ހަތަރު ރަށެއްގެ އަލަށް އާބާދުވި ސަރަޙައްދުތަކަށް ފެނަކައިން ކަރަންޓުގެ ޚިދުމަތް ދީފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 23 Aug 2026

ރާއްޖޭގެ އެކި ރަށްރަށުގައި އަލަށް އާބާދުވަމުން އަންނަ ސަރަޙައްދުތަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ހަތަރު ރަށެއްގެ އަލަށް އާބާދުވި ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.

ރަށްރަށުން އަލަށް ދޫކުރާ ގޯތިތަކާއި ހިއްކާފައިވާ ސަރަޙައްދުތަކަށް ޔޫޓިލިޓީ ޚިދުމަތްތައް ލިބުން ލަސްވުމަކީ އަބަދުވެސް ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކަރަންޓުގެ ޚިދުމަތް ދީފައިވާ ހަތަރު ރަށަކީ ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ތ. ބުރުނި އަދި ތ. ތިމަރަފުއްޓެވެ.

ފެނަކައިން މަޢުލޫމާތު ދެއްވި ގޮތުގައި، ލ. ފޮނަދޫގެ އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަސައްކަތާއެކު އެ ސަރަޙައްދުގެ 80 ގޯއްޗަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ތ. ބުރުނީގެ އަލަށް އާބާދުވި ސަރަޙައްދުގެ 48 ގޯއްޗަކަށްވެސް މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.

ހަމައެއާއެކު، ނޮޅިވަރަންފަރާއި ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތްތައްވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. މި މަޝްރޫޢުގެ ދަށުން ނޮޅިވަރަންފަރުގައި 825 މީޓަރުގެ ލޯ-ވޯލްޓޭޖް ކޭބަލް ވަޅުލައި، 12 ޑިސްޓްރިބިއުޝަން ފޮށި ވަނީ ބަހައްޓާފައެވެ.

ފެނަކައިން އިތުރަށް ވިދާޅުވީ، ރ. މާކުރަތާއި އެ އަތޮޅު ވާދޫގެ އަލަށް އާބާދުވި ސަރަޙައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބާކީ ހުރި މަސައްކަތްތައް އަވަސްކޮށް، ދާއިމީ ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.

ކުންފުނީގެ މައިގަނޑު އަމާޒަކީ ރަށްރަށުގެ އަލަށް އާބާދުވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ވީހާވެސް އަވަހަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ފެނަކައިން ހާމަކުރެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ މާލީ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޚަބަރު 07 Oct 2026
ހުއްދަނެތި ބޭންކިންގ ޚިދުމަތްދީ، ޑޮލަރު ގަނެވިއްކާ މައްސަލައެއްގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި
ހުއްދަނެތި ބޭންކިންގ ޚިދުމަތްދީ، ޑޮލަރު ގަނެވިއްކާ މައްސަލައެއްގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި
ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމާއި، ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
ޚަބަރު 07 Oct 2026
ހުޅުމާލޭގެ ނުރައްކާތެރި އެކްސިޑެންޓް: 4 މީހެއްގެ ހާލު ސީރިއަސް، އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް!
ހުޅުމާލޭގެ ނުރައްކާތެރި އެކްސިޑެންޓް: 4 މީހެއްގެ ހާލު ސީރިއަސް، އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް!
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސް ކަމަށާއި، އެކްސިޑެންޓްވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެއްޖެއެވެ.
ޚަބަރު 07 Oct 2026
ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ޑރ. މުޢިއްޒު: މިނިސްޓަރ ސަޢީދު
ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ޑރ. މުޢިއްޒު: މިނިސްޓަރ ސަޢީދު
ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދުފުޅުތަކެއް އެއްކުރައްވައި ފޮތެއްގެ ސިފައިގައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޚަބަރު 07 Oct 2026