އަލީ އަޒްލީފް
އެޑިޓަރ
އަލީ އަޒްލީފް
މާލީ އަދި އިގުތިސާދީ ހާލަތު ރަނގަޅުކުރަން ޚާރިޖިއްޔާއިން ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބަދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޒަމީރު ވިދާޅުވީ އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ފާއިތުވި ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
26 Aug 2024
ހަބަރު
ރ. އަތޮޅު އަލިފުށީގެ އުތުރުން އެއްވެސް ސަރަޙައްދެއްގައި ލޭނު މަސްވެރިކަން ނުކުރެވޭނެ
މި ޤަވާއިދުގެ ދަށުން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދެވޭ ސަރަހައްދުތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލުގެ ބޭރުގެ ސަރަޙައްދުގެ ތެރެއިން 6 ޑިގުރީ އުތުރު ޠޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި އިންޑިއާ ކަނޑުގެ 25 ޑިގުރީ ދެކުނު ޠޫލްގެ އުތުރަށް އޮންނަ ސަރަޙައްދުގައެވެ.
23 Aug 2024
ހަބަރު
ފަސްޓް ގްލޯބަލް ޗެލެންޖުގައި ވާދަކުރާ ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުންނާ ސަފީރު ޝަހީބް ބައްދަލުކުރައްވައިފި
ގްރީސް އަށް ދަތުރުކުރުމަށްޓަކައި ބޭނުންވާ ގްރީސް ވީސާ ނެގުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް އައިސްއުޅޭ މިޓީމާއި ސަފީރު ބައްދަލުކުރައްވާފައިވަނީ މިއަދު ހަވީރު ދިވެހިރާއްޖޭގެ ހައިކޮމިޝަންގައެވެ.
23 Aug 2024
ހަބަރު
ލ. ހިތަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފި
ހައްދުންމަތީ ހިތަދޫ ހޭންޑްބޯޅަ ކޯޓާ ގުޅޭ ވާހަކަ ވަޒީރު ވާހަކަދައްކަވާފައި މިވަނީ ދާދިފަހުން އެރަށުގައި ނިމުނު އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގެ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.
22 Aug 2024
ހަބަރު
ތުޅާދޫ ފުޓްސަލް ދަނޑު ބޮޑު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ
ބ. ތުޅާދޫ ކައުންސިލުން ކުރިއަށްގެންދިޔަ ތުޅާ ފުޓްސަލް ޗެލެންޖު 2024 ނިމުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ވަނީ ތުޅާދޫ ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވާ ތުލުސްދޫ ފުޓްސަލް ދަނޑަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައއިދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
22 Aug 2024
ކުޅިވަރު
ލ. ހިތަދޫ ވޮލީކޯޓާއި، ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރު ބަޖެޓުގައި ހިމަނަނީ
ވަޒީރު ރާފިޢު މިހެން ވިދާޅުވީ އެރަށުގައި ނިމުނު ޖޯޒީއެމްވީ ފުޓްސަލް ޗެލެންޖު 2024ގެ ފައިނަލް މެޗަށްފަހު އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުންނެވެ.
22 Aug 2024
ކުޅިވަރު
ވަޒީރު ރާފިޢު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކުރިއަށްދާގޮތް ބައްލަވާލައްވައިފި
މި މަހުގެ 17 ގައި ފެށި އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ސާފިން މުބާރާތުގައި މި އަހަރު 20 ގައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ. މިދިޔަ އަހަރުވެސް މި މުބާރާތް ބާއްވާފައިވަނީ ކ. ތުލުސްދޫގަ އެވެ.
22 Aug 2024
ކުޅިވަރު
"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން 4300 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށްފި!
"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެންގުޅުވާ ތަސައްވުރުގެ މައްޗަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
22 Aug 2024
ހަބަރު
ފާއިތުވި 9 މަސް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމާއި ވަޒީފާގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް!
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ވީހާވެސް ފުޅާ ގޮތެއްގައި މިކަން ކުރުމުގެ މަގުސަދުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއިއެކު ފަހުމުނާމާއެއްގެ ދަށުން ދަނީ މަސައްކަތް ކުރެވުމުންނެވެ. މިގޮތުން މިއަހަރުގެ ތެރޭގައި 03 ތަނަކާއި (ހިލްޓަން ރިސޯޓްސް އިން މޯލްޑިވްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އެކު ސޮއިކުރެވި، އިންޓާރންޝިޕް ފުރުޞަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނީ ފަހިކޮށްދެވިފައިއެވެ.
