އަލީ އަޒްލީފް
އެޑިޓަރ
އަލީ އަޒްލީފް
ޤަވާއިދާ ޚިލާފަށް ކުޅުދުއްފުއްޓަށް ދަތުރުކުރި 9 ބިދޭސީންނަށް ނޯޓިސްދީފި
ޤަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓްކުރަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮޕަރޭޝަން ފެށުމުން ބިދޭސީން ފިލަން އަތޮޅު ތެރެއަށްދާ މައްސަލަ ވަނީ ބޮޑުވެފައެވެ.
03 Sep 2024
ހަބަރު
ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން އިފްތިތާހުކޮށްފި
މި ޤައުމީ އޮނިގަނޑު އިފްތިތާހުކޮށް، އަމަލީގޮތުން މަސައްކަތްކުރުވެން ފެށުން ވެގެންދާނީ ރާއްޖެއިން ސޮއިކޮށްފައިވާ އދ. ގެ "ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން އެކްޓް އެންޑް ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މުޢާހަދާއަށް އަމަލުކުރުމަށް އެޅިގެންދާނެ އިތުރު ފިޔަވަޅަކަށެވެ. އަދި ޔުނިސެފް މޯލްޑިވްސްއާ އެކީގައި އިޖުތިމާޢީ އަދި ޢާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުންގެންދާ މި މަސައްކަތުގެ ސަބަބުން ކުޑަކުދިންގެ ކަރާމާތާއި، ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިދޭނެވެސްމެއެވެ.
03 Sep 2024
ހަބަރު
ވޯލްޑް ބޭންކުގެ ޓެކްނިކަލް މިޝަން ރާއްޖޭގައި މަސައްކަތް ފަށައިފި
މީގެ ތެރޭގައި، ޒޯން 4 އާއި 5 ގައި ޤާއިމްކުރެވެމުންދާ ކުނި މެނޭޖްކުރުމުގެ ނިޒާމުތަކާއި، އެ ނިޒާމުތައް ޤާއިމްކުރުމަށް ފޯރުކޮށްދެވިފައިވާ ވަސީލަތްތައް ހިމެނެއެވެ. މީގެ އިތުރުން، ވޯލްޑް ބޭންކުގެ ޓީމުން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާ އެކު ލ. އަތޮޅުގެ ފޮނަދޫ، ގަން އަދި މާމެންދޫއަށް ޒިޔާރަތްކޮށް، އެ ރަށްރަށުގައި ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަރުކަޒުތަކުގެ މަސައްކަތް ބަލައި ދަނީ ދިރާސާކުރަމުންނެވެ.
03 Sep 2024
ހަބަރު
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ކަނޑައަޅުއްވައިފި
މި ޝަރަފު އެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވައިފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ. ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައެވެ.
03 Sep 2024
ހަބަރު
ކުޑަކުދިންގެ ދުޅަހެޔޮކަމާ އަދި އެކުދިންގެ މުސްތަޤުބަލަކީ އެންމެ އިސްކަންދޭ ކަންތައްތައް ކަމުގައި ރައީސްގެ އަނބިކަނބަލުން ވިދާޅުވެއްޖެ
އެކަމަނާ މިހެން ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް، އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ޤައުމީ އެކްޝަން ޕްލޭން އިފުތިތާޙު ކުރުމުގެ ގޮތުން މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
03 Sep 2024
ހަބަރު
"ޓްރޭޑިއަން" ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފުތިތާޙުކޮށްދެއްވައިފި
އެމަނިކުފާނު މި ޕްލެޓްފޯމު އިފުތިތާޙް ކޮށްދެއްވީ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ރަސްމީގޮތުން އިފުތިތާޙްކުރުމަށް މިއަދު ހެނދުނު ޖެން މޯލްޑިވްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
03 Sep 2024
ހަބަރު
4 މީހުން ތިބި ލޯންޗެއް ރާޅުގަނޑު ސަރަހައްދަށް ބަންޑުން ޖަހާލައިފި
ލޯންޗުގައި ތިބި 3 މީހުން މިހާރު ވަނީ ފުލުހުންގެ ލޯންޗަށް ނަގާފައެވެ.
03 Sep 2024
ހަބަރު
ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފި
އެ ބޯޑުން ނެރުނު ސަރކިއުލާގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް ދަނީ އަޅުއްވަމުން ކަމަށެވެ. މި ދަނޑިވަޅުގައި ސަރުކާރުން ޚަރަދު ހަމަމަގަށް އެޅުއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެގޮތުންނާއި، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޚަރަދު ވީހާވެސް ކުޑަކުރުމަކީ ވަރަށް މުހިންމ ކަމެއް ކަަމަށެވެ.
03 Sep 2024
ހަބަރު
ތަސްލީމް ގެއްލުނު މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށައިފި
ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލިފައިވާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
02 Sep 2024
ހަބަރު
ދިވެހި ފުލުހުންގެ ޚިދުމަތަށް 20 އަހަރު: ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ބިންގާ
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ. މި ދުވަހަކީ ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދުނު ދުވަހެވެ.
