އަލީ އަޒްލީފް
އެޑިޓަރ
އަލީ އަޒްލީފް
އެމްޕޮކްސްއާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިނިސްޓްރީގައި ބާއްވައިފި
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޕޮކްސް ނުވަތަ މަކުނު ވިދުރިއާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތު ސަރވިސަސް ޑޮކްޓަރ އަޙްމަދު އަޝްރަފާއި ، ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އިބްރާހީމް ނިޝާން އަޙްމަދުއެވެ.
21 Aug 2024
ހަބަރު
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޗެއާމަންގެ މަޤާމުން މިހާދު ވަކިކޮށްފި
މިކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
21 Aug 2024
ހަބަރު
އަބްދުﷲ ޒިޔާދު ވަކިކޮށް އެމްޓީސީސީގެ ސިއީއޯއަކަށް އަހުމަދު ސައުދީ
މިކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ. އަލްފާޟިލް އަޙްމަދު ސަޢުދީ ވަނީ މީގެކުރިން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުވެސް ފުރުއްވައިފައެވެ.
21 Aug 2024
ހަބަރު
ސްރީލަންކާގެ ސަފީރު ރަންގާ ގޫނަވަރްދެނައާއި މިނިސްޓަރ ޢާއިޝަތު ޝިހާމްއާއި ބައްދަލުކުރައްވައިފި
މި ބައްދަލުވުމުގައި ވަރީރު ޑރ ޢާއިޝަތު ޝިހާމްގެ އިތުރުން، ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ނަމްޒާ އަދި ޕްރޮގްރާމް އޮފިސަރ އައިޝަތު ސާހާ ސޮބާހް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
20 Aug 2024
ހަބަރު
އިސްލާމިކް މިނިސްޓަރ ޝަހީމް ގއ. ގެމަނަފުށި ކައުންސިލާއި ބައްދަލުކުރައްވައިފި
ހޯމަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރިންނާއި ގއ. ގެމަނަފުށީ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
20 Aug 2024
ހަބަރު
ކޮވިޑްގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލައެއްގައި އައިޖީއެމްއެޗްގެ ކުރީގެ ޕްރޮކިއުމެންޓް ހެޑް، ލެބޯޓަރީ ހެޑް އަދި ކުރީ ސީއީއޯގެ މައްޗަށް ދައުވާކުރަނީ
މިމައްސަލައަކީ ކޯވިޑު-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ޕީސީއާރް ޓެސްޓު ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ބޭނުންވާ "ރީއެޖެންޓްސް" ހޯދުމުގައި ނާޖާއިޒް މަންފާ ހޯދާފައިވާކަމަށް ތުހުމަތުކުރެވިގެން އޭސީސީން ތަހުގީޤުކުރި މައްސަލައެކެވެ.
20 Aug 2024
ހަބަރު
އަމާޒަކީ މުޅި ދިވެހިރާއްޖެ ޓެކްނޮލޮޖީ އިން ގުޅިފައިވާ ތަޢުލީމީ ތަނަކަށް ހެދުން: މިނިސްޓަރ
މި ކޮންފެރެންސްގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިނަވާފައިވަނީ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.
20 Aug 2024
ހަބަރު
"ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް" ކެންޕޭންގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު
ކޮންމެ އަހަރެއްގެ ވެސް 12 އޮގަސްޓް 2024 ގައި ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު، މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރީ އިން "ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް" ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
20 Aug 2024
ހަބަރު
ޤާނޫނު ތަންފީޒު ކުރުމުގައި ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދިނުމަށް ރައީސް ވަނީ އަންގަވާފައި - އިހުސާން
ވަޒީރު މިފަދައިން ވިދާޅުވީ ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މިނިސްޓަރ ވަނީ ޤާނޫނު ތަންފީޒު ކުރުމުގައި ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.
