ރިޕޯޓް
ދިވެހި ފުޓްބޯޅައަށް ކުރެވޭ އިންވެސްޓްމަންޓް ބޮޑު – އުފެދޭ ކުޅުންތެރިން މަދުވެ، ޝައުޤާއި ފޯރިކުޑަވެ، ހޯދޭ ނަތީޖާވެސް ދަށް
ކުޅިވަރެއްގެ ގޮތުން ފުޓްބޯޅައަކީ ޢިލްމާއި، ހުނަރާއި، ތަޖުރިބާއާއި، ލޯތްބާއި، އެކުވެރިކަމާއި، އުފަލާއި، ހިތާމަޔާއި އަދި ރިވެތި އަޚްލާޤުން ވަށާޖެހިފައިވާ އިޖުތިމާޢީ ވަރުގަދަ ބޮޅެކެވެ. ދިވެހިންނަކީ ފުޓްބޯޅައާއި ހެދި ދަންޖެހޭ ބައެކެވެ. އެންމެ ގިނަ ދިވެހިން ކުޅޭ އަދި ބަލާހިތްވާ ކުޅިވަރަކަށް ވާނީވެސް ފުޓްބޯޅަކަން ޔަޤީނެވެ. އަވަށްޓެރި ސިލޯނުން ދަރިވަރުވެގެން ދިވެހިން ފުޓްބޯޅަ ކުޅޭތާ މިހާރު 74 އަހަރު ވީއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރަކީ ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (ޑައިމަންޑް ޖުބިލީ) އަހަރެވެ. ތާރީޚުން އެނގޭ ގޮތުގައި، ރާއްޖެއާއި ސްރީލަންކާގެ ފުޓްބޯޅައިގެ ގުޅުމުގެ ފެށުމަކީ 1950 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެންނެވި ސްރީލަންކާގެ ފުޓްބޯޅަ އިންސްޓްރަކްޓަރު މައިކަލް ޑި ސިލްވާ އެވެ. ރާއްޖޭގެ ކުރީގެ ރައީސް މަރްޙޫމް މުޙައްމަދު އަމީންގެ ދައުވަތަކަށް ވަޑައިގެންނެވި ޑިސިލްވާ މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ފުޓްބޯޅައިގެ އަސާސީ ތަމްރީންތައް ދެއްވިއެވެ. ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ސެޝަންތައްވެސް ނަންގަވައިދެއްވިއެވެ. އެ ބިންގަލުގެ މައްޗަށް ދިވެހި ފުޓްބޯޅަ ކުރިލާ ހެދެމުންއައީ ވަރަށް ބާރަށެވެ. ނަތީޖާއެއްގެ ގޮތުން 2000 ގެ އަހަރުތައް ފެށުނު ހިސާބުން، ފުޓްބޯޅަ ރޭހުގައި ރާއްޖެއިން ސްރީލަންކާ ފަހާލިއެވެ. އަދި އާބާދީ ކުޑަނަމަވެސް ސަރަޙައްދުގެ ފުޓްބޯޅައިގެ ބާރަކަށް ވެއްޖެއެވެ. ސަރުކާރާއި، ކުލަބުތަކާއި، އަދި ރައްޔިތުން އެންމެ ބޮޑު ޝައުޤަކާއި، އަހުމިއްޔަތުކަމެއް ދޭ ކުޅިވަރަށް ފުޓްބޯޅަ ވެއްޖެއެވެ.
13 Jul 2024
ކުޅިވަރު
އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ރަނގަޅު، އެކަމަކު ދަތުރުކުރާ މަގުތައް މުރާޖާކުރަންޖެހޭ.
ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން އެމް.ޓީ.ސީ.ސީ އާއި ޙަވާލުކުރައްވައިގެން ކުރިއަށްގެންދަވާ ''އާރް.ޓީ.އެލް ފެރީ'' ގެ ޚިދުމަތް ހއ. އަތޮޅުގައި ދެއްވަން ފެއްޓެވުމުން ރައްޔިތުން ނުހަނު ބޮޑަށް އުފާކޮށް ޝުކުރުވެރިކަމާއެކު ޚިދުމަތް ބަލައިގަނެއެވެ. ހއ. އަތޮޅަކީ ގުދުރަތީ ގޮތުން ދެ ބަޔަކަށް ބައިވެފައި އޮތް ރާއްޖޭގެ ނިސްބަތުން ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅެވެ. މި އަތޮޅުގެ ވެރިކަންކުރާ ރަށް ދިއްދޫ އޮންނަނީ އަތޮޅުގެ ދަށްބިތުގައެވެ. އިރެއްގައި އަތޮޅުގެ އެހެން ހުރިހާ ރަށަކުން ދިއްދޫއަށް ބަރޯސާވެފައި އޮތް މިންވަރަށް މިއަދު ބަރޯސާވާކަށް ނުޖެހެއެވެ. ކުރިން ޞިއްޙީ ފަރުވާ ހޯދުމަށް އަތޮޅު ހޮސްޕިޓަލަށް ދާންޖެހޭއިރު، މުވައްޒަފުންގެ މުސާރަކޮޅާއި ބަޖެޓް ފައިސާކޮޅު ނަގަން ދާންޖެހެނީވެސް ދިއްދޫއަށެވެ. ކަމާކަންފަށައި ވިޔަފާރިކަމުގައި ދިއްދޫއަށް ދާންނުޖެހުނަސް ހޮސްޕިޓަލަށް ނޫނީ ބޭންކަށް ދާ ދަތުރުތަކުގައި އަންނަނީ ހިސާބަކަށް ވިޔަފާރި ކޮށްގެންނެވެ. ކުރިން ދެންނެވިހެން އަތޮޅު ވެރިކަންކުރާ ރަށަށް ދާންޖެހޭލެއް މަދުވެއްޖެއެވެ. މައިގަނޑު ސަބަބަކީ އެންމެ ފުރިހަމަ ރަހަތަކާއެކު ނޫނަސް ޒަރޫރީ ބައެއް ޚިދުމަތްތައް އަތޮޅުގެ ހުރިހާ ރަށަކުން ލިބޭތީއެވެ.
13 Jul 2024
ރިޕޯޓް
ކުރީގެ ލިއުން