ތިން ޕާޓީއެއް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓު ހުށަނާޅާތީ ސިޔާސީ ތިން ޕާޓީއެއް 50،000 ރުފިޔާއިން އިލެކްޝަން ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފިއެވެ. އީސީން ޖޫރިމަނާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް)ގެ ޕާޓީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕާޓީ ދަ ޑިމޮކްރެޓްސްއެވެ.
Showing 1114 to 1134 of 1145 results