އަލީ ޝާހީން
ނޫސްވެރިއެއް
އަލީ ޝާހީން
އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ހޯދައިދިނުން - ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
19 Sep 2024
ހަބަރު
ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފި
ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށް ދެވިފައެވެ. އަދި އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާ އެމިނިސްޓްރީން ވަނީ މިއަދު ހަވާލުކޮށްފައެވެ.
19 Sep 2024
ހަބަރު
'ލޯތްބާއެކު'ގެ ނަމުގައި ޚާއްސަ ހަރަކާތެއް ބާއްވައިފި
މޯލްޑިވްސް ވިމެން އިން ޕޮލިސިންގއަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް 'ލޯތްބާއެކު'ގެ ނަމުގައި ބާއްވައިފިއެވެ.
18 Sep 2024
ހަބަރު
ސިންގަޕޫރުގެ ކުންފުންޏަކުން ރާއްޖޭގައި އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅައިފި
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމް އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ސިންގަޕޫރުގެ ޗީ އެނަރޖީ ކުންފުނިން ވަނީ ރާއްޖޭގައި އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅާފައެވެ.
18 Sep 2024
ހަބަރު
އައިޔޫއެމް ގައި 3 ބަހުރުވައިން މުޙާތަބުކުރާ ކޯލްސެންޓަރެއް ތަޢާރަފްކޮއްފި
އައިޔޫއެމް އިން ތަޢާރަތްކުރި މި ކޯލްސެންޓަރުގައި ދިވެހި، އިނގެރޭސި އަދި އަރަބި ބަހުން ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މަޢުލުމާތު ހޯދުމަށް ގުޅުއްވާ އެހެނިހެން ފަރާތްތަކަށް މުޙާތަބުކުރައްވާނެއެވެ.
16 Sep 2024
ހަބަރު
ވަޒީރު ޑރ އައިޝަތު ޝިހާމް ޔޫއެންއެފްޕީއޭ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރ ޕިއޯ އާއި ބައްދަލުކުރައްވައިފި
2024 އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިންގެ ހަވާސާގައި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ އައިޝަތު ޝިހާމް ޔޫއެންއެފްޕީއޭ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރ ޕިއޯ ސްމިތް އާއި ބައްދަލުކުރައްވައިފި އެވެ.
15 Sep 2024
ހަބަރު
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓާ، ހިދާޔަތު ފެތުރުމަކީ ރައީސްގެ އަމާޒެއް - ޝަހީމް
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓާ، އިސްލާމީ ހިދާޔަތު ފެތުރުއްވުމާއި އެކަންކަމުގައި އެހީތެރިވެދެެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
15 Sep 2024
ހަބަރު
ބޭނުން ނުކުރާ ކަރަންޓަށް ބިލު ނުކުރާނެ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ދީފި
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުވައްޒަފުން ކުރަމުންދާ އިހުލާސްތެރި މަސައްކަތް ކަމަށެވެ. 24 ގަޑިއިރު މެދު ނުކެނޑި ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދަނީ އިހުލާސްތެރި މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ސްޓެލްކޯ އިން މި ބަޔާން ނެރެފައިވަނީ އެކުންފުންއް ވަރަށްބޮޑާށް ފާދޫކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
15 Sep 2024
ހަބަރު
އައްޑޫސިޓީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އިކޮނޮމިކް މިނިސްޓަރ ބައްދަލު ކުރައްވައިފި
އައްޑޫސިޓީގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެެއްވުމުގައި އައްޑޫ ސިޓީ ހިމެނޭ ސަރަޙައްދުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި އެކަންކަން ޙައްލު ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު މަޝްވަރާ ކުރައްވައި ވިޔަފާރިވެރިންގެ އެކިއެކި ސުވާލުތަކަށް ވަޒީރުވަނީ ޖަވާބު ދެއްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގައި އެ ސަރަޙައްދުގެ ވިޔަފާރިވެރިންގެ ދައުރު ފުޅާކޮށް ކުރިއަރުންވަން ބޭނުންވާ ކަންތައްތައްވެސް ބައްދަލުވުމުގެ ބައިވެރިން ވަޒީރާ ޙިއްސާ ކުރެއްވިއެވެ.
