މިނިސްޓަރ އާދަމް ޝަރީފް
މިނިސްޓަރ އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާޙަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ފަށާފައި:ވަޒީރު

ހ ހަޅަ
ޚަބަރު 24 Jul 2024

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯއްދެއްވުމަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީން ފަށައިފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިނިސްޓްރީގެ ފަރާތުން މި ކަމުގައި ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހަމަކުރެއްވުމަށް މިނިސްޓްރީގެ ފޭސްބުކް ޕޭޖްގައި އާންމުކުރެއްވި ވީޑިއޯއެއްގައެވެ. އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކާއި ގުޅޭގޮތުން ޤައުމީ ޔުނިވަރސިޓީން މިހާރު ކުރިއަށް ގެންދަވައި ދިރާސާ ނިމުމަކަށް އައިސްފައި ވާކަމަށާއި އަދި އެ ދިރާސާ ނިމުމުން އެ ކަމާއި މެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ.

ރައްޔިތުންނާއި ހަމައަށް އެ ކަމާ ބެހޭ މަޝްވަރާތައް ފެށުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް އަޅުގަނޑުމެންގެ މިނިސްޓްރީން މި ވަނީ ފަށައިފައި އަޅުގަނޑުމެންގެ އަމާޒަކީ ލާމަރުކަޒީ މުޅި ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އަދި ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ އެ ކަމުގައި ރައްޔިތުންނަށް ފެންނަ ފުރިހަމަ ޚިޔާލުތައް ފުޅާދާއިރާއެއްގައި ހޯދުމުގެ މަސައްކަތްކުރުން މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިރާސާ ނިމޭ ހަފުތާ ތެރޭގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފެށިގެން ކުރިއަށް ގެންދަވާނެ ކަމުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވުމާއެކު، އެ ޕާޓީގެ "އެތެރެ ފަނިވެފައިވާ" މިންވަރު މުޅި ޤައުމަށް ހާމަވެގެން ގޮސްފިއެވެ.
ރިޕޯޓް 13 Jun 2026
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ރަށު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައިފިއެވެ.
ޚަބަރު 13 Jun 2026
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޚަބަރު 13 Jun 2026
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގައި ޤާއިމްކޮށްފައިވާ އެއަރ ސްޓޭޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚަބަރު 13 Jun 2026