އަލީ ޝާހީން
ނޫސްވެރިއެއް
އަލީ ޝާހީން
ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ މީހެއްކަން ކަށަވަރުކުރާނަން - އިޙްސާން
ޔުނީފޯމް އަޅައިގެން ޚިދުމަތްދޭ ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ މީހެއްކަން ކަށަވަރުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
18 Jul 2024
ހަބަރު
ޔޫއެންއޯޑީސީން ދިވެހި ސަރުކާރަށް ޑްރޯންތަކެއް ހަދިޔާކޮށްފި
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމަށް، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ސަރުކާރަށް ހަދިޔާކޮށްފިއެވެ.
18 Jul 2024
ހަބަރު
އައްޑޫ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެގެން ފަރުވާދެނީ
އައްޑުގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވުމުގެ ސަބަބުން އެރަށު އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާއިފިއެވެ.
17 Jul 2024
ހަބަރު
ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެއްކޮށްލަން ތާއީދު، 130 މިލިއަން ރުފިޔާ ސަލާމަތްވާނެ - އީސީ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެއްކޮށްލަން ތާއީދުކަމަށާއި އަދި އެކަމުގެ ސަބަބުން 130 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އީސީން ބުނެފިއެވެ.
17 Jul 2024
ހަބަރު
"ޓްރޯމާ އިން ޕޮލިސިންގ"ގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި
"ޓްރޯމާ އިން ޕޮލިސިންގ"ގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 15 އަދި 16 ވަނަ ދުވަހުއެވެ. މި ވޯކްޝޮޕަކީ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން، ދަ ވައިބް އަދި އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީ ޖަމުއިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
17 Jul 2024
ހަބަރު
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބް އުނިކުރަން ހުށަހަޅައިފި
ބަންޑާރަ ނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލު ކުރުމަށް އެ ގާނޫނަށް އިސްލާހް ހުށާހަޅާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފްއެވެ.
17 Jul 2024
ހަބަރު
ވެތުވެދިޔަ މަސްތަކުގައި ކަރަންޓް ބިލްތައް ބޮޑުވެފައިވާތި މަޖިލީހަށް ކުއްލި މައްސަލައެއް
މުހައްމަދު އިބްރާހިމް މަޖިލީހައް ހުށަހެލި ކުއްލި މައްސަލައިގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން ކަރަންޓް ފޯރުކޮށްދެމުންދާ މައި ދެކުންފުނިކަމަށްވާ ސްޓެލްކޯ އަދި ފެނަކައިން ކަރަންޓަށް ކުރަމުން ދިޔަ ބިލްތައް ނިމިދިޔަ މަހާއި އަދި ވޭތުވެދިޔަ މަސްތަކުގައި އިންތިހާ އަށް ބޮޑުވެފައިވާތީ ސަރުކާރުން އެކަން ތަހުގީގު ކުރުމަށް ގޮވާލާކަމަށެވެ.
17 Jul 2024
ހަބަރު
ތަމްރީނަށް 20 އިމާމުން ބުރޫނާއީ އަށް ފުރައިފި
ރާއްޖޭގެ އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން 20 އިމާމުން ރޭ ބުރުނާއީ އަށް ފުރައިފިއެވެ.
17 Jul 2024
ހަބަރު
ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ، އުތުރުގެ އަތޮޅުތަކަށޤ ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާ ހަމައަށެވެ.
17 Jul 2024
ހަބަރު
އެއާޕޯޓްގެ ސަލާމަތީ ކަންކަން ވުރުގަދަކުރުމަށް ޗެކްޕޯސްޓެއް ހުޅުވައިފި
އެއާޕޯޓްގެ ސަލާމަތީ ކަންކަން ވުރުގަދަކުރުމަށް ޗެކްޕޯސްޓެއް އިއްޔެ ހުޅުވައިފިވާއިރު މިޕޯސްޓް ހުޅުވާފައިވަނީ ވެލާނަ އިންޓާނޭޝަނަލް އެއާޕޯޓުގެ އިރުމަތީ ފަރާތުގައެވެ. މި ޕޯސްޓް ހުޅުވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބުރާހިމް ޝަރީފް މުހައްމަދުއެވެ.