22 Aug 2024
ރިޕޯޓް
ފާއިތުވި 9 މަސް: "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމާއި އެކު ޕްރިވެންޝަން ސެކްޝަނުން ގިނަ މަސައްކަތްތަކެއް!
ޕްރިވެންޝަން ޑިޕާޓްމަންޓުން ކުރެވުނު މަސައްކަތުގެ ތެރެއިން ވަނީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ. ރާއްޖޭގެ އާބާދީގެ ތިބި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި އަނިޔާ ތަހައްމަލު ކުރާ ފަރާތްތަކާއި ހައްޤުތަކުން މަހުރޫމްފެވަފައިވާ ފަރާތްތަކާއި ދައުލަތުގެ ހާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ އެންމެންގެ މައުލޫމާތު އެއްވިއުގައެއްގެ ތެރެއިން ބެލެހެއްޓުމަށާއި އެއްވެސް ފަރުދެއް ބާކީ ނުވާނެހެން ދުރާލާ މިފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމްއެއް މިއަހަރުގެ ނިޔަލަށް ގާއިމް ކުރުމުށްޓަކައި މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
22 Aug 2024
ރިޕޯޓް
މިންތީގެ ހަމަހަމަކަން ޤާއިމްކުރުމާއި އަންހެނުން ބާރުވެރި ކުރުވުމަށް ކާމިޔާބު މަސައްކަތްތަކެއް
އަންހެނުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް، ޕީ.ޖީ1.ގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކޮންސަލްޓެންޓްގެ ދަށުން ކުރަމުން އައި މަސައްކަތްތައް ނިމި ރޯލްއައުޓް ޕްލޭންތައް އެކުލަވާލާ ކޮންސެޕްޓް ނޯޓްތައް ތައްޔާރުކޮށް ވަނީ ނިމިފައެވެ.
22 Aug 2024
ރިޕޯޓް
މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއް ނޫން - ޝަހީމް
ވަޒީރު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަޙުޒީބީ މުޖުތަމަޢުއެއް ބިނާ ކުރެވޭނީ އެންމެގެ ހައްޤުތައް ދީގެންކަމަށާއި ތަޢުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅުއްވާފައި ތިއްބަވާކަމަށެވެ.
22 Aug 2024
ހަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، "އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް އިފުތިތާހު ކޮށްދެއްވައިފި
"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" އަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ)އިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ތަފާތު 3 ގްރާންޓެއް ހިމެނޭހެން ލިބިފައިވާ 9.5 މިލިޔަން ޑޮލަރު (146.5 މިލިޔަން ދިވެހި ރުފިޔާ)ގެ ހިލޭއެހީގެ ދަށުން އެކުލަވާލެވުނު ޕްރޮޖެކްޓެކެވެ.
22 Aug 2024
ހަބަރު
ރައްޔިތުންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން: މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ، ކާބޯތަކެތީގެ ޤާނޫނަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތި އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި އެކުލެވާލެވިފައިވާ ގާނޫނެއް ކަމަށެވެ. އަދި މިޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކަށް އަދަބުތަކެއް ކަނޑައެޅިފައިވާ ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
22 Aug 2024
ހަބަރު
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ތިން މެންބަރުން ޢައްޔަންކޮށްފި
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ މއ. ވޭސައިޑް 805 ފްލެޓް، އަލްފާޟިލް އަޙްމަދު ޢަލީ އާއި، ރިޕަބްލިކް އޮފް ސިންގަޕޫރުގެ މިސްޓަރ ސަޢީދު ޢަބްދުއްނާޞިރު ބިން ސަޢީދު ޙަސަން އަލް ޖުނެއިދު އަދި އުނައިޓެޑް ކިންގްޑަމްގެ މިސްޓަރ ރޮބަރޓް ޑެނިއެލް ކާންޓެވެ.
