ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް: ރާއްޖެއަށް 100 އިލެކްޓްރިކް 'ވޯޓަރ ޓެކްސީ' ގެންނަނީ

ރާއްޖޭގެ ރަށްތަކާއި، ރިސޯޓުތަކުގެ އިތުރުން އެއާޕޯޓްތަކާ ދެމެދު ކުރާ ދަތުރުތައް ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި، އެމެރިކާގެ "ނޭވިއަރ" ކުންފުނިން 100 އިލެކްޓްރިކް ވޯޓަރ ޓެކްސީ ރާއްޖެއަށް ތަޢާރަފްކުރަން ނިންމައިފިއެވެ.

ސެން ފްރެންސިސްކޯއަށް ނިސްބަތްވާ، ނާސާގެ ކުރީގެ ރިސާޗަރަކާއި އެމް.އައި.ޓީގެ އިންޖީނޭރެއް ކަމަށްވާ ސަމްޕްރިތީ ބަޓަޗާރިޔާ 2020 ވަނަ އަހަރު އުފެއްދި މި ކުންފުނިން ރާއްޖޭގެ ކަނޑުތަކުގައި މި އުޅަނދުތައް ދުއްވުމަށް ހަމަޖެހިފައިވަނީ "ކަނޑުމަތީގެ ލަގްޒަރީ ޓެކްސީ" ތަކެއްގެ ގޮތުގައެވެ.

މި ބިޔަ މަޝްރޫޢަކީ ދުބާއީގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ "ޖޭ.އައި.އެޗް ގްލޯބަލް" އާއި ނޭވިއަރ ކުންފުންޏާ ދެމެދު ވެވުނު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަޝްރޫޢެކެވެ. ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މި އުޅަނދުތައް ރާއްޖެއަށް ގެނެސް ނިންމުމަށް ހަމަޖެހިފައިވާއިރު، މިއީ މުޅި ދުނިޔޭގައިވެސް ކަނޑުމަތީގެ އިލެކްޓްރިކް ދަތުރުފަތުރުގެ ނިޒާމެއް މިހާ ބޮޑު މިނެއްގައި ޓެސްޓު ކުރެވޭ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި މި އުޅަނދުތައް އޮޕަރޭޓްކުރާނީ ރާއްޖޭގެ ޑިވެލޮޕަރެއް ކަމަށްވާ "ހަރިމް" އިންނެވެ.

ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ ނޭވިއަރ ކުންފުނީގެ އެންމެ ފަހުގެ "އެން30" މޮޑެލްގެ އުޅަނދުތަކެވެ. 30 ފޫޓު ދިގު މި އުޅަނދުތަކަކީ އަށް ފަސިންޖަރުންނާއި ޑްރައިވަރަކަށް ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. މި އުޅަނދުތަކުގައި ހަރުކޮށްފައިވާ ތިން "ކާބަން ފޮއިލް" ގެ އެހީގައި، ދުއްވާފައި ދާއިރު ލޮނުގަނޑުން ހަތަރު ފޫޓު މައްޗަށް އުޅަނދު ހިއްލިލައެވެ. މީގެ ސަބަބުން ކަނޑުގެ ރާޅުތަކުގެ ސަބަބުން ކުރާ އަސަރު ކުޑަވެ، ދަތުރުވެރިންނަށް ވަރަށް އޮމާން ދަތުރެއް ތަޖުރިބާކުރެވޭނެއެވެ.

މި އުޅަނދުގައި ހުންނަ ސެންސަރުތަކުން ކަނޑުގެ ރާޅު ހުރިގޮތް ދެނެގަނެ، އުޅަނދުގެ ފޮއިލްތަކަށް ސިކުންތަކު 50 ފަހަރު ބަދަލު ގެނެސްދެއެވެ. 90 ކިލޯވޮޓްގެ ދެ އިލެކްޓްރިކް މޮޓޯ ހުންނަ މި އުޅަނދުގެ އެންމެ ހަލުވި ދުވެއްޔަކީ 35 ނޮޓްސް އެވެ. އަދި މިއީ އާދައިގެ ތެޔޮ އަޅައިގެން ދުއްވާ ލޯންޗުފަހަރަށްވުރެ 10 ގުނަ އިގްތިސާދީ، ތިމާވެއްޓާ ރައްޓެހި އުޅަނދެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ނޭވިއަރ ކުންފުނިން މިހާރު ދަނީ 60 ފޫޓާއި 120 ފޫޓުގެ ބޮޑެތި އުޅަނދުތަކާއި، ދުރު ރާސްތާއަށް ދަތުރުކުރެވޭނެ ހައިބްރިޑް އުޅަނދުތައް ފަރުމާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ރާއްޖޭގައި ފަށާ މި މަޝްރޫޢުގެ ދަށުން، މިއަހަރުގެ ތެރޭގައި ފުރަތަމަ ފަސް އުޅަނދު ރާއްޖެއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އައު އުޅަނދުތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އާންމު ދަތުރުފަތުރުގެ ނިޒާމަށް ތިމާވެއްޓާ ރައްޓެހި، ޒަމާނީ އަދި ހިތްގައިމު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026