އަލީ އަޒްލީފް
އެޑިޓަރ
އަލީ އަޒްލީފް
ދިފާޢީ ވަޒީރު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައިފި
މިއަދުގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ދާއިރާތަކަކީ ދިފާޢީ އަދި ސަލާމަތާ ގުޅޭ ގޮތުން ދެ ޤައުމުން އެއްބާރުލުން ދިނުމާއި ސަރަޙައްދީ ސަލާމަތާ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މިފަދަ ކަންކަމަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން ސަލާމަތީ އިސްތިރާޖީތައް އެކުލަވާލުމާ ގުޅޭގޮތުންނެވެ.
10 Aug 2024
ހަބަރު
ސަރަހައްދީ ފެންވަރުގައި ޒޯން 2 ގެ ކުނި މެނޭޖްކުރުން ހަރުދަނާކުރުމާއި ގުޅޭ ފޯރަމް ފަށައިފި
ޒޯން 2 ގެ 45 ރަށަކުން އަތޮޅުކައުންސިލްތަކާ ރަށުކައުންސިލްތަކުން 96 ބައިވެރިންނާއެކު 2 ދުވަހުގެ މުއްދަތަށް ދުވާފަރުގައި ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދާނީ މިހިނގާ ޖުލައި މަހުގެ 30 އިން 31 ގެ ނިޔަލަށް.
30 Jul 2024
ހަބަރު
"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ފާހަގަވާ ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރާނެ ގޮތުގެ މަޝްވަރާކޮށްފި!
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއެޅުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
30 Jul 2024
ހަބަރު
މިއަދަކީ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 30ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ "މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް" މިއަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި އެއްވެސް ކުޑަކުއްޖަކު އިސްތިސްނާ ނުކުރުން"
30 Jul 2024
ރިޕޯޓް
ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު ބާޒާރުތައް ހޯދުމުގެ މަސައްކަތް ކުންފުނިންދަނީ ކުރަމުން: އެމްޑީ
ކުންފުނީގެ އެމްޑީ ވިދާޅުވި ގޮތުގައި މިހާރު ކުންފުނީގެ އިދާރީ އޮނިގަނޑު އެކުލަވާލައި، ކުރިއަށް ރާވަމުންދާ މަސައްކަތުގެ ޕްލޭންތައް ތައްޔާރު ކުރަމުންދާކަމަށެވެ. އަދި ދިވެހި މަސްވެރިން ބާނާ މަސް ރާއްޖެއިން ބޭރުގެ ބާޒާރުތަކަށް އިސްތިހާރުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
30 Jul 2024
ހަބަރު
އީރާނުގެ އިންތިޚާބީ ރައީސް ހުވައިކުރުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް ބައިވެރިވެވަޑައިގެންފި
މިރަސްމިއްޔާތު އޮތީ އީރާނުގެ ވެރިރަށް، ތެހެރާންގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގައެވެ.