01 Sep 2024
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ރައީސް ފޮނުއްވި މެސެޖުގައި، ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހާ މުވައްޒަފުންނަށް އަރިސްކުރައްވާފައިވެއެވެ. އަދި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
01 Sep 2024
ހަބަރު
ޤައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި، އެ ޔުނިވަރސިޓީގެ ވެރިންނާއި މުވައްޒަފުންނާއި އެދުރުންނާއި އިސްދަރިވަރުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އެމަނިކުފާނު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
01 Sep 2024
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ މާމަކާފައިންގެ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފި
މާމަކާފައިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މާމަކާފައިން ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، މާމަކާފައިންނާއި މާމަ ކާފަ ދަރިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމެވެ. މީގެ އިތުރުން، އެމީހުންނަށް ކަމޭހިތުމާއި އެމީހުންނަށް އަޅާލައި، އޯގާތެރިކަމާއެކު އެމީހުންނާމެދު ޢަމަލުކުރުމަށް މުޖުތަމަޢު އަހުލުވެރިކުރުމަކީ ވެސް މިދުވަސް ފާހަގަ ކުރުމުގެ އެއް ސަބަބެވެ.
01 Sep 2024
ހަބަރު
އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން މީހަކު ހޯދަނީ
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ތ. ތިމަރަފުށި / ކަށިކެޔޮމާގެ، ރިޝާމު ރަޝީދު (27އ) އެވެ.
01 Sep 2024
ހަބަރު
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި
މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލާ ދީފައިވެއެވެ.
01 Sep 2024
ހަބަރު
އަންހެނަކު ރަހީނުކުރި ހާދިސާގައި ވިކްޓިމް ސަލާމަތްކުރުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި - ސީޕީ
މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ ހާދިސާގައި، ވަޅީގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ވިކްޓިމް އާއި ސަސްޕެކްޓް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާއިން ވެސް ދައްކުވައިދެނީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންކުރާ ހިތްވަރުކަމަށް ވިދާޅުވިއެވެ.
01 Sep 2024
ހަބަރު
ޢާއިލާ ބިނާކުރުމުގައި މާމަ ކާފަގެ ހިއްސާ މުހިންމު
މިއަދަކީ އެދުވަސްކަމުން މާމާ ކާފައިންގެ މުހިންމު ކަމާއި، މާމާ ކާފައިންނާއި ގުޅުން އުފެއްދުމުގެ މުހިންމުކަމާއި، ޢާއިލާ ތެރޭގައި މާމާކާފައިން އަދާކުރާ ހިއްސާއަށް ބަލާލުމަކީ މުހިންމު ކަމެކެވެ.
01 Sep 2024
ރިޕޯޓް
ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
އެގޮތުން ބަލާފާސްކުރެވުނު ޕެކޭޖްތަކުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އަށް ވަނީ ޕޮޒިޓިވްވެފައެވެ.
30 Aug 2024
ހަބަރު
ސިނަމާލެ ބްރިޖް އަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި 30 އޯގަސްޓް 2018 ވަނަ ދުވަހު ހުޅުވިގެންދިޔަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް 6 އަހަރު ފުރުން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާކަމުގައި ބަޔާންކުރައްވާފައިވެއެވެ.
30 Aug 2024
ހަބަރު
ސަފީރު މަސްއޫދު ލަންކާގައި ހުންނަވާ ދެކުނު އެފްރިކާގެ ސަފީރު އާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސްރީލަންކާގައި ހުންނަ ދެކުނު އެފްރިކާގެ ހައިކޮމިޝަންގައެވެ.
30 Aug 2024
ހަބަރު
ހެލިކޮޕްޓަރު އޮޕަރޭޝަން ފެއްޓުމަށް އިއުލާންކުރުމުން 36 ފަރާތަކުން ކުރިމަތިލައްވައިފި: އަމީން
މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނަށް ކުރިމަތިލައްވާފައިވަނީ ދުނިޔޭގެ ހެލިކޮޕްޓަރ އޮޕަރޭޝަންގެ ބޮޑެތި ކުންފުނިތަކެވެ. މިހާރު ކުރިއަށްދަނީ މި މަޝްރޫއަށް އެންމެ އެކަށީގެންވާ ޕްރޮޕޯނެންޓެއް ހޯދުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
30 Aug 2024
ހަބަރު
"ސެންޓްރަލް ޖަލާއެކު ބޮލަކަށް ޖެހޭ ޚަރަދު ކުޑަކުރެވޭނެ"
ދާޚިލީ ވަޒީރު ވިދާޅުވީ، ޖަލު ހިންގުމަކީ ވަރަށް ޚަރަދުބޮޑު ކަމެއް ކަމަށާއި މަހެއްގެ މައްޗަށް ބޮލަކަށް 27000 ރުފިޔާ ޚަރަދުވާ ކަމަށެވެ. މިކަން ހައްލުކުރުމަށް ދިރާސާކޮށް ސެންޓްރަލް ޖަލެއް ޤާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
30 Aug 2024
ހަބަރު
ކޮންމެ ހުކުރު ދުވަހެއްގެ އިޝާ ނަމާދަށްފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބާއްވަނީ
މިކަން އިޢުލާން ކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިކަމަކީ ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ފައްޓަވާކަމެއްކަމަށެވެ. މިކަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
30 Aug 2024
ހަބަރު
ފިނިފެންމާ ލޯންޗު ގޮއްވާލުން އެއީ ޔާމީން ކުޅުއްވި ޑްރާމާއެއްކަމަށް އަދުރޭ ސުވާލު އުފައްދަވައިފި
"ސަންގު" ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވެރިކަން ހިންގާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ، ސެޕްޓެމްބަރު 28، 2015، ގައި ރައީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ލޯންޗް ގޮއްވާލުމުގެ އަޑީގައި ހުންނެވީ ރައީސް ޔާމީން ކަމާއިމެދު ސުވާލު އުފައްދަވަންޖެހޭ ކަމަށެވެ.
