ހުއްދަނެތި ބޭންކިންގ ޚިދުމަތްދީ، ޑޮލަރު ގަނެވިއްކާ މައްސަލައެއްގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި
ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމާއި، ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސް ބައިވެރިވެގެން ކުރިއަށް ގެންދިޔަ ބަލައިފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގެ ތެރެއިން 4 ބިދޭސީއަކާއި ދިވެއްސަކު ވަނީ ބަލައިފާސްކޮށްފައެވެ. މީގެއިތުރުން ވިޔަފާރިކުރާ ފިހާރައަކާއި، ބިދޭސީއަކު ދިރިއުޅެމުންދިޔަ ތަނެއްވެސް ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް