ޚަބަރު

ޚަބަރު

ދެމެހެއްޓެނިވި އަދި މާނަހުރި ގޮތެއްގައި ޤައުމުގެ ކަންކަން އިސްލާޙުކުރާކަމަށްވަންޏާ ވާހަކަދެކެވެންޖެހޭނީ ޙަޤީޤަތަށް: ރައީސުލްޖުމްހޫރިއްޔާ
ދެމެހެއްޓެނިވި އަދި މާނަހުރި ގޮތެއްގައި ޤައުމުގެ ކަންކަން އިސްލާޙުކުރާކަމަށްވަންޏާ ވާހަކަދެކެވެންޖެހޭނީ ޙަޤީޤަތަށް: ރައީސުލްޖުމްހޫރިއްޔާ
ޚަބަރު 27 Aug 2026
ރައީސް، ވ. ކެޔޮދޫ ޢަބްދުއްލަޠީފް ޙަސަންގެ އަވަހާރަވުމުގެ ހިތާމައިގައި ތަޢުޒިޔާ ދަންނަވައިފި
ރައީސް، ވ. ކެޔޮދޫ ޢަބްދުއްލަޠީފް ޙަސަންގެ އަވަހާރަވުމުގެ ހިތާމައިގައި ތަޢުޒިޔާ ދަންނަވައިފި
ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ފެލިދެ އަތޮޅު، ވ. ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކްސް ގައި ޕޯސްޓެއް ކުރައްވައި، މަރްޙޫމްގެ ޢާއިލާއަށާއި ފެލިދެ އަތޮޅުގެ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވައިފި އެވެ.
ޚަބަރު 27 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އާންމު ދިރިއުޅުމަށާއި މުދަލަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެމަނިކުފާނު ނުހަނު ހިތާމަކުރައްވާކަން ހާމަކުރެއްވިއެވެ.
ޚަބަރު 27 Aug 2026
ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި، ހިތްދަތިކަން ލިބުނު ޢާއިލާތަކަށް ކެތްތެރިކަމާއި، ތަސައްލީ މިންވަރު ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮދުޢާ އެ ޢާއިލާތަކާއެކު ވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ޚަބަރު 27 Aug 2026
ރައީސުލްޖުމްހޫރިއްޔާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްފާޟިލް ޝުޢައިބު ޔޫސުފް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޚަބަރު 27 Aug 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ ހޯމަ ދުވަހު ހަމަވަނީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ ހޯމަ ދުވަހު ހަމަވަނީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު، މި އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެ ކަމަށް ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ހާމަކޮށްފިއެވެ.
ޚަބަރު 27 Aug 2026
ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔައިފި
ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔައިފި
ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސީރިއަން ޢަރަބް ރިޕަބްލިކް (ސޫރިޔާ) އުނިކުރުމަށް އެމެރިކާގެ ސަރުކާރުން ނިންމި ނިންމުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.
ޚަބަރު 26 Aug 2026
އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި
އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ އެންމެ ފަހުގެ ހާލަތާ ގުޅޭގޮތުންނެވެ.
ޚަބަރު 26 Aug 2026
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރެއްވުމެވެ.
ޚަބަރު 25 Aug 2026
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ޚަބަރު 25 Aug 2026
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2026 ގައެވެ. އިމާރާތް ކުރިއަށްދަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގެ ކްލައިމެޓް އިންވެސްޓްމަންޓް ޕްރޮފައިލް ގްރީން ޓެކްނޮލޮޖީ ކުންފުނިތަކާ ހިއްސާކޮށްފި
ދިވެހިރާއްޖޭގެ ކްލައިމެޓް އިންވެސްޓްމަންޓް ޕްރޮފައިލް ގްރީން ޓެކްނޮލޮޖީ ކުންފުނިތަކާ ހިއްސާކޮށްފި
މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ "ސެމިނާ އޮން ގްރީން އެންޑް ލޯ-ކާބަން ޑިވެލޮޕްމަންޓް ފޯ މޯލްޑިވްސް" ގެ ތެރެއިން ކުރިއަށްދިޔަ އެންޓަޕްރައިޒް އެކްސްޗޭންޖް ސެޝަންގައެވެ. ދިވެހި ވަފުދުގެ ފަރާތުން މި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ސީނިއާ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރު އަޙްމަދު މަޢުސޫމެވެ.
ޚަބަރު 24 Aug 2026
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: މިނިސްޓަރ ސަޢީދު
