އައިޝަތު ޝިއުރާ
ޖާނަލިސްޓް
އައިޝަތު ޝިއުރާ
ށ. އަތޮޅުގައި އިބަމަ ތަމްރީނު ޕްރޮގްރާމް ފަށައިފި
ށ.އަތޮޅު ކައުންސިލުގެ އިސްނެގުމާއެކު މި ވުޒާރާއިން ށ.އަތޮޅުގެ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުންނަށް އަމާޒުކޮށް 16 ޖުލައި އިން 22 ޖުލައި އަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ.
17 Jul 2024
ހަބަރު
އަޔަރލޭންޑު ސަފީރު، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ޒިޔާރަތް ކުރައްވައިފި
މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުﷲ ނަޒީރު އަދި ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ ބައިވެރިވަޑައިގެންނެވިއެވެ. އަދި އަޔަލޭންޑް އެންބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ އެންބަސީގެ ސަފީރު، ހިޒް އެކްސެލެންސީ، ކެވިން ކެލީއެވެ.
17 Jul 2024
ހަބަރު
ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން މާލިއްޔަތު ކޮމިޓީން ނިންމައިފި
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
17 Jul 2024
ހަބަރު
ނޭޕާލްގެ އާ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖް ފޮނުއްވައިފި
ނޭޕާލްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޑޮކްޓަރ އާރުޒޫ ރަނާ ޑުއުބާ ޢައްޔަން ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
17 Jul 2024
ހަބަރު
"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ހައްލުކުރާނެ ގޮތުގެ މަޝްވަރާކޮށްފި
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި މަޝްވަރާކޮށްފިއެވެ.
17 Jul 2024
ހަބަރު
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި ޖުލައި މަހުގެ 15 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 278 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ސައިޒު ކޮތަޅެއް ފެނިފައިވެއެވެ.
17 Jul 2024
ހަބަރު
ޤުރުއާން ކިޔެވުމުގެ މުބާރާތަކީ އެންމެ ހައިބަތު ބޮޑު މުބާރާތަށް ހަދާނަން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
17 Jul 2024
ހަބަރު
އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށްހުރި ގްރެފިޓީތައް ނައްތާލުމުގެ ހަރަކާތެއް ފަށައިފި
ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަގެ ތެރެއިން، މާލޭސިޓީގެ އެކި ސަރަހައްދުތަކުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ލިޔެފައި ހުރި ގްރެފިޓީތައް ނައްތާލުމުގެ ހަރަކާތެއް ފަށައިފިއެވެ.
16 Jul 2024
ހަބަރު
ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ރީތިގަސްމަގުން އޭނާ ދުއްވާފައިދިޔަ ވޭން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އޭނާއާ މެދު ތުހުމަތު ކުރެވިގެން އެ ވޭން ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރަލާއި 13 ފުޅި ބަނގުރާ ފެނިފައިވެއެވެ.
16 Jul 2024
ހަބަރު
ގަވަރުނަރު މިއަދުވެސް ކޮމިޓީއަށް ހާޒިރުނުވޭ
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް އެމައްސަލަ ފަށަން ތާވަލުކޮށްފައި އޮތް މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށްވެސް ވަޑައިނުގެންނެވޭކަން އަންގަވައިފިއެވެ.
16 Jul 2024
ހަބަރު
ލާމަރުކަޒީ ޤާނުނަށް އިޞްލާޙު ހުށައެޅުމަށް ޤައުމީ ޔުނިވާރސިޓީން ހަދާ ދިރާސާ އޯގަސްޓްމަހު ނިމޭނެ: މިނިސްޓަރ
ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ހުށައެޅުމަށް ޤައުމީ ޔުނިވާރސިޓީން ހަދާ ދިރާސާ ރިޕޯރޓް އަންނަ އޯގަސްޓްމަހުގެ މެދުތެރެ ހިސާބުގައި ނިމޭނެ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
16 Jul 2024
ހަބަރު
ކޯޓަށް ހާޒިރުކުރަން އުޅުނު މީހަކަށް އަނިޔާވި މައްސަލައެެއް ބަލަނީ
ކޯޓަށް ހާޒިރުކުރަން އުޅުނު މީހަކަށް އަނިޔާވި މައްސަލައެެއް ބަލަން ފަށައިފިއެވެ.
16 Jul 2024
ހަބަރު
ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދައިދިނުމަށް މަޝްވަރާކޮށްފި
ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދާދިނުމަށް މަޝްވަރާކޮށްފިއެވެ.
