ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 79 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން މިއަދު ފެށިއްޖެ

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 79 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ޓިމޯ ލެސްޓޭގެ ވެރިރަށް ޑިލީގައި މިއަދު ފެށިއްޖެއެވެ.

މި މަހުގެ 07 އިން 10 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ 10 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެވެ.

މި އަހަރުގެ ރީޖަނަލް ކޮމިޓީގައި، ޞިއްޙީ ޚިދުމަތްތެރިންގެ ޤާބިލުކަން އިތުރުކުރުމާއި ޚާއްސަ ފަރުވާތަކުގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ދިނުމުގެ މަގު ތަނަވަސްކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ "ރައުންޑް ޓޭބަލް" ބައްދަލުވުމެއް 08 ސެޕްޓެންބަރު 2026 ގައި ކުރިއަށްދާނެއެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "ޑިލީ ޑެކްލަރޭޝަން އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު: އިކުއިޓީ އިން ސްޕެޝަލައިޒްޑް ކެއަރ" ގެ ނަމުގައި ގަރާރެއް ފާސްކުރެވޭނެއެވެ.

އަދި މި ސަރަޙައްދަށް ޙާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޔުނިވަރސަލް ހެލްތު ކަވަރޭޖް، ޞިއްޙަތާ ގުޅުންހުރި ދެމެހެއްޓެނި ތަރައްޤީއާ ގުޅޭ ލަނޑުދަނޑިތަކާއި، ޓީ.ބީ، މެޑިކަލް ޑިވައިސްއާއި، އިންވިޓްރޯ ޑައިގްނޮސްޓިކްސްއާ، ޑިޖިޓަލް ހެލްތާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ޕްރައިމަރީ ހެލްތުކެއަރ އާ ގުޅޭ މަޝްވަރާތައް ކުރެވިގެންދާނެއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި މިސަރަޙައްދުގެ ޤައުމުތަކުން މި ބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅާނެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގެ ސްޕެޝަލް ސެޝަންގެ ތެރޭގައި ދެކުނު އިރުމަތީ އެޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދެކުނު އިރުމަތީ އެޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ދިވެހިރާއްޖެއިން ކެނޑިޑޭޓެއް ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ރައީސް މި ދަޢުވަތު އެރުއްވީ ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ރަސްމީ ބަޔާނުގައެވެ. ބޮޑުވަޒީރަށް ދަޢުވަތު އަރުވަމުން ރައީސް ވިދާޅުވީ، ޕާކިސްތާނުން ދެއްވި ހޫނު މެހެމާންދާރީގެ ބަދަލުގައި، ރާއްޖެއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ އުފާ ހޯއްދެވުމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
ޚަބަރު 21 Oct 2026
ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު
ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު
ރައީސް މިހެން ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި، ދެ ގައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށް ފަހު ދެއްވި ބަޔާނުގައެވެ. ރައީސް ވިދާޅުވީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ގުޅުން ބަދަހިކުރުމުގައި ސާކްގެ މުހިންމުކަން ރާއްޖެއިން ގަބޫލުކުރާ ކަމަށާއި، ސާކް ހަރަކާތްތެރި ކުރުވުމަށް ރާއްޖެއިން އިސްނަގައިގެން ބިނާކުރަނިވި ދައުރެއް އަދާކުރަން ދެމިއޮންނާނެ ކަމަށެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ފައިދާ ހޯދުމަށް އިތުބާރު ގާއިމުކުރުމާއި، މާނަހުރި މަޝްވަރާތައް ކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ދެނެގަތުން ވަރުގަދަކުރަން ޖެހޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ޚަބަރު 21 Oct 2026
ރާއްޖޭގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރެވުނު: ރައީސް ޑރ. މުޢިއްޒު
ރާއްޖޭގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރެވުނު: ރައީސް ޑރ. މުޢިއްޒު
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، މިއަދު މެންދުރުފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ، ދެ ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ ޒުވާނުން ބާރުވެރިކުރުވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ޕާކިސްތާނަކީ ޒަމާނުއްސުރެ ރާއްޖޭގެ ދަރިވަރުންނަށާއި، ކުޅިވަރު ކުޅުންތެރިންނާއި، ކޯޗުން އަދި އެކި ދާއިރާތަކުގެ ޒުވާން ޕްރޮފެޝަނަލުންނަށް ސްކޮލަޝިޕާއި ތަމްރީނުގެ އަގުހުރި ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 21 Oct 2026