އަލީ އަޒްލީފް
އެޑިޓަރ
އަލީ އަޒްލީފް
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި
ޗައިނާގެ ބެއިޖިންގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހިސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
24 Jul 2024
ހަބަރު
ޒުވާން އާބާދީ ކުރިއެރުވުމަށް ސަރުކާރުން ދަނީ އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުން: ޢާއިޝަތު ޝިހާމް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށް ގެންދިޔަ 11 ވަނަ ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ހެޔޮވެރިކަމާއި، ދެފުށްފެންނަ ސިޔާސަތެއްގެ ތެރެއިން އިޤުތިޞާދީ، އިޖުތިމާޢީ އަދި އީޖާދީ މަގުޗާޓާއެކު، ޒުވާން އާބާދީ ކުރިއެރުވޭނެ ހިތްވަރު ސަރުކާރުގައި ހުރިކަމަށެވެ.
23 Jul 2024
ހަބަރު
ޤައުމުން ލިބެންހުރި ވަސީލަތްތަކާއި ނަފާ ބޭނުންކޮށްގެން އާބާދީއަށް އަންނަމުން މިދާ ބަދަލުތަކަށް ދުރާލާ ތައްޔާރުވާން ޖެހޭ
ދުވަސްވީ އާބާދީއަކަށް ތައްޔާރުވުމަކީ މިހާރުއްސުރެ އަޅުގަނޑުމެން ފަށަންޖެހޭ މަސައްކަތެއް ކަމަށާއި، އަޅުގަނޑުމެންގެ ޤައުމުން ލިބެންހުރި އިންސާނީ ވަސީލަތްތަކާއި ޤައުމަށް ލިބެންހުރި އާމްދަނީ އަދި ނަފާ ބޭނުންކޮށް މިހާރުއްސުރެން މަސައްކަތްކޮށްގެން މި ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެވިއްޖެނަމަ، މިއީ ޤައުމުގެ އިޤުތިސާދީ އަދި އިޖުތިމާޢީ ދުވެލި އާ މިސްރާބަކަށް ބައްޓަން ކުރުމަށް ލިބޭ ޚާއްސަ ފުރުޞަތެއްކަމަށެވެ.
23 Jul 2024
ހަބަރު
ސަރުކާރުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުކޮށް އިޖުތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުން: ވަޒީރު
ވަޒީރު ވިދާޅުވެފައިވަނީ އިޖުތިމާޢީ ރައްކާތެރިކަމަކީ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއްކަމާއި، މި ހައްޤުން ކަށަވަރުކޮށްދެނީ އެއްވެސް ފަރާތެއް ބާކީ ނުކުރުމުގެ ސިޔާސަތުކަމަށެވެ.
23 Jul 2024
ހަބަރު
"ހައްޓަށް" ސިލްސިލާގެ ދެވަނަ ސެޝަން ނިންމާލައިފި
މި ސެޝަނުގައި ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމް (ޑައިޖެސްޓިވް ސިސްޓަމް) މަސައްކަތް ކުރާ ގޮތާއި، ކާނާ ކެއުމުގައި ހަށިގަނޑަށް ބޭނުންތެރި ފައިދާހުރި ތަކެތި ކެއުމާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
23 Jul 2024
ހަބަރު
ރައީސް ޞާލިހުގެ ނިއުޔޯކް ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދު ދިނުމަށް ރައީސް އޮފީހަށް ލަފާއަރުވައިފި
މި ނިންމުމާ އެއްގޮތަށް މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވާނީ ހުށަހަޅާފައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތުގެމަތިން، އެ މަޢުލޫމާތުތައް މަޢުލޫމާތަށް އެދުނު ފަރާތަށް ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވާފައިވެއެވެ.
23 Jul 2024
ހަބަރު
އުނގޫފަރުގައި ކަރަންޓުގައި ޖެހި ޒުވާނަކު ނިޔާވި މައްސަލައިގައި ފެނަކަ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި
މި ހިތާމަވެރި ހާދިސާ ހިނގަން ދިމާވެފައިވާ މައިގަނޑު ސަބަބކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުވުމުން ކަމުގައި ސާބިތުވެއެވެ.
23 Jul 2024
ނައިބުރައީސް ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި އަލަށް ހަދާފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާ ކަރަންޓް އަދި ނަރުދަމާގެ ޚިދުމަތް ބޭނުންވާކަމާއި، ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
23 Jul 2024
ހަބަރު
މިއަދަކީ ފުލުހުންގެ މެމޯރިއަލް ދުވަސް
މެމޯރިއަލް ދުވަހަކީ ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެފައިވާ ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ގައުމަށްޓަކައި ވެފައިވާ ގުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
23 Jul 2024
ރިޕޯޓް
23 ސްކޫލެއްގެ ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުންނަށް މަތީ ޘާނަވީގެ ފުރުޞަތު ދެނީ!
