ޓްރޯމާ އިން ޕޮލިސިންގ ގެ ބައިވެރިން
ޓްރޯމާ އިން ޕޮލިސިންގ ގެ ބައިވެރިން

ޓްރޯމާ އިން ޕޮލިސިންގގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ސުޕަވައިޒަރީ ލެވެލްގެ މުވައްޒަފުންނަށް ޓްރޯމާ އިން ޕޮލިސިންގގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށް ހިންގައިފިއެވެ. 

ޓްރޯމާ އިން ޕޮލިސިންގގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 15 އަދި 16 ވަނަ ދުވަހުއެވެ. މި ވޯކްޝޮޕަކީ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން، ދަ ވައިބް އަދި އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީ ޖަމުއިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިސްނަގައިގެން ކުރިއަށޤ ގެނދިޔަ ވޯކްޝޮޕްއެކެވެ. އަދި މި ވޯކްޝްޕަކީ އެމީހުން ކުރިމަތިލާންޖެހޭ ނާޒުކު އަދި ބިރުވެރި ހާދިސާތަކުން ލިބިދާނެ ނަފުސާނީ ގޮންޖެހުންތަކާ ސާބިތުކަމާއެކު ކުރިމަތިލުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މީގެ އިތުރުން، ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހިތްނުތަނަވަސް ވެދާނެފަދަ އަދި ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރާ ގޮތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް، އެކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ގެންގޮސްފައިވާ ވޯކްޝޮޕެކެވެ. 

އެގޮތުން، ޓްރޯމާ އަދި ސްޓްރެސް އަކީ ކޮބައިކަން، ފުލުހުންނަށް ދިމާވާ ޓްރޯމާ އަދި އަޅާނުލައި ދޫކޮށްލެވިއްޖެނަމަ ކުރިމަތިވެދާނެ ކަންކަން، ޓްރޯމާގެ ސަބަބުން މީހާގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށްކުރާ އަސަރުތަކާއި އެކަމުން އަރައިގަތުމަށް ނުވަތަ އަމިއްލަ ނަފުސަށް އަޅައިލުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން ޓްރޯމާއާ ކުރިމަތިލާނެ ހުނަރުތައް ޓްރޯމާ އިން ޕޮލިސިންގ ގެތެރެއިން ދަސްކޮށްދީފައިވެއެވެ.

ހަމައެއާއި އެކު އިސްލާމީ ނަޒަރަކުން، ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި އީމާންތެރިކަމާއި ނަފުސާނީ ދުޅަހެޔޮކަމާ އޮންނަ ގުޅުމާ ބެހޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ.

މި ވޯކްޝޮޕުގައި މައުލޫމާތުދެއްވީ ސައިކޭޓްރިސްޓް ޑރ. މައުމޫން ޝަރީފް، އައްޝައިޚް އަހުމަދު ފަޙްމީ ދީދީ، ވިލާކޮލެޖްގެ ލެކްޗަރަރ އަދި ސައިކޮލޮޖިސްޓް އަޒްރާ އަބްދުލް ސައްތާރުގެ އިތުރުން އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީގެ ފެސިލިޓޭޓަރުންނާއި ދަ ވައިބް ޖަމުއިއްޔާގެ ފެސިލިޓޭޓަރުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026