ބީއެމްއެލް އެޕް ބޭނުން ކުރުމުގައި މައްސަލަތަކެއް ދިމާވެއްޖެ
ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް ބޭންކިން އެޕް ބޭނުން ކުރުމުގައި މައްސަލަތަކެއް އުޅެކަމަށް ގިނަބަޔަކު ސޯޝިއަލް މީޑިއާ ގައި އެކަން ހިއްސާ ކުރަން ފަށައިފިއެވެ. އެއްބަޔަކަށް އެޕް މެދުވެރިކޮށް ރުފިޔާ ޓްރާންސްފާ ނުކުރެވޭއިރު އަނެއްބަޔަކަށް އެޕަށް ނުވަދެވެއެވެ. ސޯޝިއަލް މީޑިއާގައި އާންމުން ކޮށްފައިވާ ޕޯސްޓް ތަކުން ހާމަވާގޮތުގައި ބައެއް މީހުންގެ އެކައުންޓަށް ވަދެވުނު ނަމަވެސް އެކައުންޓުގައި ފައިސާ ހުރިކަމަކަށް ނުދައްކައެވެ. އަދި ބައެއްމީހުންގެ ފައިސާ ހުރި ކަމަށް ދެއްކި ނަމަވެސް ރުފިޔާ ޓްރާންސްފާ ނުކުރެވެއެވެ.
Showing 1135 to 1144 of 1144 results