30 Jul 2024
ހަބަރު
ރައީސުލްޖުމްހޫރިއްޔާ އީރާނުގެ ރައީސަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިރާނުގެ ނުވަވަނަ ރައީސް ޑޮކްޓަރ ޕެޒެޝްކިއާން އެ ޤައުމުގެ ރައީސްގެ މަޤާމާ ހަވާލުވެޑައިގެންނެވުމާ ގުޅިގެން ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ. އަދި އީރާނުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީން، އެޤައުމުގެ އައު ރައީސްގެ ދުރުވިސްނިވަޑައިގަންނަވާ ލީޑަރޝިޕާއެކު މުސްތަޤުބަލު ބައްޓަންކުރުމަށް އެޤައުމުގެ ޢާންމު ރައްޔިތުންގެ އޮތް އިތުބާރާއި ޔަގީންކަން ދޭހަކޮށްދޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
30 Jul 2024
ހަބަރު
އަމާޒަކީ ރޯމަސް އެކްސްޕޯޓުކުރުން އެއްކޮށް ހުއްޓާލުން: ޝިޔާމް
ވަޒީރު ވިދާޅުވީ، ފެލިވަރުގައި މިވަގުތު ޕްރޮސެސް ކުރަނީ 40 ޓަނުގެ މަސް ކަމަށާއި މި މަސައްކަތް ނިމުމުން މިފްކޯއަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ފ. ނިލަންދޫގައި 100 ޓަނުގެ ފެކްޓްރީއެއް އަދި ގދ. ފިޔޮރީގައި 100 ޓަނުގެ ފެކްޓީއެއް އެޅުމުގެ މަސައްކަތް ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭރުން ސަރުކާރުގެ އިސްނެގުމުގެ ތެރެއިން ޕްރޮސެސް ކުރެވޭ މަސް 300 ޓަނު އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
29 Jul 2024
ހަބަރު
ޕްރޮސެސިން ކެެޕޭސިޓީ އިތުރުވުމުން މަހުގެ އެކްސްޕޯޓުން 190 މިލިއަން ޑޮލަރު ލިބޭނެ: ވަޒީރު
ވަޒީރު ވިދާޅުވީ، މިހާރު މިފްކޯގައި ހުރީ 40 މެޓްރިކްޓަނުގެ ޕްރޮސެސިން ކެޕޭސިޓީއެއް ކަމަށާއި އެ ފެކްޓަރީތައް އޮޕަރޭޝަނަލައިޒް ކުރެވުމުން، މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ 300 މެޓްރިކްޓަނަށް ބަދަލުވެގެންދާނެ ކަމަށެވެ.
29 Jul 2024
ހަބަރު
މަސްކިރާތާ ދެ ހަފުތާތެރޭ މަސްވެރިންނަށް ފައިސާ ދެވޭނެ: ޝިޔާމް
މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް، މަސްވެރިންގެ ހާލު ގާތުން ބައްލަވަމުންގެންދަވާ ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭން އަމާޒުކޮށްފައިވާ މުއްދަތުގައި ފައިސާ ނުދެވުމުގެ މައިގަނޑު ސަބަބަކަށްވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އައި ބަދަލުތައް ކަމުގައެވެ.
29 Jul 2024
ހަބަރު
މިނިސްޓަރު ޝިޔާމް، ހއ. ހޯރަފުށީ ކައުންސިލާ ބައްދަލުކުރައްވައިފި
ބައްދަލުވުމުގައި ހޯރަފުށީ ކައުންސިލް ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، މިފްކޯއާއި އަމިއްލަ ފަރާތަކާއި އަދި ކައުންސިލް ހިއްސާވާ އައިސްޕްލާންޓަކީ އެ ސަރަހައްދުގެ މަސްވެރިންނަށް އެންމެ ފަސޭހައިން އައިސް ލިބޭ ޕްލާންޓް ކަމަށެވެ. ނަމަވެސް މިހާރު އެ ޕްލާންޓް ހުއްޓިފައިވާތީ، އެކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި އެރަށުގެ ދޮށީ ކަނދުފަތި މިހާރު އޮތް ޕޮޒިޝަނަށްވުރެ ރަށާއި ކައިރި ސަރަހައްދެއްގައި އަޅަދިނުމަށްވެސް އެދިވަޑައިގަތެވެ.
29 Jul 2024
ހަބަރު
ދާޚިލީ ސަލާމަތާ ގުޅޭ ކަންކަން ބައްޓަންކުރާނީ މިނިވަން ކަމަށް ލޮޅުމެއް ނާންނަ މިންވަރަށް - އިހުސާން
މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އައު ސަރުކާރު އުފެދިގެން އައިއިރު ވަޒީރުކަން ކުރުމުގެ ފުރުޞަތު ލިބުމުން އެކަމަށް ނިކުންނެވީ ކަމަށެވެ.
29 Jul 2024
ހަބަރު
ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް
ޝަމްއާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޝަމްއާން ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 30ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށާއި އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީވެސް ކުށެއް ކަމަށެވެ.