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: މިނިސްޓަރ ސަޢީދު
ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ވަރަށް ބޮޑު ދަރަންޏެއް އޮތް ކަމަށާއި، ނަމަވެސް އިރާދަކުރެއްވިއްޔާ ސަރުކާރުން އެ ސުކޫކް ޕޭމަންޓް މިހާރު ދައްކައި ޚަލާޞްކޮށްފައިވާ ކަމަށެވެ.
ޚަބަރު 24 Aug 2026
މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 57 އިންސައްތަ ނިމިއްޖެ
މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 57 އިންސައްތަ ނިމިއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ(އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ ބޭރު ތޮށީގެ މަސައްކަތެވެ.
ޚަބަރު 24 Aug 2026
ވަޒީރު އެދިވަޑައިގަތީ ހުއްދަލިބިފަ އޮންނަ ތަންތަނުން އެމްއެމްއޭގެ ރޭޓުގައި ޑޮލަރު މާރުކުރުމަށް
ވަޒީރު އެދިވަޑައިގަތީ ހުއްދަލިބިފަ އޮންނަ ތަންތަނުން އެމްއެމްއޭގެ ރޭޓުގައި ޑޮލަރު މާރުކުރުމަށް
ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން މިވަގުތު މަސައްކަތްތަކެއް ކުރައްވަމުން އަންނައިރު މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ހުއްދަ ނުނަގައި އަދި ލައިސަންސެއް ނެތި ވަރަށް ގިނަ ފަރާތްތަކުން ރުފިޔާ މާރުކުރަމުންދާކަން ފާހަގަވަ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު 24 Aug 2026
ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު މުހިންމު: މާލީ ވަޒީރު
ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު މުހިންމު: މާލީ ވަޒީރު
ޚާރިޖީ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް )ސިޑްސް( ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލައިޒޭޝަނާއި، އާޓިފިޝަލް އިންޓެލިޖެންސް )އޭ.އައި( އާއި، އީ-ގަވަރނަންސް އަދި ފިންޓެކް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ މުޖުތަމަޢުތައް ގުޅުވައިދީ، ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދިނުމާއެކު އައު އިޤްތިޞާދީ ފުރުޞަތުތައް ތަނަވަސްކޮށްދޭނެ ވަސީލަތްތަކެކެވެ.
ޚަބަރު 24 Aug 2026
ތިލަފުށި ޕޯޓާއެކު މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ: މިނިސްޓަރ ސަޢީދު
ތިލަފުށި ޕޯޓާއެކު މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ: މިނިސްޓަރ ސަޢީދު
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މާލޭ ޕޯޓުގެ ޖާގައިގެ ދަތިކަން ކަމަށެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު 24 Aug 2026
ކުދި ޖަޒީރާ ޤައުމުތަކުގެ ބިން ހަލާކުވުމުގެ މައްސަލަތައް ހައްލުކުރުމަށް މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: މިނިސްޓަރ ޢަލީ ޝަރީފް
ކުދި ޖަޒީރާ ޤައުމުތަކުގެ ބިން ހަލާކުވުމުގެ މައްސަލަތައް ހައްލުކުރުމަށް މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: މިނިސްޓަރ ޢަލީ ޝަރީފް
އދ. ގެ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން )ޔޫ.އެން.ސީ.ސީ.ޑީ( ގެ ކޮޕް17 ގެ ހައި-ލެވެލް ސެގްމަންޓުގެ 'ފައިނޭންސް ޑޭ' ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ބިމަށް ލިބޭ ގެއްލުންތަކަކީ ހަމައެކަނި ހަނަފަސް ބިންތަކަށް ޚާއްޞަކޮށްފައިވާ އޮނިގަނޑުތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.
ޚަބަރު 24 Aug 2026
ޔޫ.އެން.ސީ.ސީ.ޑީ ކޮޕް-17 ގެ ހައިލެވެލް ސެގްމެންޓުގައި މިނިސްޓަރ ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފި
ޔޫ.އެން.ސީ.ސީ.ޑީ ކޮޕް-17 ގެ ހައިލެވެލް ސެގްމެންޓުގައި މިނިސްޓަރ ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފި
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮނަރަބަލް ޢަލީ ޝަރީފެވެ. މިނިސްޓަރުގެ އަރިހުގައި ޑިރެކްޓަރ އޮފް އެންވަޔަރަންމަންޓަލް ކޮންޒަވޭޝަން އަޙްމަދު ޝާން އަދި ސީނިއަރ ސަރވެޔަރ ޢާއިޝަތު އަލްހާން ޙަމީދު ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު 24 Aug 2026

Showing 261 to 280 of 1795 results