20 Aug 2024
ހަބަރު
ސަފީރު ޝިއުނީން ބަންގްލަދޭޝް ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްއާ ބައްދަލުުކުރައްވައިފި
ބަންގްލަދޭޝް ފޮރިން މިނިސްްޓްރީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން ވަނީ ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީ ޗީފް އޮފް ޕްރޮޓޮކޯލްއަށް ރައްދުކޮށްފައެވެ.
20 Aug 2024
ހަބަރު
އިންސާނީ އުސޫލުތައް ދިފާއުކޮށް، އެހީދޭ މީހުންނާއި އެމީހުން ޚިދުމަތްކުރާ މުޖުތަމަޢުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާރިޖީ ވަޒީރު ގޮވާލައްވައިފި
ވަޒީރު މިހެން ގޮވާލެއްވީ މިއަދު ފާހަގަކުރާ 'ވޯލްޑް ހިއުމެނިޓޭރިއަން' ދުވަހުގެ މުނާސަބަތުގައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
20 Aug 2024
ހަބަރު
ހަންގޭރީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި
މިނިސްޓަރގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ހަންގޭރީގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ހަންގޭރީގެ ސަރުކާރާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދެންނެވިއެވެ.
20 Aug 2024
ހަބަރު
ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުތަކުގެ ތޮއްޖެހުން ޙައްލު ކުރުމާއި ގުޅޭގޮތުން ޓްރާންސްޕޯޓާއި ވެމްކޯއިން މަޝްވަރާކޮށްފި
މިގޮތުން ވެމްކޯއިން މިހާރު ކުނި އުފުލާ ގަޑިތަކަށް ބަދަލު ގެނައުމުގެ އިންތިޒާމްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މިކަމަކީ ސަރުކާރުން މިހާރު ފަށާފައިވާ "މާލެފަހި" ޕްރޮގްރާމްގެ ތެރޭގައި މާލެ ސަރަޙައްދުގެ މަގުތަކުގެ ތޮއްޖެހުން ޙައްލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
20 Aug 2024
ހަބަރު
ޒަކާތާއި ބެހޭ މަޢުލޫމާތު ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި!
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ޒަކާތު ހައުސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ޒަކާތާއި މަޢުލޫމާތު ދެއްވީ ޒަކާތުގެ ހައުސްގެ އިސްބޭފުޅުންނެވެ.
20 Aug 2024
ހަބަރު
ފާއިތުވި 9 މަސް: ކައުންސެލިން ބޭނުންވާ 139 ފަރާތަކަށް ޚިދުމަތް ދެވި، 400 އަށް ވުރެ ގިނަ ސެޝަން ނަގައިފި
ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުންވަނީ 139 ކްލައިންޓުންނަށް ޚިދުމަތް ފޯރުކޮށްދީފައެވެ.
20 Aug 2024
ހަބަރު
ލޭނު މަސްވެރިކަމުގެ ގަވާއިދުގައިވާ މޮނިޓަރކުރުމާއި ކޮންޓްރޯލުކުރުމާއި ސަރވޭލަންސްއާގުޅޭ ފިޔަވަޅުތައް
އެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އުޅަނދުފަހަރު މަސްދަތުރަކަށް ފުރުމުގެ 48 (ސާޅީސްއަށެއް) ގަޑިއިރު ކުރިން، މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ "ޑިޕާރޗަރ ކްލިއަރެންސް ފޯމް ފޯ ލޯންގްލައިން ފިޝިން ވެސެލްސް" ފުރުމަށްފަހު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އެ އުޅަނދު މަސްވެރިކަމަށް ފުރަންވާނީ މިނިސްޓްރީން ދޫކުރާ "ޑިޕާރޗަރ ކްލިއަރަންސް" ލިބުމަށްފަހުގައެވެ.