29 Jul 2024
ހަބަރު
ވައިގެ މަގުން ރާއްޖެއަށް އެތެރުކުރަން އުޅުނު 15 ކިލޯ ޑްރަގު އަތުލައިގެންފި
އަފްޒަލް ވިދާޅުވީ މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 15.38 ކިލޯ ގްރާމް ހުރި ކަމަށާއި އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 12.3 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށެވެ.
29 Jul 2024
ހަބަރު
މިއަހަރުގެ ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް 2069 ބިދޭސީން ފުރުވާލައިފި
އިމިގްރޭޝަނުން ހާމަކުރާ ގޮތުގައި މިއަހަރުގެ ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 2069 ބިދޭސީން ވަނީ ފުރުވާލެވިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ނޮވެންބަރު 16 އާއި ހަމައަށް ބަލާއިރު އިތުރު އަދަދެކެވެ. ކޮންމެ ހަފްތާއަކު ހިންގޭ ރެއިޑް އޮޕަރޭޝަންތަކުގައި މާލެ ސަރަހައްދުގެ އެތައް ތަނެއް ބަލައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ދަނީ ގެންނަމުންނެވެ.
29 Jul 2024
ހަބަރު
ސެންޓްރަލް މައި ޖަލު އިމާރާތްކުރަނީ އުތުރު ތިލަފަޅުގައި
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މާފުށީ ޖަލާއި ހިންމަފުށި އަދި ހުޅުމާލެ ޖަލު އުވާލައި މައި އެއް ޖަލު ހެދުން ކަމަށާއި އެތަން ގާއިމްކުރަން، ސިފައިންގެ ދަށުގައި އޮންނަ އުތުރު ތިލަފަޅު ހަމަޖައްސާފައިވާ ކަމަށެވެ.
29 Jul 2024
ހަބަރު
ފަލަސްތީނުގެ ޙައްޤުގައި ވަކާލާތު ކުރުމުގައި ދިވެހިރާއްޖޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާނެ - ޒަމީރު
މިނިސްޓަރ ޒަމީރު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި، ކުޑަ ތަންކޮޅެއް ވެސް ގޮތްދޫނުކޮށް، ކުޑަ ގައުމެއްގެ ގޮތުގައި ރާއްޖޭން ކުރެވުނު ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ.
29 Jul 2024
ހަބަރު
ރާއްޖެއަށް ހެޔޮގޮތް އެދޭ ކޮންމެ ބަޔަކާ އެކު މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
، ޚާރިޖީ ސިޔާސަތުގައި ލިބިފައިވާ ކުރިއެރުންތަކަށް އަލި އަޅުވާލައްވަމުން ދިވެހިރާއްޖޭން ހުރިހާ ޤައުމަކާ އެކުވެސް ގުޅުން ބަދަހިވެފައި އޮތުމުގެ ނަތީޖާއެއް ކަމަށް ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް ބޮޑެތި ގައުމުތަކުން އެހީތެރިވެދެއްވާތީއެވެ.
29 Jul 2024
ހަބަރު
އިންވެސްޓްމަންޓާއި ޓޫރިޒަމް ފުޅާކުރަން ދިވެހި މިޝަންތަކުން ދަނީ މަސައްކަތް ކުރަމުން: ޚާރިޖީ ވަޒީރު
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިޔުލާ ހިދުމަތް ދިނުމުގެ އިތުރުން، ރާއްޖޭގެ ވިޔަފާރި އާއި އިންވެސްޓުމަންޓު އަދި ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ މަސައްކަތްތައް ދިވެހި މިޝަންތަކުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށެވެ.
29 Jul 2024
ހަބަރު
ދަރުބާރުގޭގެ މަރާމާތުގެ މަސައްކަތްތައް ނިންމާލައިފި
މިއީ ޑރ ޢަބްދުﷲ މުއްޠަލިބް ހަވާލުވެ ވަޑައިގެންހުންނަވާ އިމާރާތް ކުރުމާއި ބިނާރާއާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
29 Jul 2024
ހަބަރު
ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 2 ނިމިއްޖެ
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕޮރޭޝަންއެވެ. މި މަޝްރޫޢުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް މަގު ތަރައްޤީ ކުރުމާއި، މަގުތަކުގައި މަގުބައްތިޖެހުން ހިމެނެއެވެ.
