ބުކިންގް ޑޮޓް ކޮމްގެ ނަމުގައި ފައިސާ ފޭރޭ މައްސަލައަކަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

ބުކިންގް ޑޮޓް ކޮމްގެ ނަމުގައި އޮޅުވާލައިގެން މެސެޖުތަކެއް ފޮނުވައި، ބޭންކިންގް މައުލޫމާތު ހޯދުމަށްފަހު ފައިސާ ފޭރޭ މައްސަލައަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިންޒާރު ދީފިއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނީ، ސްކޭމަރުން ބުކިންގް ޑޮޓް ކޮމްގެ ނަމުގައި މެސެޖުތައް ފޮނުވަމުންދަނީ ރިފަންޑް ފައިސާ ލިބޭނެ ކަމަށް ބުނެ ކަމަށެވެ. މި މެސެޖުތަކުގައި ހިމަނާފައިވާ ލިންކުތަކަކީ ކާޑުގެ މައުލޫމާތާއި އެހެނިހެން ސިއްރު މައުލޫމާތު ހޯދުމަށްޓަކައި ހަދާފައިވާ "ފިޝިންގް" ވެބްސައިޓުތަކެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިގޮތުން ފޮނުވާ މެސެޖުތަކުގައި، ރިފަންޑް ފައިސާ ލިބޭނެ ކަމަށް ބުނެ، މެސެޖު ލިބޭ މީހާގެ އެކައުންޓް ވެރިފައި ކުރުމަށްޓަކައި ލިންކަކަށް ފިތުމަށް ބާރުއަޅައެވެ. ފުލުހުން ހިއްސާކުރި ފޮޓޯއެއްގައިވާ ގޮތުން، "1474" އިން ފޮނުވާ މި މެސެޖުގައި 9،600 ރުފިޔާގެ ރިފަންޑެއް ލިބޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ފައިސާ ހޯދުމަށްޓަކައި 24 ގަޑިއިރު ތެރޭގައި އެކައުންޓް ވެރިފައި ކުރުމަށް އަންގައި ލިންކެއް ދީފައިވެއެވެ.

އެންޓި-ސްކޭމް ސެންޓަރުން ފާހަގަކުރި ގޮތުގައި، މިއީ އޮޅުވާލުމެއްކަން ދެނެގަނެވޭނެ ބައެއް ކަންކަން އެ މެސެޖުގައި ހިމެނެއެވެ. އޭގެ ތެރޭގައި ބުކިންގް ޑޮޓް ކޮމްގެ ރަސްމީ ވެބްސައިޓުގެ ބަދަލުގައި ޝޯޓް ލިންކުތައް ބޭނުންކުރުމާއި، ވަކި ވަގުތެއްގެ ތެރޭގައި އެކަން ނުކޮށްފިނަމަ ފައިސާ ނުލިބޭނެ ކަމަށް ބުނެ ބިރުދެއްކުން ނުވަތަ އަވަސްއަރުވާލުން ހިމެނެއެވެ.

ފުލުހުން ނޯޓުކުރި ގޮތުގައި، އެއްވެސް އިތުބާރު ހުރި ކުންފުންޏަކުން މެސެޖު މެދުވެރިކޮށް ލިންކެއް ފޮނުވައިގެން، ރިފަންޑް ދިނުމަށް ކާޑުގެ ނަންބަރާއި، މުއްދަތު ހަމަވާ ތާރީޚާއި އަދި ބޭންކިންގް އެހެން މައުލޫމާތެއް ނުއަހާނެއެވެ. އެހެންކަމުން، ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށާއި، ކާޑުގެ މައުލޫމާތާއި އޯ.ޓީ.ޕީ ނުވަތަ އަމިއްލަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްމިތާސްކޮށްފައެވެ.

މިފަދަ ކަންކަމުގައި މައުލޫމާތު ސާފުކުރުމަށް ބުކިންގް ޑޮޓް ކޮމްގެ ރަސްމީ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން ބޭނުންކުރުމަށް ފުލުހުން ލަފާދެއެވެ.

"ފިޝިންގް" ސްކޭމަކީ އިތުބާރު ހުރި މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން، އެމީހުންގެ އަމިއްލަ، މާލީ ނުވަތަ އެކައުންޓް މައުލޫމާތު ހޯދުމަށް ހިންގާ އޮންލައިން މަކަރާއި ހީލަތުގެ ބާވަތެކެވެ. މީގެ ކުރިން ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި މަޝްހޫރު ކުންފުނިތަކުގެ ނަމުގައި މިފަދަ ސްކޭމްތައް ހިންގައި، ގިނަ ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026