ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި

ހ ހުސައިން އިސްމާއިލް
ޚަބަރު 12 Jul 2026

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މަތީ އަރުތަވެރިންގެ އިނާމު 2025"ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން- ހުޅުމާލޭގައި މިރޭ ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ވަނީ، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކި ވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން "ހައި އެޗީވްމަންޓް އެވޯޑު" ހޯދި ދަރިވަރުންނަށާއި، ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިންގ ޕިއަރސަން އެވޯޑް" އަދި މަތީ ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިންގ ކެމްބްރިޖް ލަރނަރ އެވޯޑް" އާއި "ހައި އެޗީވަރޒް ސްކޮލަރޝިޕް" ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރައްވާފައެވެ. މީގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

ތަޢުލީމާއި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކޮށް، ތަޢުލީމީ އަދި ފަންނީ ޒުވާނުން އިތުރުކުރުމަށް މަގުފަހިކޮށްދެއްވުމަކީ، މި ޤައުމުގެ ދުރު ރާސްތާގެ ތަރައްޤީއަށް މި ސަރުކާރުން ކުރާ ތަސައްވުރުގެ މުހިންމު އަމާޒެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން، ކ. ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުން، އިސްރަށްވެހިންނަށް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭންޖެހޭ މުހިންމު ދާއިރާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 10 Oct 2026
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދިވެހިރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއަށް ބޭނުންވާ ސިޔާސަތުތަކާއި ޤާނޫނީ އިޞްލާޙުތައް ގެނައުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ޚަބަރު 10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާމެދު ދެކޭ ނުރަނގަޅު ވިސްނުންތައް ދޫކޮށްލުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި
ނަފްސާނީ ދުޅަހެޔޮކަމާމެދު ދެކޭ ނުރަނގަޅު ވިސްނުންތައް ދޫކޮށްލުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، ނަފްސާނީ ބަލިތަކާއި ދަތިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ނައްތާލައި، އެފަދަ ފަރާތްތަކަށް އަޅާލުމާއި އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ޚަބަރު 10 Oct 2026
9 މަސް ދުވަހުން ބީއެމްއެލްއިން ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ
9 މަސް ދުވަހުން ބީއެމްއެލްއިން ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ
މި މުއްދަތުގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 ގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރުގެ މުޅި އަހަރު ބޭންކަށް ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.
ވިޔަފާރި 09 Oct 2026