20 Aug 2024
ހަބަރު
ޖޫރިމަނާ ނުދައްކާނަމަ ޖަލަށްލެވޭނެ
ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުމެވެ. ޖޫރިމަނާ އަދަބެއް ނުވަތަ ތަފާތު އަދަބެއް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެކެވެ. އެހެންކަމުން ކުށް ސާބިތުވުމުން ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ، އޭނާ އެ ކުރި ކުށަށް އަދަބު ނުލިބުމެވެ. މި މައްސަލަ ޖިނާއީ ޢަދުލުގެ ނިޒާމުގައި ދަނީ ކުރިމަތިވަމުންނެވެ. ޤާނޫނުލްޢުޤޫބާތުން ދިން މި ލުއި ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރަނީއެވެ. އެގޮތުން ކޯޓުން ކަނޑައަޅާ މުއްދަތުގައި، ތަކުރާރުކޮށް އެންގުމުންވެސް ޖޫރިމަނާ ފައިސާ ނުދައްކަނީއެވެ.
19 Aug 2024
ރިޕޯޓް
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކުރިން އެންގުމަކާއި ނުލައި އެފަދަ ތަންތަން ޗެކްކުރެވޭނެ!
ގާނޫނަށް އަމަލުކުރަން ފެށުމުން އެމްއެފްޑީއޭ އަށް ލިބިގެންދާ ބާރުތަކުގެ ތެރޭގައި ކާބޯތަކެތީގެ ގާނޫނުގެ ދަށުން ފިހާރަތަކުގައި ކާބޯތަކެތި ބެހެއްޓޭނެ މިންގަނޑުތައް ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބަލަމުންދާނެއެވެ. އަދި ކުރިން އެންގުމަކާއި ނުލައި، ގެތަކާއި ތަންތަނަށް ގޮސް ކާއެއްޗެހި ތައްޔާރު ކުރާގޮތް މޮނިޓަރ ކުރުމުގެ ބަރުވެސް ލިބިގެންދާނެއެވެ.
19 Aug 2024
ހަބަރު
މުޖުތަމަޢުގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވިދާޅުވީ އެކަން އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން ދެމިއޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުންކަމަށެވެ.
19 Aug 2024
ހަބަރު
ދިރާސާކުރުމަކީ ތަރައްޤީއާއި ކުރިއެރުމުގެ ބިންގާ: ރައީސް
އެމަނިކުފާނު ވިދާޅުވީ، އެބޭފުޅުންގެ ކިބާގައި ޢިލްމު އުގެނުމަށް ހުރި ޝައުގުވެރިކަމަކީ ހުރިހާ ދިވެހި ޒުވާނުން މިސާލު ނަގަން ޖެހޭ ކަމެއްކަމަށެވެ. މި ކޮންފެރެންސްގެ މަޤްސަދަކީ ދިވެހިރާއްޖޭއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިސްނުންތޫނު، ޤާބިލް ބޭފުޅުން މި ކޮންފެރެސްގައި ބައިވެރިވަޑައިގަންނަވައި، އެތަށް އައު ކަންތައްތަކެއް ދަސްކުރުމާއި، އެމީހަކަށް ލިބިފައިވާ ޢިލްމެއް އަނެކުންނާ ޙިއްސާކޮށް، ކުރިއަރައި ދިޔުންކަށެވެ.
19 Aug 2024
ހަބަރު
'ހޯޕް އައިލެންޑް' ވެގެންދާނީ ރިހެބިލިޓޭޝަނާއި ޕްރިވެންޝަންގެ އެންމެ ބޮޑު މަސައްކަތް ހިންގާނެ ސެންޓަރަށް: ވަޒީރު އިޙްސާން
ހޯޕް އައިލެންޑް ޤާއިމް ކުރުމުގެ މަސައްކަތް މިވަގުތު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމަށާއި މިރަށުގެ މަސައްކަތްނިމި މި ރަށަކީ ރިހެބިލިޓޭޝަނާއި ޕްރިވެންޝަންގެ އެންމެ ބޮޑު މަސައްކަތް ހިނގަމުންދާނެ ސެންޓަރަކަށް ވެގެންދާނެ ކަމަށެވެ.
