ހިޖުރައިގެ މަތިވެރި ޢިބުރަތްތަކުން ފިލާވަޅު ލިބިގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފި

ހިޖުރީ އައު އަހަރަކާ ކުރިމަތިލާއިރު، ކީރިތި ރަސޫލާ (ޞޢވ) މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ހާދިސާއިން ފުންކޮށް ވިސްނައި، އެކަމުން ޢިބުރަތް ލިބިގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ރާއްޖޭގެ އެންމެހާ މުސްލިމުންނަށް އިލްތިމާސްކޮށްފިއެވެ.

26 ذُو الْހިއްޖާ 1447 (12 ޖޫން 2026) ވީ ހުކުރު ދުވަހު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާ ބިނާކޮށްފައިވަނީ "ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން" މި މައުޟޫޢުގެ މައްޗަށެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ހަމައެކަނި އަމިއްލަ ވަޒަން ދޫކޮށް އެހެން ބިމަކަށް ދިއުމެއް ނޫނެވެ. އޭގެ ބަދަލުގައި، ހިޖުރައިގެ އެންމެ ފުން މާނައަކީ ނުބައިކަންތައްތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ. މިކަމަށް ބާރުދެއްވައި ރަސޫލާ (ޞޢވ) ކުރައްވާފައިވާ ޙަދީޘެއް ޚުޠުބާގައި ބަޔާންކުރިއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ އެންމެ މާތް ހިޖުރައަކީ ތިމާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުން ކަމަށެވެ.

ހިޖުރައިގެ ދަތުރުފުޅަކީ ދީނަށްޓަކައި ވެވޭ މަތިވެރި ޤުރުބާނީއެއްކަން ފާހަގަކުރައްވައި، ރަސޫލާ (ޞޢވ) އެކަލޭގެފާނުގެ އުފަން ބިމާއި ޢާއިލާ ދޫކުރައްވައި ނުކުމެވަޑައިގަތީ އިސްލާމްދީނުގެ ދިފާޢުގައިކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި އުންމު ސަލަމާއާއި ޞުހައިބުއްރޫމީ ފަދަ ބޭކަލުން ދީނަށްޓަކައި އެބޭކަލުންގެ ޢާއިލާއާއި މުދާ ޤުރުބާންކުރެއްވި ގޮތުގެ މައްޗަށްވެސް އަލިއަޅުވާލިއެވެ.

މީގެ އިތުރުން، ކަމެއް ކާމިޔާބުކުރުމަށްޓަކައި ފުރިހަމައަށް ރޭވުމާއި، ވަސީލަތްތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ހިޖުރައިގެ ދަތުރުފުޅުން ފެންނަން އޮތްކަމަށް ޚުޠުބާގައި ބުންޏެވެ. އެގޮތުން އަބޫބަކުރުގެފާނު ދަތުރުގެ ސަވާރީ ތައްޔާރުކުރެއްވުމާއި، ޢަލީގެފާނު ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުމާއި، އަސްމާ ބިންތި އަބޫބަކުރު ފަރިއްކޮޅު އެރުއްވުމުގައި ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަކީ ފުރިހަމަ ރޭވުންތެރިކަމުގެ މިސާލުތަކެއްގެ ގޮތުގައި ފާހަގަކުރިއެވެ.

ޚުޠުބާ ނިންމާލަމުން ގޮވާލާފައިވަނީ، ކޮންމެފަދަ ދަތި އުނދަގޫ ވަގުތެއްގައިވެސް މާތް الله އަށް ވަކީލުކޮށް، އީމާންކަންމަތީ ސާބިތުވެ ތިބުމަށެވެ. އަދި ހިތުގެ ހިޖުރައެއްކޮށް، އިސްލާމްދީނާ ޚިލާފު ކަންކަން ދޫކޮށް، މާތް ނަބިއްޔާ ދެއްކެވި ތެދުމަގުގައި ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް ނަޞޭޙަތްތެރިވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026