ޑިއުޓީގައި ހުރި ފުލުހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 11 Jun 2026

2026 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި "ޕޮލިސް ލޯންޗް 57" ގައި ޑިއުޓީގައި ހުރި ފުލުހަކު ކުއްލި ގޮތަކަށް ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މި ހާދިސާ ހިނގިކަން އެނގުމާއެކު، ގެއްލުނު ފުލުސް މީހާ ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. ގިނަ މަސައްކަތްތަކަކަށްފަހު، އެ ފުލުސް މީހާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވާކަމަށް ފުލުހުން ބުންޏެވެ. އޭނާ ފެނުމާއެކު ވަގުތުން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ނިޔާވި އޮފިސަރުގެ އާއިލާއަށާއި އޭނާއާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް މި ދަނޑިވަޅުގައި ބޭނުންވާނެ އެހީތެރިކަމާއި ނަފްސާނީ އެއްބާރުލުން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގެ ތެރޭގައި އާންމުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަން ފުލުހުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނިޔާވި ފުލުސް މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ތިލަފުށީ ބަނދަރުގެ މަޝްރޫޢު ހަވާލުކުރެވުނީ ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން: އިކޮނަމިކް މިނިސްޓްރީ
ތިލަފުށީ ބަނދަރުގެ މަޝްރޫޢު ހަވާލުކުރެވުނީ ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން: އިކޮނަމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫޢު ހަވާލުކުރެވިފައިވަނީ މިފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ނިންމުމަކީ ހަމައެކަނި ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީގެ އިސްކަންދޭ ކަންކަމަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މިއީ ރާއްޖޭގެ އެއްވެސް ބައިވެރިއަކާމެދު ވަކި ގޮތަކަށް ދެކޭ ދެކުމެއް ނުވަތަ ގުޅުމަށް އައި ބަދަލެއް ދައްކުވައިދޭ ކަމެއް ނޫން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު 09 Sep 2026
އެލްނީނިއޯގެ އަސަރު ގަދަވަނީ: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި
އެލްނީނިއޯގެ އަސަރު ގަދަވަނީ: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ "އެލްނީނިއޯ" ކޮޅިގަނޑު އިތުރަށް ބާރުގަދަވަމުން އަންނާތީ، ރާއްޖޭގެ އެކި ދާއިރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
ޚަބަރު 09 Sep 2026
23 އަހަރުވީ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގައި ޢަމަލުކުރި ގޮތް ބަލަން ހައުސިންގ މިނިސްޓްރީން އޭސީސީއަށް ހުށަހަޅައިފި
23 އަހަރުވީ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގައި ޢަމަލުކުރި ގޮތް ބަލަން ހައުސިންގ މިނިސްޓްރީން އޭސީސީއަށް ހުށަހަޅައިފި
ގާތްގަނޑަކަށް 23 އަހަރު ވެފައިވާ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއްގައި އެއްވެސް އުސޫލަކާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބަލައިދިނުމަށް އެދި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެ މައްސަލަ އަމިއްލައަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ޚަބަރު 09 Sep 2026
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޚަބަރު 09 Sep 2026