މިނިސްޓަރ މިހެން ވިދާޅުވީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) ގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ، ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
23 Jul 2024
ހަބަރު
ސްކޫލުތަކުގެ ޙަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި
މިނިސްޓްރީއިން މިއަދު ސްކޫލުތަކަށް ފޮނުވި މެމޯގައި ވާގޮތުން ޚާއްޞަ ޙާލަތްތަކުގައި ހުކުރު ދުވަހު ޙަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، މުދައްރިސުން އެ ޙަރަކާތަކަށް ނެރެންވާނީ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށް ފަހުގައެވެ.
22 Jul 2024
ހަބަރު
ހާޝިމް މަގާމަުން ވަކިކޮށް، މުނައްވަރު އައްޔަންކުރުމަށް މަޖިލީހުގެ މަޝްވަރާއަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.
22 Jul 2024
ހަބަރު
ގަވާއިދާ ހިލާފަވި ދެހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި
އިމިގްރޭޝަނުން ވަނީ 17 ނޮވެމްބަރު 2023 އިން 15 ޖުލައި 2024އާ ހަމައަށް 153 ތަނެއް ބަލާފާސްކޮށް، މިހާތަނަށް 2069 ބިދޭސީން ޑީޕޯޓްކޮށްލާފައެވެ.
22 Jul 2024
ހަބަރު
ނޭޝަނަލް ޑިޒާސްޓަރ ރިޑަކްޝަން އަދި އަރބަން ރެސިލިއަންސް އާ ގުޅޭ ޓްރެއިނިންގ ވާކްޝޮޕެއް ބާއްވައިފި
މި ތަމްރީން ޕްރޮގްރާމަކީ "މޭކިންގ ސިޓީސް ރެސިލިއެންޓް، އެމްސީއާރު 2030"ގެ ދަށުން ހާދިސާތަކާއި ކާރިޘާތަކުން ލިބޭ ގެއްލުންތަކަށް ފިޔަވަޅުއެޅުމުގައި ހުރި ގޮންޖެހުންތަކަށް ދެނެގަނެ، ޙައްލު ހޯދާ މިފަދަ ކާރިޘާތަކަށް ވިލުންތެރި ތަނަކަށް މާލެ ސިޓީ ހެދުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ތަމްރީން ޕްރޮގްރާމެކެވެ.
22 Jul 2024
ހަބަރު
ކާނަ ވިހަވެގެން ފަރުވާދިން ހުރިހާކުދިން ދޫކޮށްލައިފި
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
22 Jul 2024
ހަބަރު
"ޑްރައިވިންގ ލީޑަރޝިޕް އެކްސެލެންސް އިން އެޑިޔުކޭޝަން"ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ސްކޫލުތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމާއި، ތަޖުރިބާ ޙިއްޞާ ކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މާލެ އާއި ކ.އަތޮޅުގެ ބައެއް ސްކޫލުތައް ހިމެނޭ ގޮތުން ޖުމްލަ 52 ޕްރިންސިޕަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
22 Jul 2024
ހަބަރު
ކައުންސިލަރުން ނާރެސް ޕޯޓަލްއަށް އަހުލުވެރި ކުރުވައި، އިނގިލީގެ ނިޝާން ނަގާ ޑިވައިސް ހަވާލުކޮށްފި
ޑީއެންއާރުގެ ފަރާތުން ހޮނިހިރު ދުވަހު އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ސެޝަންތަކަށް ފަހު ކައުންސިލްތަކާ ހަވާލު ކުރި ޑިވައިސް ތަކަކީ، 10 އިނގިލީގެ ނިޝާން އެއްފަހަރާ ނެގޭ ޑިވައިސްތަކެކެވެ.
22 Jul 2024
ހަބަރު
ސްކޮލަރޝިޕް ޙާޞިލް ކުރި ދަރިވަރުން
އެއްދުވަހުގެ މުއްދަތަށް މިއަދު ބޭއްވި ސެޝަންގައި ކެރިއަރ ގައިޑެންސާއި ކުރިމަގަށް ބޭނުންވާނެ ހުނަރުތައް ދެނެގަތުމުގެ ދާއިރާގައި ރާއްޖޭގެ މަޝްހޫރު ދެބޭފުޅެއްކަމުގައިވާ މުޙައްމަދު ޢާލިމްއާއި ޑރ. ސަނީ ޢުމަރާއެކު މަޝްވަރާކުރެވުނެވެ. އަދި އާޢިލާއާއި ދުރުގައި ހުރުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާއި ގުޅޭގޮތުން އެކަމުގެ ތަޖުރިބާކާރު ޙައްވާ ލީޝާއާއެކު މަޝްވަރާކުރެވުނެވެ.
22 Jul 2024
ހަބަރު
ގދ.ތިނަދޫގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކޮށްފި
ފެން ހިންދާ ނިޒާމެއް ތިނަދޫގައި ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުމަށް ސަރުކާރުން ކުރިއަށް ގެންދެވުނު މުހިއްމު މަޝްރޫޢެއްކަން މިނިސްޓަރ ޠާރިޤު ވަނީ ފާހަގަ ކުރައްވާފައެވެ.
