‘ފިކުރެއްގެ ދިރުން’ މަރުވެ ޑިމޮކްރެޓްސް އުވުމުން އަންނިގެ ސިޔާސީ ‘ބެކަޕް’ ހޮރު ބަންދުވެއްޖެ!

ދިވެހި ސިޔާސީ އުދަރެހުން އާދަޔާޚިލާފު ބޮޑު ގުގުމުމަކާއެކު އުފަންވި "ދަ ޑިމޮކްރެޓްސް" މިއަދު މިވަނީ ނުރޭވޭ ވަރަށް ރޫޅާލައިފައެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުމާއެކު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) އިސްވެ ހުންނަވައި އުފެއްދެވި މި ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް، ރަސްމީކޮށް ވަނީ އުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު މި ނިންމުން ނިންމީ ސިޔާސީ ޕާޓީގެ ޤާނޫނު (2013/4) ގެ 30 ވަނަ މާއްދާގެ ދަށުން، ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3,000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދު ހަމަވެފައި ނުވާތީއެވެ.

ރައީސް ނަޝީދުގެ ސިޔާސީ މުސްތަޤްބަލް އޮތީ ނުރައްކަލެއްގައި؟

މި ޚަބަރާއެކު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ގެ ސިޔާސީ ކުރިމަގާ ބެހޭ ގޮތުންނެވެ. ރައީސް ނަޝީދު އެމް.ޑީ.ޕީގެ ތެރޭގައި އަލުން ނުފޫޒު ގަދަކުރައްވައި، އެ ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް މީކާއިލް ނަސީމާ ވާދަކުރައްވަމުންނެވެ. ނަމަވެސް، "ދަ ޑިމޮކްރެޓްސް" އުވިގެން ދިއުމަކީ އެމަނިކުފާނަށް ސިޔާސީ ގޮތުން ލިބުނު ވަރަށް ބޮޑު "ޗެކްމޭޓް" އެކެވެ.

ސިޔާސީ މާހިރުން ބުނާގޮތުގައި، އެމް.ޑީ.ޕީގެ އިންތިޚާބުން ނަޝީދު ނާކާމިޔާބުވެވަޑައިގެންފިނަމަ، ދެން އެމަނިކުފާނަށް ގޮސް ވަންނާނެ "ސިޔާސީ ހޮރެއް" ނުވަތަ ބެކަޕް ޕްލޭނެއް މިހާރު ނެތެވެ. ދެން އެމަނިކުފާނު ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަންނަވާނީ ކޮން ސިފައެއްގައިތޯ، މިއީ މިއަދު އުފެދޭ އެންމެ ބޮޑު ސުވާލެވެ. އަމިއްލަފުޅަށް އުފެއްދެވި ޕާޓީ، މެންބަރުން ހަމަނުވެގެން އުވިގެން ދިއުމަކީ އެމަނިކުފާނުގެ ސިޔާސީ ބާރުވެރިކަން ކުޑަވެފައިވާ މިންވަރު ހާމަވާ ކަމެކެވެ.

ނާކާމިޔާބީގެ ސިލްސިލާ

"ފިކުރެއްގެ ދިރުން" މި ޝިއާރުގެ ދަށުން އެމް.ޑީ. ޕީގެ ތެރެއިން ރެނދުލައި، ވަރަށް ބޮޑު ޖޯޝަކާއެކު ދަ ޑިމޮކްރެޓްސް އުފެދިގެން އައީ ރައީސް ނަޝީދުގެ ސިޔާސީ ބާރުވެރިކަން ދައްކާލުމުގެ ބޭނުމުގައެވެ. ނަމަވެސް، އުފެދުނީއްސުރެ މި ޕާޓީއަށް ކުރިމަތިލާންޖެހުނީ ނާކާމިޔާބީގެ ސިލްސިލާއަކާއެވެ. "ދަ ޑިމޮކްރެޓްސް" އަކީ ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ޕާޓީއެކެވެ. ރިޔާސީ އިންތިޚާބުގައި ލިބުނު މަދު ވޯޓުކޮޅަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުމަކީ ޕާޓީގެ ސިޔާސީ ސަންދޯކަށް ޖެހުނު ފަހު މާވަހަރެވެ. މެންބަރުން ޕާޓީ ދޫކޮށް ދިއުމާއި، އިދާރީ ގޮތުން ޕާޓީ ބެލެހެއްޓޭނެ ފެންވަރު ނެތުމުގެ ނަތީޖާއަކީ މިއަދު މި ފެންނަ ހިތްދަތި ނިމުމެވެ.

"ދަ ޑިމޮކްރެޓްސް" އުވިގެން ދިއުމާއެކު ރައީސް ނަޝީދުގެ ސިޔާސީ މުޅި ޗާޓު މިވަނީ އަލުން ކުރަހަން ޖެހިފައެވެ. ވަރުގަދަ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވުނު ނަޝީދަށް، އަމިއްލަ ޕާޓީއެއް ދަމަހައްޓައިނުގަނެވުމަކީ އެމަނިކުފާނުގެ ސިޔާސީ ނުފޫޒު ފަނޑުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ދެން އޮތް ސުވާލަކީ، މި ހުރިހާ ނާކާމިޔާބީތަކަކަށްފަހު، އެމް.ޑީ.ޕީގެ ތެރެއިން އެމަނިކުފާނަށް ކުރީގެ ޝަރަފާއި ޢިއްޒަތް އަލުން ހޯއްދެވިދާނެތޯއެވެ؟ 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026