ނ. މާފަރު އެއަރޕޯޓުގައި މެނުއަލްކޮށް މޫސުން ބަލާ ސްޓޭޝަނެއް ގާއިމުކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 14 Jun 2026

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މެނުއަލްކޮށް މޫސުން ބަލާ ސްޓޭޝަނެއް ގާއިމުކޮށް، އެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ. މިއީ ރާއްޖޭގެ މޫސުމީ މައުލޫމާތުތައް އެއްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގާއިމުކުރި ސްޓޭޝަނެކެވެ.

މާފަރުގައި މި ހުޅުވުނު ސްޓޭޝަނަކީ ރާއްޖޭގައި ގާއިމުކުރެވުނު މިފަދަ 6 ވަނަ މެނުއަލް ސްޓޭޝަނެވެ. މީގެ ކުރިން މިފަދަ ސްޓޭޝަންތައް ގާއިމުކޮށްފައިވަނީ ހުޅުލެ، ހަނިމާދޫ، ކައްދޫ، ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައެވެ.

މާފަރު އެއަރޕޯޓަކީ ފަތުރުވެރިކަމުގެ މޫސުމުގައި ރާއްޖޭގެ އެންމެ ބާރުބޮޑު އެއް އެއަރޕޯޓަށް ވެފައި، ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް އޮޕަރޭޓްކުރާ ތަނަކަށް ވުމުން، މިއީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން މާފަރު އެއަރޕޯޓުގައި ބޭނުންކުރަމުން ދިޔައީ ހަމައެކަނި އޮޓޮމެޓިކް ވެދަރ ސްޓޭޝަނެކެވެ. އަދި މެނުއަލް މައުލޫމާތުތައް ހޯދުމަށް ބަރޯސާވާން ޖެހެނީ އެ ސަރަހައްދާ އެންމެ ކައިރީގައި އޮންނަ ހަނިމާދޫ އެއަރޕޯޓުގެ ސްޓޭޝަނަށެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި، ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ކޮންމެ ގަޑިއަކު މޫސުމީ ރިޕޯޓްތައް ބޭނުންވެއެވެ. އަދި ކުއްލިއަކަށް މޫސުމަށް އަންނަ ބަދަލުތައް ވަގުތުން ވަގުތަށް ޕައިލެޓުންނާއި އެއަރލައިންތަކަށް ފޯރުކޮށްދިނުމަކީ އޮޕަރޭޝަންތައް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މާފަރުގައި އާ ސްޓޭޝަނެއް ގާއިމުކުރުމުން، އެ ސަރަހައްދުގެ މޫސުން ކުރިއަށް ލަފާކުރުމާއި، ސައްހަ މައުލޫމާތު ވަގުތުން ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ވައިގެ ދަތުރުފަތުރުގެ އިތުރުން، މެޓް އޮފީހުން ދަނީ ރާއްޖޭގެ މަސްވެރިންނާއި، ކަނޑުދަތުރުކުރާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ބޭނުންވާ މޫސުމީ މައުލޫމާތާއި އިންޒާރުތައް 24 ގަޑިއިރު މޮނިޓަރކޮށް ފޯރުކޮށްދެމުންނެވެ. މި އާ ސްޓޭޝަނާއެކު މުޅި ރާއްޖޭގެ މޫސުމީ ނެޓްވޯކް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026