14 Sep 2024
ހަބަރު
ދިވެހި ޓިކްޓޮކް ކޮމިއުނިޓީ އަދި ދިވެހިން ގުޅިގެން ޔާމްބެ އަށް 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފި
މިސްޓަރ މޯލްޑިވްސް މުހައްޔަދު ޔާމީން (ޔާމްބެ) ގެ ކިޑްނީ ބައްޔަށް އެހީގެ ގޮތުގައި ދިވެހި ޓިކްޓޮކް ކޮމިއުނިޓީ އަދި ދިވެހިން ގުޅިގެން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.
07 Sep 2024
ހަބަރު
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން، އުޅަނދުތައް ދައްކާލުމުގެ ހާއްސަ ހަރަކާތެއް މިއަދު ހުޅުމާލޭގައި
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން، ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ހާއްސަ ހަރަކާތެއް މިއަދު ހުޅުމާލޭގައި ކުރިއަށްދާނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
07 Sep 2024
ހަބަރު
މޯލްޑިވްސް އެކްސްޕޯ 2025 ގެ ވާދަކުރުމަށް ހުޅުވާލާބައިގެ އުޞޫލު އާންމުކޮށްފި
އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން އިންތިޒާމުކޮށްގެން އަންނަ އަހަރުގެ މެއިމަހުގެ 23 އިން 31 އަށް ހުޅުމާލޭގައި ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" (މޯލްޑިވްސް އެކްސްޕޯ 2025)ގެ ވާދަކުރުމަށް ހުޅުވާލާބައިގެ އުޞޫލު އާންމުކޮށްފިއެވެ.
07 Sep 2024
ހަބަރު
ގެއެއްގެ ތެރެއަށް ފެންލައިޓުން ވަދެ، ވަޅިން ބިރުދައްކައިގެން ފޭރިއްޖެ!
މާލޭގެ ގެއެއްގެ ތެރޭގައި މީހުން ނިދަން ތިއްބައި ފާޚާނާ ފެންލައިޓުން ވަދެ، ވަޅިން ބިރުދައްކައިގެން ފޭރިއްޖެއެވެ.
05 Sep 2024
ހަބަރު
ހޯރަފުށި ގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ގެ ބަލާ ފާސް ކުރަނީ
ހއ.ހޯރަފުށީގައި ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މީހެއްގެ ގެ ބަލާ ފާސްކުރަން ފަށައިފިއެވެ.
03 Sep 2024
ހަބަރު
ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ ބަލަނީ
03 Sep 2024
ހަބަރު
ރާއްޖޭގެ އައު ފޮރިން އިންވެސްޓްމެންޓް ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި
ރާއްޖޭގެ އައު ފޮރިން އިންވެސްޓްމެންޓް ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައި، ގެޒެޓް ކުރައްވައިފިއެވެ.
03 Sep 2024
ހަބަރު
އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާއި އެގްރޯނެޓް ކޯޕަރޭޝަން އުވައިލަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
03 Sep 2024
ހަބަރު
އައި.ޔޫ.ސީ.އެން އިން އިންތިޒާމުކުރި އާރު.ސީ.އެފް 2024 އޭޝިއާ ފޯރަމްގައި މިނިސްޓަރ ތާރިޤް ބައިވެރިވެވަޑައިގެންފި
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ، އޮނަރަބަލް ތާރިޤް އިބްރާހީމް، އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އިން އިންތިޒާމުކޮށްގެން ބޭއްވި އާރު.ސީ.އެފް 2024 އޭޝިއާ ފޯރަމްގައި ބައިވެރިވެވަޑައިގެންފިއެވެ.
03 Sep 2024
ހަބަރު
ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށްޓަކައި "އިންވެސްޓަރ ވިސާ" ގެ ނަމުގައި ހާއްސަ ވިސާއެއް!
ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށްޓަކައި "އިންވެސްޓަރ ވިސާ" ގެ ނަމުގައި ހާއްސަ ވިސާއެއް ތައާރަފް ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ވިޝަންއެއްކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
03 Sep 2024
ހަބަރު
ވޯލްޑް ބޭންކުގެ ޓެކްނިކަލް މިޝަން ރާއްޖޭގައި މަސައްކަތް ފަށައިފި
ރާއްޖޭގެ ތިމާވެށި ސާފުކޮށް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ބެލުމަށް ވޯލްޑް ބޭންކުގެ ޓެކްނިކަލް މިޝަނެއް ރާއްޖެ އައިސް މަސައްކަތް ފަށައިފިއެވެ.
03 Sep 2024
ހަބަރު
އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އަތުހަރު މަރުވެއްޖެ
އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަތުހަރަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.
02 Sep 2024
ހަބަރު
ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފި
ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށް މިދިޔަ ބުދަ ދުވަހު ހިންގި ޚާއްޞަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
01 Sep 2024
ހަބަރު
އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުން - ވަޒީރު
މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒެއްކަމަށް ވަޒީރު ޑރ. މުޣައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްްޖެއެެވެ.
01 Sep 2024
ހަބަރު
ޗައިނާގެ ޓިއަންޖިން ޔުނިވާސިޓީ އާއި އެމްއެންޔޫ އިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮއްފި
ޗައިނާގެ ޓިއަންޖިން ޔުނިވާސިޓީގެ އިސްބޭފުޅުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އަށް ޒިޔާރަތްކުރައްވައި، މަޝްވަރާ ބައްދަލުވުމެއްބާއްވައިފިއެވެ
29 Aug 2024
ހަބަރު
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ނިންމެވި ނިންމުމަށް ޢަމަލު ނުކުރަން ނިންމަވައިފި
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ނިންމެވި ނިންމުމަށް ޢަމަލު ނުކުރަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
29 Aug 2024
ހަބަރު
ސްޓެލްކޯ ކޯލް ސެންޓަރުގެ ހިދުމަތްދޭން ފަށައިފި ، ނަންބަރަކީ 1545
މިކަމާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވިއޮތް ކޯލް ސެންޓަރުގެ މަސައްކަތް ނިންމާ، މާތްﷲގެ ހެޔޮ ރަޙުމަތްފުޅާއެކު މިއަދު މި ވަނީ ބޭނުން ކުރަން ފަށާފައިކަމަށެވެ.
28 Aug 2024
ހަބަރު
ސަރުކާރަށް ނުވަ މަސް ، ވެ ވަޑައިގެން ހުރިހާ ވައުދެއް ރައީސް ގެންދަވަނީ ފުއްދަވަމުން - އަބްދުއްރަހީމް
މި ސަރުކާރަށް ނުވަ މަސް ފުރިފައިވާއިރު އެ މުއްދަތުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވެ ވަޑައިގެން ހުރިހާ ވައުދެއް ރައީސް ގެންދަވަނީ ފުއްދަވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
28 Aug 2024
ހަބަރު
އަނެއްކާވެސް ޢީދު މިސްކިތުން ވައްކަންކޮށްފި!
ޢީދު މިސްކިތު ފަންކާތަކުގެ ނަރުތަކާއި، ބޮކިތަކެއް ވަގަށް ނަގައިފިއެވެ.
28 Aug 2024
ހަބަރު
ރައީސް މުޢިއްޒަކީ ރިޝްވަތު ދީގެން މެންބަރުން ގަންނަން އުޅުއްވާ ބޭފުޅެއް ނޫން - އަބްދުއްރަހީމް
މިރޭ ސަންގުޓީވީގައި އަބުދުއްރަހީމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް މުޢިއްޒަކީ ރިޝްވަތު ދީގެން މެންބަރުން ގަންނަން އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އަދި އޭގެ ބަދަލުގައި ރައްޔިތުންގެ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން 75 މެންބަރުން އެމަނިކުފާނަށްޓަކައި ރައްޔިތުން ހޮއްވަވައިދެއްވުމުން އެކަން ސާބިތުވާކަމަށެވެ.
27 Aug 2024
ހަބަރު
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކުރުމަށް ހާއްސަ ޖަލްސާއެއް ބާއްވަނީ
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކުރުމަށް ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.
27 Aug 2024
ހަބަރު