19 Aug 2024
ހަބަރު
ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި
މި މަޝްވަރާކުރެއްވީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
19 Aug 2024
ހަބަރު
މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: ލުބްނާ
ލުބްނާ ވިދާޅުވީ ސަރުކާރުން އެން.ޑީ.އޭގެ މަސައްކަތަށް އަދި މަސްތުވާތަކެތީގެ ފަރުވާދޭ ނިޒާމްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރާ ހޭދަވަނީ އެތަކެއް ގުނައެއް އިތުރުކޮށްފައި ކަމަށާއި މިއީ މިސަރުކާރުން މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށްޓަކައި ދެއްވާ އަހަމިއްޔަތާ މުހިންމުކަމުގެ ހެއްކެއް ކަމަށެވެ.
19 Aug 2024
ހަބަރު
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 މޭ މަހު ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި
19 Aug 2024
ހަބަރު
ލޭނު މަސްވެރިކަން: އެނގެންޖެހޭ ބައެއް ކަންކަން
ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަލާމަތްވުމަށްޓަކައި ކަނޑާފައިވާ ދޮރުތައް ފިޔަވައި، އުޅަނދުގައި މަސް ރައްކާކުރަން ބޭނުންކުރާ ތަނެއްގެ ނުވަތަ މެޝިނަރީ ބަހައްޓާ ތަނަކުން ސީދާ ނިދާ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ދޮރު ކަނޑާފައި ހުރެގެން ނުވާނެއެވެ.
19 Aug 2024
ރިޕޯޓް
އޭއައި ޒަމާނުގައި އަންހެނުންގެ ލީޑަރޝިޕާއި ބެހޭ ބައްދަލުވުމެއްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވައިފި
ޗައިނާގައި ބޭއްވި "ރައުންޑް ޓޭބަލް އޮން ވިމެންސް ލީޑަރޝިޕް އިން ދަ އޭޖް އޮފް އޭއައި"ގައި އެކަމަނާ ބައިވެރިވެވަޑައިނެވީ ޝަރަފުވެރި ޕެނަލިސްޓެއްގެ ހައިސިއްޔަތުންނެވެ.
19 Aug 2024
ހަބަރު
އެމްޕޮކްސް ރާއްޖެއަށް އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަނެ، ވާންޖެހޭ ތައްޔާރީތައް ފަށައިފި
ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށާއި ބައްޔަށް ޓެސްޓުކުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އެޗްޕީއޭ އިން ދަނީ ވަމުންނެވެ.
19 Aug 2024
ހަބަރު
ފޮސިމް އަދި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން ތިންވަނަ އައުޓްރީޗް ޕްރޮގްރާމް ބާއްވައިފި
ޤައުމީ ޔުނިވާރސިޓީ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި ސެޝަންއަކީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އޮސްޓްރޭލިއާ މޯލްޑިވްސް ޑައިލޮގް ސީރީސްގެ ދަށުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
18 Aug 2024
ހަބަރު
ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ޓީމަށް ވަޒީރު ރާފިޢު ހިތްވަރުދެއްވައިފި
ދިވެހިރާއްޖޭގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ދިވެހިރާއްޖޭގެ ޕެރަ އެތުލީޓުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި އެވެ.
17 Aug 2024
ކުޅިވަރު
ފޮރިންގ އިންވެސްޓްމަންޓް ބިލު މަޖިލީހަށް ހުށަހަޅައިފި
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވަނީ 12 އޯގަސްޓް 2024 ގައި ރައްޔިތުންގެ މަޖިލީހަށް ފޮރިންގ އިންވެސްޓްމަންޓް ބިލު ހުށަހަޅުއްވައިފައެވެ. މި ބިލަކީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓް އިތުރުކޮށް، އެފަދަ އިންވެސްޓަރުންނަށް ބޭނުންވާ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ހުށަހެޅުނު ބިލެކެވެ.
13 Aug 2024
ހަބަރު