ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، އައު ޤާނޫނުއަސާސީގެ ދަށުން ޤާއިމުކުރެވުނު ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމުގެ ތެރޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ ކަމަށެވެ. އަދި މި ކާމިޔާބީއަށްޓަކައި ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޭނާ މަރުޙަބާ ދެންނެވިއެވެ. ރައީސް ޑރ. މުޢިއްޒު ވަނީ މާލެއާއި އަތޮޅުތަކުގައި ޕީއެންސީގެ މެންބަރުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕޭނެއް ކުރިއަށް ގެންދަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 7 ސިޔާސީ ޕާޓީގެ ތެރެއިން އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި ޕީއެންސީ އޮތްއިރު، އެމްޑީޕީގައި ތިބީ 55،399 މެންބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީގައި ތިބީ 10،401 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސިއްރު "އިންޤިލާބެއް" ގެންނަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ފަލާޙް ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ ހުރިހާ މެންބަރުންވެސް ތިއްބެވީ ރައީސް ޑރ. މުޢިއްޒާއެކު ސާބިތުކަމާއެކު ކަމަށެވެ. އަދި މަޖިލިސް މެންބަރުން ބައިބައިކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެފައިވާ ކަމަށާއި، މެންބަރުންގެ ފުރިހަމަ އިތުބާރު ރައީސަށް އެބައޮތް ކަމަށް ވިދާޅުވިއެވެ.

ފަލާޙް އިތުރަށް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުތަކާއެކު، 23 ރުފިޔާގައި ހުރި ޑޮލަރުގެ އަގު މިހާރު 19.80 ރުފިޔާއަށް ތިރިވެފައިވާ ކަމަށާއި، ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އިރު ހުރި މިންވަރަށް ޑޮލަރުގެ އަގު ވަރަށް އަވަހަށް ތިރިވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގެ ހިތްވަރު ހުރި ލީޑަރެއް ކަމަށް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ "ޒަމާނާ ނުގުޅޭ" (އައުޓްޑޭޓެޑް) ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ފަލާޙް ވިދާޅުވީ، ޤާނޫނު އިޞްލާޙު ކުރިޔަސް ޑޮލަރުގެ އަގު ތިރިނުވާނެ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެކަން ޙަޤީޤަތަކަށް ނުވި ކަމަށެވެ. އަދި ރައީސް ޔާމީނާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށްވެސް މިހާރު ހިނގަމުންދާ ކަންކަން ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާޙް ތުހުމަތު ކުރެއްވި ގޮތުގައި ޕީޕީއެމްގެ ވެރިކަމުގައި ހިންގި ބޮޑެތި ޚިޔާނާތްތަކުގެ "މާސްޓަރމައިންޑް" އަކީ ރައީސް ޔާމީނެވެ. ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑެތި ކޮރަޕްޝަން ހިންގީ އެ ވެރިކަމުގައި ކަމަށާއި، ގެއަށް ފައިސާ ބަސްތާތައް ވެެއްދި ކަމަށް ޚުދު ޔާމީން އިޢުތިރާފުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ 5 އަހަރުގެ ވެރިކަމުގައި ޔާމީން ހުންނެވީ ޖަލުގައި ކަމަށާއި، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިނުގެންނެވި ނަމަ މިއަދުވެސް ޔާމީން ހުންނަވާނީ ޖަލުގައި ކަމަށް ފަލާޙް ފާހަގަކުރެއްވިއެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ސިޔާސީ ލީޑަރުން ދޫކޮށްލުމަށް މިހާރުގެ މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެދިވަޑައިގަތުމުންވެސް ޔާމީން އެކަން ބައްލަވައިނުގަތް ކަމަށާއި، އެންޓި-ޑިފެކްޝަން ޤާނޫނު ހަދައިގެން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލީވެސް ޔާމީންގެ ވެރިކަމުގައި ކަމަށް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު މަޖިލިސް މެންބަރުންނަށް ކަންކަން ކުރަން ވަކި ގޮތަކަށް އަމުރު ނުކުރައްވާ ކަމަށާއި، މަޖިލީހުގެ މެންބަރުން ސަރުކާރާއެކު ދެމިތިބެނީ ޤައުމާއި ދާއިރާގެ ތަރައްޤީއަށްޓަކައި ކަމަށެވެ. އަދި ސަރުކާރު ވައްޓާލަން ރައީސް ޔާމީން ދައްކަވާ ވާހަކަތަކަށް ޖާގައެއް ނެތް ކަމަށާއި، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕް އޮތީ ސާބިތުކަމާއެކު ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ކަމަށް ފަލާޙް ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތައް ބަދަލުކޮށްފި
ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތައް ބަދަލުކޮށްފި
ޕާކިސްތާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމު ގުޅިގެން އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކާއި، މިހާރުވެސް ގުޅުން އޮތް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމެވެ.
ޚަބަރު 21 Oct 2026
ރައީސް މުއިއްޒު އަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ރައީސް މުއިއްޒު އަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި ވަނީ އަސްކަރީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު 21 Oct 2026
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައެްވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައެްވައިފި
ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ވަނީ ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފްގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހޫނު މަރުޙަބާއަކާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
ޚަބަރު 21 Oct 2026
ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއް
ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއް
މާލެ ސަރަޙައްދުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމުގައިވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވާހަކަދެކެވޭކަން ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވާ، އެ މަޝްރޫޢުގެ ޙަޤީޤަތްތައް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޙަޤީޤީ ކަންބޮޑުވުންތަކާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ތުހުމަތުތަކާ ދެމެދު ތަފާތެއްވާކަމުގައެވެ.
ޚަބަރު 21 Oct 2026