16 Jul 2024
ހަބަރު
ދެ ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. މިލަންދުއާއި ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
16 Jul 2024
ހަބަރު
ފެނަކައިގެ މިދިޔަ މެނޭޖްމަންޓާއި ގުޅޭގޮތުން އާދަޔާ ޚިލާފަށް ގިނައިން މައްސަލަތައް ހުށަހެޅިފައިވޭ: އޭސީސީ
ފެނަކައިގެ މިދިޔަ މެނޭޖްމަންޓާއި ގުޅޭގޮތުން އާދަޔާ ޚިލާފަށް ގިނައިން މައްސަލަތައް ހުށަހެޅިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލު ވިދާޅުވެއްޖެއެވެ.
15 Jul 2024
ހަބަރު
މަސައްކަތްކުރަމުން އަންނަނީ އައްޑޫ ބްރިޖަށް ބޭނުންވާ ފައިސާ ހޯދަން: މިނިސްޓަރ
އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރުއޫ ނުހުއްޓޭ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ މަޝްރުއޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
15 Jul 2024
ހަބަރު
އަޔަލެންޑް އާއި ޗިލޭގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
15 Jul 2024
ހަބަރު
އާލާސްކަންފުޅާ އުޅުއްވާތީ ގަވަރުނަރު ކޮމިޓީއަށް ވަޑައިނުގަންނަވާ
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް އެމައްސަލަ ފަށަން ތާވަލުކޮށްފައި އޮތް މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުނުވެވޭނެކަން އަންގަވައިފިއެވެ. މިއަދު 11 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީ ބައްދަލުވުމުގައި އޮތީ އެ މައްސަލައާ ގުޅޭގޮތުން ގަވަރުނަރާއި ބައްދަލުކޮށް ސުވާލުކުރުމަށެވެ. އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން ޖަވާބުދާރީ ވުމަށް މަޖިލީހުގެ ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިނުގެންނެވޭނެކަމަށް ސިޓީގައިވެއެވެ.
15 Jul 2024
ހަބަރު
ޖަޕާނުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެއްގަމު އުޅަނދު ހަދިޔާކޮށްފި
15 Jul 2024
ހަބަރު
ތިން ޕާޓީއެއް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓު ހުށަނާޅާތީ ސިޔާސީ ތިން ޕާޓީއެއް 50،000 ރުފިޔާއިން އިލެކްޝަން ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފިއެވެ. އީސީން ޖޫރިމަނާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް)ގެ ޕާޓީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕާޓީ ދަ ޑިމޮކްރެޓްސްއެވެ.
15 Jul 2024
ހަބަރު
އެޗްއާރުސީއެމް އަށް ހަބީބު އައްޔަނުކުރަން ފޮނުވައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިސްމާއީލް ހަބީބް އަބްދުއްރަހީމް އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ. އެޗްއާރުސީއެމްގެ މެންބަރުކަން ހުސްވީ ކޮމިޝަނުގެ މެންބަރުކަމުގައި ކުރިން ހުންނެވި ޑރ.އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
15 Jul 2024
ހަބަރު
އަލް މަވާސީއަށް އިސްރާއީލުން ދިން ހަމަލާއިން ހަމާސްގެ އަސްކަރީ ވެރިޔާ ސަލާމަތްވި
ހޮނިހިރު ދުވަހު އިސްރާއީލު އަސްކަރިއްޔާއިން އަލް މަވާސީއަށް ދިން ހަމަލާއިން ހަމާސްގެ އަސްކަރީ ވިންގު, ޤައްސާމް ބްރިގޭޑްގެ ވެރިޔާ މުހައްމަދު ދިއެފް ސަލާމަތްވިކަމަށް ހަމާސްގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.  ނަން ހާމަނުކޮށް ހަމާސްގެ އޮފިޝަލަކު އޭއެފްޕީއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ މުހައްމަދު ދިއެފްގެ ހާލު ރަނގަޅުކަމަށާއި މިވަގުތުވެސް ހަމާސް އިން ކުރިޔަށްގެންދާ އޮޕަރޭޝަން ގާތުން ބަލަމުން އަންނަކަމަށެވެ.
14 Jul 2024
ދުނިޔެ
ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފިކަމަށް ދެކެވޭ ވާހަކަ ފެނަކައިން ދޮގުކޮށްފި
ފެނަކައިން އެކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ފެނަކައިން އެކި ތާރީޚުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިޔުންތަކުން ބައެއް ނަކަލުކޮށްގެން އެއީ އެއް ކަމަކަށް ކޮށްފައިވާ އެއް މުއާމަލާތެއް ކަމަށް ދައްކަންކޮށްފައިވާ މަސައްކަތެއްކަމަށެވެ.
13 Jul 2024
ހަބަރު
އަލް މަވާސީއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަމާސްްގެ ލީޑަރަކަށް އަމާޒުކޮށްދިން ހަމަލާއެއް ނޫން: ހަމާސް
13 Jul 2024
ދުނިޔެ