22 Jul 2024
ހަބަރު
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޫސްވެރިންނަށް ބާއްވާ “ހޭލުންތެރި މީޑިއާ” ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި
މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ފުވައްމުލަކު ސިޓީގައި މިމަހު 19 އިން 20 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
19 Jul 2024
ހަބަރު
ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވައިފި
ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ހަތަރު ގައުމަކުން ވާދަކުރެ އެވެ.
19 Jul 2024
ކުޅިވަރު
"ކާވާ މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ކޮށައިދެވޭ އާ މަގެއް"
ހަތަރު ގައުމާއިއެކު ރާއްޖޭގައި އިއްޔެ ފެށި މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީބޯޅަ މުބާރާތެވެ.
19 Jul 2024
ހަބަރު
އިތުރު ތަމްރީނަށް އިމާމުން ބުރުނާއީ ދާރުއްސަލާމްއަށް!
ދީނިީ އިލްމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކަށް ފޮނުވައިގެން އިމާމުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ އިރު އޭގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކާއި އެ ނޫން ވެސް އިސްލާމީ ބޮޑެތި ޔުނިވަސިޓީތަކަށް ފޮނުވާނެ ކަމުގެ ޔަޤީންކަން ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މީގެ ކުރީން ދެއްވާފައެވެ.
19 Jul 2024
ހަބަރު
ކައުންސިލްތަކާއި ޑީއެންއާރު ގުޅާލާ "ނާރެސް" ޕޯޓަލް
ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތް ހެދުމަށް ޑީއެންއާރުން ނާރެސް ޕޯޓަލް ބޭނުންކުރަން ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު
17 Jul 2024
ހަބަރު
ދައުލަތުގެ މުދަލަކަށް އެއްވެސް މީހަކު ގައްދާރުވެފައި ވާނަމަ އެ މައްސަލަ ބަލާނަން: އިޙްސާން
މިނިސްޓަރު މިހެން ވިދާޅުވީ، ހޯމް ޓީމުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކުރީ ސަރުކާރުން ކޮށްފައިވާ ޚިޔާނާތްތަކުގެ މައްސަލައިގައި ތަހްގީގު ކުރިޔަށް ނުގެންދާ ކަމަށާއި، އަދި އެފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ރާއްޖެއިން ބޭރަށް ފުރައިގެންދާ ކަމަށް ބުނެ، އެ ފަދަ މައްސަލަތަކާއި ގުޅުވައިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
17 Jul 2024
ހަބަރު
ކޮންޓެއިނާ ސްކޭނަރެއް ލިބިއްޖެނަމަ ހިދުމަތް އިތުރަށް ހަލުއިކުރެވޭނެ: މާނިއު
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން މާނިއު ވިދާޅުވީ އެމްޕީއެލްގެ ބަނދަރުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި ބަނދަރަށް ކޮންޓެއިނާ ސްކޭނަރެއް ބޭނުންވާ ކަމަށެވެ. ކޮންޓެއިނާ ސްކޭނަރެއް ލިބިއްޖެނަމަ ކަސްޓަމްސް ހިދުމަތް އިތުރަށް ހަލުއިކުރެވޭނެ ކަން މާނިއު ފާހަގަކުރެއްވިއެވެ.
17 Jul 2024
ހަބަރު
ޝަރީޢަތުގައި ހިނގާ މައްސަލަތަކާ ގުޅިގެން "އަނގަ ބަންދުކުރުވުން"
ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ.
13 Jul 2024
ރިޕޯޓް
އެންސްޕާއާއި ގުޅިގެން އެހީ ފޯރުކޮށްދޭނެ ގޮތުގެ މަޝްވަރާތައްކޮށް ސްކީމުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ތަފާތު މަސައްކަތްތަކުގެ ތެރެއިން އެންސްޕާއިން ރާވާ ހިންގާ ތަފާތު ޕްރޮގްރާމުތަކާއި ބެހޭ މައުލޫމާތު ދިނުމާއި، އެންސްޕާގެ ތަފާތު ޕްރޮގްރާމުތަކަށް ހުށައަޅާނެ ގޮތާއި، ސްކީމުތަކަށް ޝަރުތު ފުރިހަމަވާނެ ގޮތާއި، އުސޫލުތަކާއި ބެހޭ މައުލޫމާތު ވަނީ ހިއްސާކުރެވިފަ އެވެ.
13 Jul 2024
ހަބަރު
ކުޅިވަރު ގާނޫނު
މިދިޔަ ދެ ތިން އަހަރަށް ބަލާއިރު ކުޅިވަރުތައް ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެސޯސިއޭޝަންތަކުގެ އިދާރީ ކަންކަން ރަނގަޅު ނުވުމެވެ.
13 Jul 2024
ހަބަރު
ރަހިމާއި އުރަމަތީގެ ކެންސަރާ ގުޅޭ މަޢުލޫމާތު
އުމުރުން ދުވަސްވާއިރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ ނުހަނު މުހިންމު ކަމަށް ވާއިރު، މި ސެޝަނުގައި ރަހިމާއި އުރަމަތީގެ ކެންސަރާއި، އިއްދައާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ވަނީ ބައިވެރިންނާއި ހިއްސާކޮށްފައެވެ.
13 Jul 2024
ހަބަރު