މިނިސްޓްރީގެ ފުރަތަމަ ބައިނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓަށް ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް ފުރިހަމަކޮށްފި

އ.ދ. ގެ މޫސުމީ ބަދަލުތަކާބެހޭ ޖަމިއްޔާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ދަށުން ވެފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން ދިވެހި ރާއްޖޭގެ ފުރަތަމަ ބައެނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓު (ބީ.ޓީ.އާރު.1) ގެ "ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް" (އެފް.އެމް.ސީ.ޕީ.) މިނިސްޓްރީން ފުރިހަމަ ކޮށްފިއެވެ.

އެފް.އެމް.ސީ.ޕީ. އަކީ ޕެރިސް އެގްރީމަންޓުގެ ދަށުން އެކުލަވާލާފައިވާ "އެންހާންސްޑް ޓްރާންސްޕޭރެންސީ ފްރޭމްވޯކް"ގެ މުހިންމު ބައެކެވެ. އެއީ، މުއާހަދާގެ ޤައުމުތަކަށް، އެޤައުމެއްގެ "ނެޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަންސް" (އެން.ޑީ.ސީ.) ތަންފީޒުކުރުމާއި، ލިބިފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން އެޤައުމެއްގެ ބީ.ޓީ.އާރު.1 ގައި ހިމަނާފައިވާ މައުލޫމާތާ ގުޅޭގޮތުން އެޤައުމެއްގެ ތަޖުރިބާއާއި، ގޮންޖެހުންތައް ފާހަގަކޮށް، ޤައުމުތަކުގެ މެދުދައި ހާމަކަންބޮޑު ގޮތެއްގައި މައުލޫމާތު ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އެކަށައަޅާފައިވާ ޕްރޮސެސް އެކެވެ.

މި ސެޝަންގައި މިނިސްޓްރީން ވަނީ މޫސުމީ ބަދަލުތަކުގެ ދާއިރާއިން ދިވެހި ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކަށް އެންމެ ނާޒުކު އެއްގައުމުކަމުގައި ވާތީ މޫސުމީ ބަދަލުތަކާ ގުޅިގެން އަންނަ އަރައްކާތަކަށް ބަލައި، އެޑެޕްޓިވް ކެޕޭސިޓީ ބިނާކުރުމާއި މޫސުމީ ބަދަލުތަކަށް ވިލުންނެރިކަން އިތުރުކުރުމަކީ ދިވެހި ރާއްޖެއަށް މުހިންމު އަދި ގައުމީ އިސްކަމެއްދޭކަމެއް ކަން ފާހަގަ ކޮށްފައެވެ.

މޫސުމީ ބަދަލުތައް ކުރިމަތިވަނީ ޖައްވަށް ބޭރުވާ ވިހަ ގޭސް އިތުރުވެ، ދުނިޔޭގެ ހޫނުމިން މަތިވަމުން ދިއުމުގެ ސަބަބުން ނެވެ. މިގޮތުން ބަލާއިރު ބީ.ޓީ.އާރު. 1 ގެ އެނަލިސިސް އަށް ބަލާއިރު، ރާއްޖޭން ބޭރުވާ ވިގޭހަކީ ދުނިޔޭގެ ނިސްބަތުން 0.004 އިންސަތައެވެ. އެހެން ނަމަވެސް ޖައްވަށް ބޭރުވާ ވިހަގޭސް މަދުކުރުމަކީ ދިވެހި ރާއްޖޭންވެސް އިސްކަން ދޭކަމެކެވެ. ރާއްޖޭން ބޭރުވާ ވިހަގޭހުގެ ތެރެއިން 95 އިންސައްތައަކީ ހަކަތައިގެ ދާއިރާއިން ބޭރުވާ ވިހަގޭހެވެ. މީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކަރަންޓުއުފެއްދުމުގައާއި ދަތުރުފަތުރު ކުރުމަށް އަންދާ ތެލުން ބޭރުވާ ވިހަގޭހެވެ.

ރާއްޖޭން ކުރެވިފައިވާ މަސައްކަތްތަކަށް އަލި އަޅުވާލަމުން، 110 މެގަވޮޓް ކެޕޭސިޓީގެ ސޯލާ ފޮޓޯވޮލްޓިކް އިންސްޓޯލް ކުރުމާއި، 2028 ވަނަ އަހަރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް އަމާޒު ކުރުމާއި، ހަކަތަ ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ހައިޑްރޯޖަން އަދި ކަނޑުގެ ހަކަތަ އުފެއްދުމުގެ ގާބިލުކަން ވަޒަންކުރަމުން އަންނަކަން ވަނީ ފާގަކޮށްފައެވެ. އަދި އިއާދަކުރަނިވި ހަކަތަ އުފައްދާ ޓެކްނޮލޮޖީތަކަށް އިމްޕޯޓު ޑިއުޓީ އިސްތިސްނާ ކުރުން ފަދަ ސިޔާސަތު ވަނީ ފާގަކޮށްފައެވެ.

މިކަންކަމަށް އެކަށީގެންވާ، ދެމެހެއްޓެނިވި މާލީ ވަސީލަތްތައް ލިބުމަކީ އަދިވެސް ބޮޑު ގޮންޖެހުމެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ކެޕޭސިޓީ ބިލްޑިންގ އިތުރުކުރަންޖެހޭ ކަމަށް ވެސް މި ސެޝަންގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެފް.އެމް.ސީ.ޕީ. ފުރިހަމަ ކުރުމަކީ ދިވެހި ރާއްޖޭން މޫސުމީ ބަދަލުތަކުގެ ދާއިރާއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑި އެކެވެ. އެއީ މޫސުމީ ބަދަލުތަކުގެ ދާއިރާއިން ދުނިޔޭގެ ގައުމުތަކުގެ މެދުގައި އިތުބާރު ހިފެހެއްޓުމަށާއި، ބައިނަލްއަޤުވާމީ އެއްބާރުލުން ދިނުމަށާއި، އެހީތެރިކަން ހޯދުމަށް ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026