މެޑަމް ސާޖިދާ މުޙައްމަދު.
މެޑަމް ސާޖިދާ މުޙައްމަދު.

ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 11 Oct 2026

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހިތްވަރާއި، އުންމީދުތަކާއި އަދި އެކުދިންގެ ކިބައިގައިވާ ޤާބިލުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހާ ގުޅިގެން ފަސްޓް ލޭޑީ ދެއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، އަންހެން ކުދިންނަކީ މުޖުތަމަޢު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ، ލީޑަރުންނާއި، އާ އީޖާދުތައް އުފައްދާ އަދި ހެޔޮ ބަދަލުތައް ގެނެސްދޭ ބައެއް ކަމަށެވެ. އަދި އެކުދިންގެ އަޑާއި ހުނަރަކީ މުޖުތަމަޢު ބާރުވެރިކުރުވުމުގައި ނުހަނު އަގުހުރި އެއްޗެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަންހެން ކުދިން ބާރުވެރިކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން ބަދަލުވެގެންދަނީ ހަމައެކަނި އެކުދިންގެ އަމިއްލަ ދިރިއުޅުމެއް ނޫނެވެ. އޭގެ ބަދަލުގައި އެކުދިން އުފުލަނީ މުޅި ޤައުމުގެ މުސްތަޤުބަލެވެ،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ އަންހެން ކުދިންނާއި ޒުވާން އަންހެނުން ތަޢުލީމީ ދާއިރާއާއި، ޢާންމު ޚިދުމަތްތަކާއި، ވިޔަފާރިއާއި، ކުޅިވަރުގެ އިތުރުން މުޖުތަމަޢުގެ އިސް ސަފުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ. އަދި އެކުދިންގެ މި ކާމިޔާބީތަކަކީ ހަރުދަނާ އަދި ވިލުންވެރި ޤައުމެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބާރެއް ކަމަށް ވިދާޅުވެ، ޤައުމީ ތަރައްޤީގައި އަންހެން ކުދިން އަދާކުރާ ދައުރު ބަލައިގަތުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަސް ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އަންހެން ކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، ތަޢުލީމު އުނގެނުމާއި، އިސްނަގައިގެން މަސައްކަތްކުރުމުގެ ފުރުޞަތުތައް ފަހިކޮށްދީ، އެކުދިންގެ ފުރިހަމަ ޤާބިލުކަން ދެއްކުމަށް މަގުފަހިކޮށްދިނުމުގެ މުހިންމުކަން މުޅި ދުނިޔެއަށް ހަނދާންކޮށްދިނުމުގެ މަޤްޞަދުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، އެ ސައިކަލް ދުއްވި މީހާއަށް ފިޔަވަޅު އަޅައިފިއެވެ.
ޚަބަރު 11 Oct 2026
އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު
އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ފުރިހަމަ ކުރިއެރުން ހޯދައިދިނުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޚަބަރު 11 Oct 2026
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން، ކ. ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުން، އިސްރަށްވެހިންނަށް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭންޖެހޭ މުހިންމު ދާއިރާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 10 Oct 2026
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދިވެހިރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއަށް ބޭނުންވާ ސިޔާސަތުތަކާއި ޤާނޫނީ އިޞްލާޙުތައް ގެނައުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ޚަބަރު 10 Oct 2026