ޔޫ.އެން.ސީ.ސީ.ޑީ ކޮޕް-17 ގެ ހައިލެވެލް ސެގްމެންޓުގައި މިނިސްޓަރ ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފި

ހ ހަޅަ
ޚަބަރު 24 Aug 2026

މަންގޯލިއާގެ އުލާންބާތަރުގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް-17) ގެ ހައިލެވެލް ސެގްމެންޓުގައި ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮނަރަބަލް ޢަލީ ޝަރީފެވެ. މިނިސްޓަރުގެ އަރިހުގައި ޑިރެކްޓަރ އޮފް އެންވަޔަރަންމަންޓަލް ކޮންޒަވޭޝަން އަޙްމަދު ޝާން އަދި ސީނިއަރ ސަރވެޔަރ ޢާއިޝަތު އަލްހާން ޙަމީދު ބައިވެރިވެވަޑައިގަންނަވައެވެ.

ކޮޕް-17 ގެ ދެވަނަ ހަފްތާގައި ކުރިއަށްދާ މި ހައިލެވެލް ސެގްމެންޓަކީ ޔޫ.އެން.ސީ.ސީ.ޑީގެ މެންބަރު 197 ޤައުމުގެ ވަޒީރުންނާއި ވަފުދުތަކުގެ ވެރިން އެއްތަނަކުން ބައްދަލުވާ މުހިންމު ޕްލެޓްފޯމެކެވެ. މި ސެގްމެންޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ވަޒީރުންގެ މެދުގައި ބޭއްވޭ ތިން މައިގަނޑު މަޝްވަރާ ބައްދަލުވުމަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދުޅަހެޔޮ ބިމާއި ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މާލީ އީޖާދީ ވަސީލަތްތަކާ ގުޅޭގޮތުންނާއި، ހުސްބިންތަކާއި ދަނޑުވެރިކަމާ ގުޅޭގޮތުންނާއި، އަދި ރައްކާތެރިކަމާއި ހިޖުރަކުރުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކެވެ. މީގެއިތުރުން މި ކޮންފަރެންސްގައި ކަނޑައެޅިފައިވާ މައިގަނޑު ހަތަރު ދާއިރާ ކަމަށްވާ؛ ފައިނޭންސް، ފެން، ބިމާއި އިންސާނުން، އަދި ކާބޯތަކެތީގެ ނިޒާމުތަކާ ގުޅޭގޮތުން މަތީ ފަންތީގެ އިވެންޓުތައް ކުރިއަށްދާނެއެވެ.

މި ކޮންފަރެންސްގައި ރާއްޖެއިން ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން ގޮނޑުދޮށް ގިރުމާއި، ބިމުގެ ފެން ފަށަލައަށް ލޮނު އެޅުމާއި، ކަނޑުގެ ލޮނގަނޑު އުފުލުމާއި، އަދި މީރުފެން ލިބުން ދަތިވުން ފަދަ ކަންކަމަކީ ހަނަފަސް ސަރަޙައްދުތަކަށް ދިމާވާ މައްސަލަތަކެކޭ އެއްފަދައިން ޔޫ.އެން.ސީ.ސީ.ޑީގެ އޮނިގަނޑުތަކުގައާއި، މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތަކުގައި އަދި ސައިންޓިފިކް ދިރާސާތަކުގައި ބަލައިގަންނަންޖެހޭ މުހިންމު ކަންކަން ކަމުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީ.އޭ.އޭ.2' އިން ސީ.އޭ.އޭ.1' އަށް މަތިކޮށްފި
ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީ.އޭ.އޭ.2' އިން ސީ.އޭ.އޭ.1' އަށް މަތިކޮށްފި
މޫޑީސް އިން 8 އޮކްޓޫބަރު 2026 ގައި ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ރޭޓިންގއަށް މި ގެނައި ކުރިއެރުމަކީ، ކުރުމުއްދަތުގައި ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާކަމަށް މޫޑީސްއަށް ގަބޫލުކުރެވޭތީ ގެނައި ބަދަލެކެވެ. މީގެ ތެރޭގައި 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ރިޒާވް ބޭންކް އޮފް އިންޑިއާއަށް އަދާކުރުމާއި، 2026 ވަނަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިންވެސްޓުކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތަކަށް ފައިސާ ދައްކާ ހަލާސްކުރުމުގެ އިތުރުން، އެޕްރީލް 2026 އަށް މެޗުއަރވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުން ހިމެނެއެވެ.
ޚަބަރު 08 Oct 2026
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ )ހ(އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް މިއަދު އުފައްދަވައި، އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ޚަބަރު 08 Oct 2026
ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާ ވަލީދު
ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާ ވަލީދު
ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން، އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްދާ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 08 Oct 2026
ރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ޒިންމާތައް ފުރިހަމަކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤައުމީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ޕެރިސް އެގްރީމަންޓްގެ ދަށުން އެކުލަވާލަންޖެހޭ މި ރިޕޯޓަކީ، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ތައްޔާރުކުރާ ރިޕޯޓެކެވެ.
ޚަބަރު 08 Oct 2026