29 Jul 2024
ހަބަރު
29 ޖުލައި އިން 1 އޮގަސްޓުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީގައި ހިންގާ ހަރަކާތްތައް އާންމުކޮށްފި
އެއާއެކު، 30 ޖުލައި 2024 ވާ އަންގާރަ ދުވަހު މާޖަހަން ދަސްކޮށްދޭ ކްލާސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
28 Jul 2024
ހަބަރު
"ހޯޕް އައިލެންޑު"ގެ ގޮތުގައި ދ. ވާނީ ހަމަޖައްސައިފި
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން "މިހާރު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓް ކުރަން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ވާނީ ހަމަޖައްސާފައިވާ ކަމަށެވެ.
28 Jul 2024
ހަބަރު
އއ. ފެރިދޫ ކައުންސިލާ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފި
މި ބައްދަލުވުމުގައި އެ ރަށުގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމަށް ބޭނުންވާ ޢިމާރާތެއް މިހާރު ރައްޔިތުން ހަމަޖައްސައިދީފައިވާ ކަމަށާ، އެހެން ކަމުން ޕޮލިހުންގެ ޚިދުމަތް އެ ރަށުގައި ފެށޭނެ ގޮތް ހައްދަވައިދިނުމަށް ވަޒީރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
25 Jul 2024
ހަބަރު
ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ ޢަމަލީ މަސައްކަތް ފެށިއްޖެ
މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރާއި، އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރާއި، މި މަސައްކަތުގެ ވިލަރެސް ވެރިންނާއި، އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ ވެރީންނާއި، ނ. އަތޮޅު ކައުންސިލުގެ ރައީސާއި، މި ވުޒާރާގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
25 Jul 2024
ހަބަރު
އދ. މާމިގިލީ ކައުންސިލާ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފި
އެ ގޮތުން މި ބައްދަލުވުމުގައި އެ ކައުންސިލަށް ފަޅުރަށެއް ބޭނުންވާ ކަމަށާ، އެ ކަން އަވަސް ތާރީޚެއްގައި ހަމަޖައްސަވައި ދެއްވުމަށް ވަޒީރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
25 Jul 2024
ހަބަރު
ބިދޭސީންގެ ފީ ދެއްކުމަށް މުހުލަތެއްދީފި
މިގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާތިބި ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
25 Jul 2024
ހަބަރު
"އަމާޒަކީ ތިން މަސް ތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން"
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިނިސްޓްރީން ފެށި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރަން ރާވާފައިވާ މައުލޫމާތު ހިއްސާކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ރަށްތަކުގެ ކައުންސިލްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.
25 Jul 2024
ހަބަރު
ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވާ މީހުން ހުއްޓުވާނަން: ހޯމް މިނިސްޓަރ
ގާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި، އެ ސަގާފަތް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާފައިވާ ކަމަށެވެ. އެގޮތުން ހޯމް މިނިސްޓްރީއާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
25 Jul 2024
ހަބަރު
ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިފްތިތާޙުކޮށްފި
މި އިތުރުކުރެވުނު ކެޕޭސިޓީއާއެކު، ރާއްޖޭގައި މިހާރު ޖުމްލަ 67.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ވަނީ ޤާއިމުކުރެވިފައެވެ. މި މަޝްރޫޢުގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މީގެ ސަބަބުން އަހަރަކު 3,300 ޓަނުގެ ކާބަން ޑައިއޮކްސައިޑް ތިމާވެއްޓަށް ބޭރުވުން ކުޑަކުރެވޭނެ ކަމަށްވެސް ބެލެވެއެވެ.
24 Jul 2024
ހަބަރު