22 Aug 2024
ހަބަރު
އިިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް (އީ-ޖީޕީ) ސިސްޓަމް އަކީ ކޮބާ؟
މި ނިޒާމް ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ޕްރޮކިއުމަންޓް ހަރަކާތްތަކުގެ ޓްރާންސްޕޭރެންސީ، އެފިޝަންސީ އަދި ކޮސްޓް އިފެކްޓިވްކަން އިތުރުކުރުމެވެ. މި ފެށުނު މަސައްކަތް ރަމްޒުކޮށްދެނީ ޕްރޮކިއުމަންޓް ޕްރޮސެސްތައް ޒަމާނީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
22 Aug 2024
ރިޕޯޓް
ފައިސާ ދެއްކުމުގައި ދިމާވާ މައްސަލަ ހައްލު ކުރުމަށް ޕޭޕަލް އާއި އެކު ބޮޑެތި މަޝްވަރާތަކެއް
މި މަޝްވަރާގެ މައިގަނޑު އަމާޒަކީ ޕޭމަންޓް ސިސްޓަމްތައް ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަނެ، ރާއްޖޭގެ އީ-ކޮމާސް މިއަށްވުރެ ރަނގަޅަށް ހިންގޭނެ ގޮތްތައް ދެނެގަތުމެވެ. މިކަންކަމަށް ހައްލެއް ހޯދައިގެން ވިޔަފާރިތަކަށާއި ހިދުމަތްތައް ހޯދާ ފަރާތްތަކަށް ވެސް މިކަމުގެ ފަސޭހަ ލިބިގަތުމެވެ.
22 Aug 2024
ހަބަރު
"ސުލްހަ މަސަލަސްކަން ޤާޢިމުކުރުން އަދި ދެމެހެއްޓުން" ގެ މައުޟޫޢުއާ ގުޅޭގޮތުން ރާއްޖޭން ބަޔާން ދީފި
މި ޚިތާބުގައި ސުލްހަ މަސަލަސްކަން ޤާއިމުކުރުން އަދި ދެމެހެއްޓުން ދެމެހެއްޓެނިވި ތަރައްޤީ ލަނޑުދަނޑިތައް ޚާޞިލްކުރުމާ ގުޅިފައިވާ ކަން ފާހަގަކޮށްފައިވެއެވެ.
22 Aug 2024
ހަބަރު
ލޭނު މަސްވެރިކަމަކީ ކަނޑުރޯދިން ނަފާ ހޯދުމަށް ކުރެވޭނެ މުހިއްމު މަސައްކަތެއް: ވަޒީރު ޝިޔާމް
ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި ކުރާ އިޤްތިސާދީ މަސައްކަތް ފުޅާކޮށް، ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މި ގޮތުން، ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމަށް 24 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
22 Aug 2024
ހަބަރު
އެސްޓީއޯގެ ބޭސްފިހާރަތަކުން ޤަވާޢިދުން ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ އަތޮޅު ކަަައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ހުށައަޅައިފައިވާ ފަދައިން ރަށްރަށުގައި ހުރި އެސްޓީއޯގެ ބޭސްފިހާރަތަކުން ޤަވާޢިދުން ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ޙައްލުކުރުމާ މެދު މަޝްވަރާކުރެވުނެވެ.
22 Aug 2024
ހަބަރު
މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން، އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި
22 Aug 2024
ހަބަރު
ސްޕޯޓްސް ފިޝިންއަށް ރާއްޖޭގެ 5 ސަރަހައްދެއް ތަރައްގީ ކުރަނީ
މިއީ ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަރނޭޝަނަލް ފިޝިން ކޮމިއުނިޓީއަށް ވެސް ބޭނުންވާ ހައްލުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
22 Aug 2024
ހަބަރު
އައިޔޫއެމް އިން ޕޯސްޓްގްރެޖުއޭޓް ދަރިވަރުންނަށް ޚާއްސަ ސެޝަނެއް ބާއްވަނީ
ޕޯސްޓްގުރެޖުއޭޓް ނުވަތަ ބެޗްލާރސްޑިގްރީ ހާޞިލުކޮއްފައިވާ ދަރިވަރުންނަށް ޚާއްސަކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސެޝަންގެ ފެސިލިޓޭޓަރ އަކީ އައިޔޫއެމް ގެ ޗީޕް ލައިބްރޭރިއަން، ފާތިމަތު ނަޝްއަތްއެވެ.