17 Jul 2024
ހަބަރު
ހާފިޒުންގެ އިނާޔަތް ދެ ގުނަ ބޮޑު ކުރާނަން - ރައީސް
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ޖަލްސާ​ގައި ރޭ ވާހަަކަފުޅު ދައްކަވަަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުން ކަމަށާއި އަދި ސަރުކާރުން އެކަމަށް ހާއްސަ ހޭދައެއް ކުރުނާނެ ކަމަށެވެ.
17 Jul 2024
ހަބަރު
ބޯކޮށްް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި
މޫސުމާއި ބެހޭ ގައުމީ އިދާރާ [މެޓް] އޮފިހުން ބުނީ ނ އިން ފެށިގެން ޅ އަތޮޅަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި އެއިދާރާއިން ހާމަކުރިގޮތުގައި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކުރެއެވެ.
16 Jul 2024
ހަބަރު
ވިޔަފާރިވެރިންގެ މިސްކިތުން ފެންކޭސްތަކެއް ވަގަށް ނަގައިފި
މާލެ ވިޔަފާރިވެރިންގެ މިސްކިތުން ފެންކޭސްތަކެއް ވަގަށް ނަގާފައިވާކަމަށް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އިއްޔެގެ ވަްގުތެއްގައި ވިޔަފާރިވެރިންގެ މިސްކިތުން ފެންކޭސްތަކެއް ވަގަށް ނެގި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.
16 Jul 2024
ހަބަރު
ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދިނީ ފެންޝަން ނިޒާމު ބަދަލުކުރުމަށް
ދެކުނު އޭޝިއާގެ ގައުމުތަކާ ބެހޭގޮތުން "ރީތިންކިން ސޯޝަލް ޕްރޮޓެކްޝަން އިން ސައުތު އޭޝިއާ: ޓްވާޑްސް ޕްރޮގްރެސިވް އުނިވާސަލިޒަމް" ގެ ނަމުގައި މި މަހު ނެރެފައިވާ ތަފްސީލީ ރިޕޯޓެއްގައި ވޯލްޑު ބޭންކުން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރާ ހަމަޔަށް މުޅި ދެކުނު އޭޝިއާގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ނިސްބަތުން އެންމެ ބޮޑުވާނީ ރާއްޖޭގައެވެ.
16 Jul 2024
ހަބަރު
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހހަކު ހޯދަނީ
ފުލުހުން ވިދާޅުވީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ކޮށްފައިވާ ކަމަށެވެ.
16 Jul 2024
ހަބަރު
ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު މިރޭ
ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
16 Jul 2024
ހަބަރު
"ސްޓެލްކޯ ނޮލެޖް ހަބް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހްކޮށްފި
"ސްޓެލްކޯ ނޮލެޖް ހަބް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހްކޮށްދީފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމިއެވެ.
15 Jul 2024
ހަބަރު
ޔޫ.އެސް.އޭ.އައި.ޑީގެ މިޝަން ޑިރެކްޓަރ، މިނިސްޓަރ ތާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ތާރިޤް އިބްރާހީމްއާ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) ގެ މިޝަން ޑިރެކްޓަރ ގެބްރިއެލް ގްރައު އާއި ބައްދަލު ކުރަށްވާފައިވަނީ މިއަދުއެވެ.
15 Jul 2024
ހަބަރު
ރައީސް މުއިއްޒު، ނޭޕާލްގެ އާ ބޮޑިވަޒީރަށް މަރުހަބާ ވިދާޅުވެއްޖެ
ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖެ އާއި ނޭޕަލް އަކީ ރައްޔިތުންނާ ގާތް ގުޅުން ބާއްވާ ދެ ގައުމު ކަމަށާއި ދެ ގައުމުގެ ދެމުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައެވެ. އަދި ރައީސް ވަނީ ޝަރްމާ އޮލީއަށް މަރުހަބާ ދަންނަވާފައެވެ.
15 Jul 2024
ހަބަރު
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
އޭނާ ކޯޓަށް ހާޒިރުކުރަން އަންގާފައިވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީއެވެ.
