މ.ރަބީއުވިލާ ތަޅައިލުމުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ނިންމާލައިފި

މ.ރަބީއުވިލާ ތަޅައިލުމުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ނިންމާލައިފި

މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ނިންމާލާފައި ވާކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެމަސައްކަތް ކުރާ ސައިޓަށް ޒިޔާރަތް ކުރެއްވުމަށް ފަހު ހަބަރު ފަތުރާ ވަސީލަތްތަކަށް ދެއްވި ނިއުސް ބްރީފިންގ އެއްގައެވެ.

ބަރާބަރު 14 ދުވަހުގެ ތެރޭގައި މި ޢިމާރާތް ބިމާ ހަމަކޮށްލެވިފައި މިއޮތީ،ދެން ހަމަ އަޅުގަނޑު މިފުރުސަތުގައި ފާހަގަކޮށްލަން ބޭނުން މިމަސައްކަތް ކުރެވިގެން ދިޔައިރު އަޅުގަނޑުމެންގެ އެއްވެސް މުއަައްޒަފަކަށް އިރާދަކުރެއްވިއްޔާ އެއްވެސް ގެއްލުމެއް ނުލިބި މިތަނުގެ ކައިރީގައި ހުރި ގޭތަކުގެ ތެރެއިންވެސް އެއްވެސް ބަޔަކަށް މާބޮޑު ގެއްލުމެއް ނުލިބޭ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މާފަންނު ރަބީއުވިލާ ތަޅާލުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވައިގެން ހާއްސަކޮށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތެއް ކަމަށާއި މިމަސައްކަތް ކުރިއިރު ސަރަހައްދުގެ ގޭތަކުގެ މީހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ދިޔަކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއްވެސް މިނިސްޓަރ ވަނީ ދަންނަވާފައެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރަބީއީވިލާ ތަޅާޅުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ނަމަވެސް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި އެމަސައްކަތް ކުރުމަށްފަހު އެމަސައްކަތް ވަރަށް ފުރިަހަމަ ކަމާއި އެކު ނިންމާލެވިފައި ވާކަމަަށެވެ.

މިމަސައްކަތް ކުރުމުގައި މިހިސާބުގެ ރައްޔިތިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު، އެއްވެސް ޝަކުވާއެއް އަޅުގަނޑުމެންނަށް ނައިސް މިމަސައްކަތް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތަކަށް އެއްބާރުލުން ލިބިގެނ މިދިޔައީ މިނިސްޓަރ އާދަމް ޝަރީފް ފާހަގކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026