22 Aug 2024
ހަބަރު
ހުޅުމާލެއިން ވަގުތީ ގޮތުން އުޅަނދު ޕާކުކުރުމަށް ހަމަޖެއްސި ބިމާއި މިނިސްޓްރީ އިން ހަވާލުވެވަޑައިގެންފި
މި ބިމަކީ މާލެ އޭރިއާގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތަކާއި މާލެ އަދި ހުޅުމާލެ މަގުތަކުގައި ހުރި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ބެހެއްޓުމަށް ހަމަޖައްސާފައިވާ ބިމެކެވެ. މި ބިމުގެ ބޮޑުމިނަކީ 42،132.05 އަކަފޫޓެވެ. މި ބިމުގައި އުޅަނދު ބަހައްޓާ ފަރާތްތަކަށް އުޅަނދުގެ ރަޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަކުރުން ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށް އެ އުޅަނދެއް 6 މަސްދުވަހުގެ ތެރޭގައި ގެންދަންޖެހޭނެއެވެ.
22 Aug 2024
ހަބަރު
ދައުރުވަމުންދަނީ ފޭކު ލިސްޓެއް: ޝައްމާން
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ފޭސްބުކް އާއި 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ލިސްޓަކީ އެޑިޓްކޮށްގެން, އިމިގްރޭޝަންގެ ނަމުގައި ދައުރުކުރަމުންދާ ފޭކު ޕޯސްޓެއް" ކަމަށެވެ.
21 Aug 2024
ހަބަރު
އާމްސް ޓްރޭޑް ޓްރީޓީ (އޭ.ޓީ.ޓީ.) ކޮންވެންޝަނަކީ ކޮބާ؟
މި މުއާހަދާއަށް އަމަލުކުރަން ފަށާފައިވަނީ 24 ޑިސެމްބަރ 2014 ގައެވެ. މި މުއާހަދާގައި 112 ޤައުމަކުން ބައިވެރިވެފައިވާއިރު 29 ޤައުމަކުން ވަނީ މުއާހަދާގައި ސޮއިކޮށް، ނަމަވެސް މިހާތަނަށް ތަސްދީގުކޮށްފައިނުވެއެވެ.
21 Aug 2024
ރިޕޯޓް
"ސުލެއިމާނިޔެ މޯލްޑިވްސް" ޖަމްއިއްޔާ އުވާލަން ނިންމައިފި
މި ޖަމްއިއްޔާ އުވާލާފައިވަނީ މަދަނީ ޖަމްޢިޔާތަކާބެހޭ ޤާނޫނު 3/2022 ގެ 67 ވަނަ މާއްދާގެ (ހ)ގެ ދަށުން ރަޖިސްޓްރާރަށް މިޤާނޫނުގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން އަންގާ އެންގުމާ އެއްގޮތަށް ޖަމްޢިއްޔާއިން ޢަމަލުކޮށްފައިނުވާތީއެވެ.
21 Aug 2024
ހަބަރު
މައްލާ ޅަތުއްތުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ރެފްރީ މައްލާ ޅަތުއްތުގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފުތަރު ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އިއްޔެ ޒުވާނުންގެ މަރުކަޒުގައި ހުޅުވި ދަފްތަރުގައި ލިޔުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވިފައި ހުންނާނެ އެވެ.
21 Aug 2024
ހަބަރު
އަމިއްލަ ދިވެހި އުފެއްދުން ޖަޕާނުގެ ވެބްސައިޓެއްގައި ދައްކާލުމަށް ފުރުސަތެއް
1 އޭޕްރީލް 2024 އިން 31 މާޗް 2025 އަށް "ފުޑް ޓްރިޕް" ގައި ބީޓުބީ ޕްލެޓްފޯމް މެދުވެރިކޮށް ކުންފުނިތަކަށް ކާބޯތަކެތީގެ އުފެއްދުންތައް އެއްވެސް އަގެއް ނުލައި އިޝްތިހާރު ކުރެވޭނެ އެވެ.
21 Aug 2024
ހަބަރު
ވަގުތީގޮތުން ކުއްޖަކު ފޮސްޓަރކޮށްގެން ދާއިމީ އުފަލާއި ހެޔޮ ބަދަލު އެކުއްޖެއްގެ ދިރުއުޅުމަށް ގެނެސްދެވިދާނެ!
އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގައި، މަރުކަޒުގެ ހިޔާވެހިކަމުގައި އެކުދިންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ފުރިހަމަޔަށް ލިބިގެން ބެލެހެއްޓުނު ނަމަވެސް، މަރުކަޒަކީ ކުދިންގެ ހެދިބޮޑުވުމާއި، ދިރިއުޅުމަށް އެންމެ އެކަށީގެންވާ ވެއްޓެއް ނޫންކަން ދިރާސާތަކުން ވަނީ ދެނިގަނެވިފައެވެ.
21 Aug 2024
ރިޕޯޓް