ދިވެހިރާއްޖެއިން ސަރބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ހ ހަޅަ
ޚަބަރު 15 Sep 2026

ދިވެހިރާއްޖެ އިން ސަރބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސަރބިއާ ގެ ރައީސް ހިޒް އެކްސަލަންސީ އެލެކްސެންޑަރ ވުޗިޗް އަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސަރބިއާ" ގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަރބިއާ ގެ ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސަފީރު އާމިނަތު ޝަބީނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސަރބިއާ ގެ ރައީސް އަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އިން ސަރބިއާ އަށް ކަނޑައަޅުއްވާފައިވާ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އުފެދެމުންދާ ގާތް ގުޅުމަށް ރިޢާޔަތް ކުރައްވައި، މި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އެކަމަނާ މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އަރުވާފައިވެއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އެކި ޤައުމުތަކުން ސަރބިއާ އަށް ކަނޑައަޅާފައިވާ ނޮން-ރެޒިޑެންޓް ސަފީރުންގެ ޝަރަފުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލެންސީ މާރކޯ ޑުރިޗް ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ސަފީރު ޝަބީނާ ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ސަރބިއާ ގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޭޝިއާ، އޮސްޓްރޭލިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް ގެ ހެޑް، މިސް ޔެލޭނާ މާރކޮވިޗް އާ ބައްދަލުކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުންތަކުގެ ތެރޭގައި ތަޢުލީމާއި ފަތުރުވެރިކަމާ އަދި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެ އިން ސަރބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާގެ އަރިހުގައި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ، އަލްފާޟިލް ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕްރޮސެކިއުޓަރ ޖެނެރަލް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލާ ރަސްމީ މަޝްވަރާތައް ބާއްވަވައި، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
ޕްރޮސެކިއުޓަރ ޖެނެރަލް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލާ ރަސްމީ މަޝްވަރާތައް ބާއްވަވައި، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލުން ވަނީ 'އެގްރީމަންޓް އޮން ކޯޕަރޭޝަން ބިޓްވީން ދަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް' ގައި ސޮއިކުރައްވާފައެވެ.
ޚަބަރު 15 Sep 2026
ހިންނަވަރު ކައުންސިލު އިމާރާތުގެ 44 އިންސައްތަ މަސައްކަތް ނިމިއްޖެ
ހިންނަވަރު ކައުންސިލު އިމާރާތުގެ 44 އިންސައްތަ މަސައްކަތް ނިމިއްޖެ
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް)އާރްސީސީ( އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ފާރުތަކުގައި ސިމެންތިޖެހުމާއި ވަށާ ފާރުގެ މަސައްކަތެވެ.
ޚަބަރު 15 Sep 2026
ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ: މިނިސްޓަރ ސަޢީދު
ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ: މިނިސްޓަރ ސަޢީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ސަރުކާރާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
ޚަބަރު 15 Sep 2026
ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް: މިނިސްޓަރ ސަޢީދު
ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް: މިނިސްޓަރ ސަޢީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެންމެ އަސާސީ ތިން ބާވަތް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ގިނަ އައު އައިޓަމްތަކެއް ސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެސްޓީއޯ މެދުވެރިކޮށް އެ ތަކެތި ރާއްޖެ ގެނެސް، ހޯލްސޭލަރުންނަށް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު 15 Sep 2026