ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ކޮމިޝަނާ އޮފް ޕޮލިސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ހ ހަޅަ
ޚަބަރު 05 May 2026

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒު، ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު، ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. 

އެގޮތުން، ދެ މުއައްސަސާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، މުއައްސަސާތައް ތަރައްގީކުރުމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާގެ ގައިޑުންގެ ގޮތުގައި މަސައްކަތްކުރާނީ ޚާއްޞަ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާގެ ގައިޑުންގެ ގޮތުގައި މަސައްކަތްކުރާނީ ޚާއްޞަ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް
ޑައިވިންގ ގައިޑުންނަށެވެ. އެގޮތުން ށާޟ÷ާ ގައިޑަކަށް ވުމަށްޓަކައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންޖެހެއެވެ.
ޚަބަރު 19 Jun 2026
މެކްސިކޯ ގަދަ 32 އަށް، ސްވިޒަލޭންޑުން ބޮޑު މޮޅެއް، ސައުތު އެފްރިކާގެ އުއްމީދުތައް އާވެއްޖެ
މެކްސިކޯ ގަދަ 32 އަށް، ސްވިޒަލޭންޑުން ބޮޑު މޮޅެއް، ސައުތު އެފްރިކާގެ އުއްމީދުތައް އާވެއްޖެ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ މެޗުތަކެއް ރޭ ކުޅެވުނުއިރު، މުބާރާތުގެ ގަދަ 32 ގެ ބުރުން ޖާގަ ހޯދި ފުރަތަމަ ގައުމަކަށް މެކްސިކޯ ވެއްޖެއެވެ. މީގެ އިތުރުން ސްވިޒަލޭންޑުން ބޮޑު މޮޅެއް ހޯދައި ދެވަނަ ބުރާ ގާތަށް ޖެހިލިއިރު، ސައުތު އެފްރިކާއިން ވަނީ ފަހު ވަގުތު މެޗުގެ ނަތީޖާ އެއްވަރުކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު ދަމަހައްޓާފައެވެ.
ކުޅިވަރު 19 Jun 2026
ޢާޝޫރާ ދުވަހުގެ ބަރަކާތާއި ފިލާވަޅުތައް ލިބިގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފި
ޢާޝޫރާ ދުވަހުގެ ބަރަކާތާއި ފިލާވަޅުތައް ލިބިގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފި
މުޙައްރަމު މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހަކީ އިލާހީ ނަޞްރާއި، އީމާންކަމުގެ ވަރުގަދަ ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަން ބަޔާންކޮށް، އެ ދުވަހުގެ ބަރަކާތް ހޯދުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ރާއްޖޭގެ އެންމެހާ މުސްލިމް އަޚުންނަށް ގޮވާލައިފިއެވެ.
ޚަބަރު 19 Jun 2026
މޫސުމީ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވޭ: ނައިބު ރައީސް
މޫސުމީ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވޭ: ނައިބު ރައީސް
މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ވަރުގަދަކޮށް، މޫސުމީ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
ޚަބަރު 18 Jun 2026