15 Jul 2024
ހަބަރު
ޒަކާތު ފަންޑުން ޖޫން މަހު 107 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި
މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ޖޫން މަހު ޒަކާތު ފަންޑުން 107 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
15 Jul 2024
ހަބަރު
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ ކޮމެޓީ މަސައްކަތަށް ޖާގަ ދިނުމުގެ ގޮތުން - އަބްދުއްރަހީމް
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލާފައިވަނީ މަޖިލީހުގެ ކޮމެޓީގެ މަސައްކަތަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.
15 Jul 2024
ހަބަރު
މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ފައިނަލް ލިސްޓު ޢާންމުކޮށްފިއެވެ. މި ލިސްޓުގައި ޖުމްލަ 50 ފަރާތް ހިމެނިފައިވެއެވެ.
15 Jul 2024
ހަބަރު
ޒިފްލީނާ ފްލެޓް ގަތް މައްސަލަ ބަލަން އޭސީސީއަށް ފޮނުވައިފި
ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ހުޅުމާލެ އިން ގަނެފައިވަނީ 3.5 މިލިއަން ރުފިޔާގެ ފްލެޓެކެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި ޒިފްލީނާ ފްލެޓް ގަތް މައްސަލަ ފުލުހުންގެ ހިދުމަތުން އޭސީސީއަށް ހުށަހަޅައިފައިވެއެވެ.
14 Jul 2024
ހަބަރު
މީޑިއާ މައުރަޒެއް ބާއްވަވާން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފި
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މީޑިއާ މައުރަޒު ބާއްވަން ނިންމަވާފައިވަނީ މިމަހު 21 ވަނަ ދުވަހުއެވެ. އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި މައުރަޒް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
14 Jul 2024
ހަބަރު
ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ބަލައިގެންނެވުމަށް އައި.ސީ.ޖޭ. ގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވައިފި
އެޓާރނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ބަލައިގެންނެވުމަށް އައި.ސީ.ޖޭ. ގެ ފަނޑިޔާރުންގެ އިއްތިފާޤުން 3 ޖުލައި 2024 ގައި ވަނީ ނިންމަވާފައިކަމަށެވެ.
14 Jul 2024
ހަބަރު
ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް އެއްވެސް ބަޔަކު ހިޔާނާތްތެރިވެފައި ވާނަމަ އެމައްސަލަ ބަލާނަން - އިހުސާން
ފުލުހުންނާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒާރާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާލުވީ ދައުލަތުގެ އެއްވެސް އެސެޓަކަށް ނުވަތަ މުދަލާއި ފައިސާއަށް އެއްވެސް ސަރުކާރަކުން ނުވަތަ އެއްވެސް ފަރާތަކުން ޣައްދާރުވެފައިވާނަމަ އެ މައްސަލަ ބަލާނެ ކަމަށެވެ. އަދި އެކަންކަމުގައި ވަކި ބަޔަކު އިސްތިސްނާ ނުކުރާން ކަމަށް އިހުސާން ވިދާޅުވިއެވެ.
14 Jul 2024
ހަބަރު
އެމްއެމްޕީއާރްސީގެ ޗެއާޕާސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި
މި ނިންމުން ނިންމާ އެމަގާމަށް ގިޔާސް އައްޔަން ކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ. ގިޔާސްއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސްކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި އޭނާވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހޯއްދަވާފައިކަން ފާހަގަކޮށްލެވެއެވެ.
14 Jul 2024
ހަބަރު
ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރުން އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި
އެވުޒާރާއިން އެކަމާގުޅޭގޮތުން މަޝވަރާ ކޮށްފައިވަނީ އެވުޒާރާއިން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިންނެވެ. އަދި މި މަޝްވަރާތަކަކީ ދިމާވާ ދަތިތަކަށޤ އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
14 Jul 2024
ހަބަރު
މާރަންދޫ ކައުންސިލްގެ ނައިބުރައީސް ކުއްލިގޮތަކަށް އަވަހާރަވެއްޖެ
ރަމީޒު ކުއްލި ގޮތަކަށް އަވަހާރަވީ އެރަށުގައި އެކުވެރި ކަމުގެ ފުޓްބޯޅަށް މެޗެއް ކުޅެމުން ދަނިކޮށް ހާލު ދެރަވެގެންކަމަށް މާރަންދޫ ކައުންސިލުން މައުލޫމާތުދެއެވެ.
13 Jul 2024
ހަބަރު