބޭއްވި އެ ބްރާންޗު ރަސްމީކޮށް ހުޅުވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަހަމަ ގޮތެއްގައި މާލީ ޚިދުމަތްތައް ފޯރުކޮށްދިނުން ފުޅާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުގެ މައި ތަނބެއް ކަމަށާއި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް ބޭންކިން އަދި މާލީ ޚިދުމަތްތަކުން ފައިދާ ލިބިގަތުމުގެ ފުރުސަތު ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބ. އަތޮޅަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއް ކަމަށްވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ޤައުމީ ފެންވަރުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ސަރަހައްދެއް ކަން ފާހަގަ ކުރައްވަމުން، ފަތުރުވެރިކަމާ ގުޅިފައިވާ ވިޔަފާރިތަކަށާއި، އެ ސަރަހައްދުގެ އިޤްތިޞާދީ ހަރަކާތްތަކަށް ވެސް ބ. އޭދަފުށީ ބްރާންޗު ހުޅުވުމުން ފައިދާ ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ޒަރޫރީ މާލީ ޚިދުމަތްތައް ފުޅާކުރުން ކުރިއަށް ގެންދިއުމަށް އެމްއައިބީ އަދި އެހެނިހެން މާލީ މުއައްސަސާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ކުރެވޭ ކޮންމެ މަސައްކަތަކަށްވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ކެންޑިޑެސީ ފޯމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން -/1500 ރުފިޔާގެ އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.
ޚަބަރު 11 Oct 2026
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ ބިޔަ މަޝްރޫޢަށް ހުރަސްއެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޚަބަރު 11 Oct 2026
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، އެ ސައިކަލް ދުއްވި މީހާއަށް ފިޔަވަޅު އަޅައިފިއެވެ.
ޚަބަރު 11 Oct 2026
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހިތްވަރާއި، އުންމީދުތަކާއި އަދި އެކުދިންގެ ކިބައިގައިވާ ޤާބިލުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޚަބަރު 11 Oct 2026