27 Aug 2024
ހަބަރު
ފާނައިގެ ޙަޔާތުގެ ބުރާއި ފާނައިގެ ޚާއްޞަ ސިފަތައް
ފާނައަކީ އައިން ހަދައިގެން އުޅޭ މަހެއް ނޫނެވެ. އެހެންނަމަވެސް، ފާނައިގެ ގިނަ ބާވަތްތައް ބިސްދޫކުރުމަށް އެއް ސަރަޙައްދަކަށް ޖަމާވެ އުޅެއެވެ. މިގޮތަށް ޖަމާވާ ޖަމާވުންތަކުގެ ސައިޒް ފާނައިގެ އެކި ބާވަތްތަކުގެ މެދުގައި ތަފާތެވެ. އަދި ފާނައިގެ ބައެއް ބާވަތްތައް އަބަދުވެސް ޖަމާވަނީ އެއް ސަރަޙައްދަކަށެވެ.
27 Aug 2024
ރިޕޯޓް
ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ މަސައްކަތް ނިމި، ޚިދުމަތް ފެށުމަށް ތައްޔާރުވަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި މި ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯގެ މަޤާމަށް އައްޔަންކޮށްފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެވެ. އަދި ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކަ އެވެ. މި ދެ ބޭފުޅުންނަކީވެސް ބައިނަލްއަގްވާމީ މާލީ އެކި އިދާރާތަކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
27 Aug 2024
ހަބަރު
އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮއްފި
މި އެއްބަސްވުމުގެ މަޤްސަދަކީ މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އެހީއާއެކު، "ނޭޝަނަލް ކެރިއަރސް ސާރވިސް" މެދުވެރިކޮށް، ދަރިވަރުންނަށާއި، މަސައްކަތްތެރިންނަށް ކެރިއަރ ގައިޑަންސް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމާއި، މަސައްކަތްތެރިން ވަޒީފާގެ ބާޒާރަށް ނެރުމަށް ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދިނުމާއި، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ބެސްޓް ޕްރެކްޓިސަސް އެކި ސިނާއަތްތަކާ ޙިއްސާކޮށް، ވަޒީފާގެ މާހައުލުގައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
27 Aug 2024
ހަބަރު
75 އަހަރު ވަންދެން ދަޢުލަތުގެ ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު
ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ އަދި މުސްކުޅިކުރެވޭ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް ނުވަތަ ވަޒީފާއަށް އެނބުރިއައުމަށް އެދޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އުމުރުން 75 އަހަރުވުމާއި ހަމައަށް ވަޒީފާ ޢަދާކުރުމުގެ ފުރުސަތު ފަހިކޮއްދިނުމުގެ ޢަމަލީ މަސައްކަތް ދަޢުލަތުގެ ހުރިހާ މުވައްސަސާތަށް ހިމެނޭހެން ވަނީ ފަށާފައެވެ. އެގޮތުން، ދަޢުލަތުގެ އެކި އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް މިނިސްޓްރީ އޮފް ހަޔަރ އޭޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑީވެލޮޕްމަންޓްއިން ކުރިއަށްގެންދަންފަށައިފިއެވެ.
27 Aug 2024
ހަބަރު
މެނޭޖްމަންޓް ސްޓްރެޓެޖީ އިވެލުއޭޝަން ތަމްރީން ޕްރޮގްރާމް ފަށައިފި
މިތަމްރީން ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިއާއެވެ.
26 Aug 2024
ހަބަރު
ސަފީރުގެ ނާއިބު އަހްމަދު އާދިލް ޖަޕާން މިނާތޯ ސިޓީގެ މޭޔަރ އާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި، މިނާތޯ ސިޓީ އޮފީހުގެ ފަރާތުން ކޮންމެ އަހަރަކު ބާއްވާ އެކި ގައުމުތަކުގެ ފަތުރުވެރިކަމާއި ސަގާފަތް ދައްކުވައިދޭ އިވެންޓް ތަކާގުޅޭ ގޮތުން މަޝްވަރާ ކުރެެއްވިއެވެ.
26 Aug 2024
ހަބަރު