ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި

ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ހަވާލުކޮށްފިއެވެ.

އެ ޕާޓީގެ މަތީ މަޖިލީހުގެ ނިންމުމުގެ ޖަލްސާގައި މި ޓިކެޓް ރައީސަށް އަރުވާފައިވަނީ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

ރައީސް ޑރ. މުޢިއްޒަށް މި ޓިކެޓް އެރުވީ، ދެވަނަ ދައުރަކަށް އެމަނިކުފާނު ވާދަކުރެއްވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހުގެ 1119 މަންދޫބުންގެ އިއްތިފާޤުން ފާސްކުރި ޤަރާރަކާ ގުޅިގެންނެވެ. މި ނިންމުމާ އެއްގޮތަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރެއްވުމަށް ޤަޞްދުކުރައްވާކަން ބަޔާންކުރައްވައި ރައީސް ވަނީ ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ރަސްމީކޮށް ސިޓީފުޅަކުން ހުށަހަޅުއްވާފައެވެ. އެ ސިޓީފުޅު ކޮންގްރެސްއަށް އިއްވަވައިދެއްވީވެސް އަބްދުއްރަހީމް އަބްދުﷲއެވެ.

ޕާޓީގެ މެންބަރުންނާއި މަތީ މަޖިލީހުން ދެއްވި އިތުބާރަށް މާތް ﷲ އަށް ޙަމްދުކުރައްވައި، ރައީސް ވަނީ އެންމެހައި މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާޓީގެ ކާމިޔާބީތަކަކީ އެކުވެރިކަމާއި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވަމުން، މިފަދަ ވަރުގަދަ ޓީމެއްގެ އެންމެ ކުރީގައި ހުންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެއިތުރުން، ޤައުމާއި އިސްލާމްދީނުގެ ޙިމާޔަތަކީ އެންމެ އިސް ވާޖިބު ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ހަމަޖެހުން ޤާއިމުކުރުމަކީ ސަރުކާރުގެ އަސާސީ މަޤްޞަދު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި 2040 ވަނަ އަހަރަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށާއި "ދިވެހީންގެ ރާއްޖެ" ތަޞައްވުރު ފުރިހަމަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީ އެންމެ ޒިންމާދާރު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ފަށާފައިވާ މަސައްކަތް ފުރިހަމަކުރުމަށްޓަކައި އެންމެ ޒިންމާދާރު ގޮތަކީ، އަޅުގަނޑު ދެން އޮންނަ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރުން ކަމުގައި ޕާޓީގެ މަތީ މަޖިލީހުން ގަބޫލުކުރާ ގަބޫލުކުރުމަށް އިޖާބަދީ، މާތް ﷲގެ ޙަޟްރަތުން ވާތްގާއި މަދަދަށް އެދޭ ހާލު، 2028 ވަނަ އަހަރު ދިވެހިރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރުމަށް ގަސްތުކޮށް، އެކަން ޕާޓީގެ އަސާސީ ގަވާއިދުގައި 88 ވަނަ މާއްދާގެ (ބ) ވާގޮތުގެ މަތީން ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހުށަހަޅަން" ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. 

ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދަންނަވަން ޕީއެންސީގެ މަތީ މަޖިލީހުން ފާސްކުރީ އިއްޔެއެވެ. މި ބައްދަލުވުމުގައި ގަރާރު ފާސްކޮށްފައިވަނީ 1119 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026